Roadha Mihaaru
ދީމާ ކުޅުނީ ޓީޓީގައި ނަމޫނާ މެޗެއް: ޝިއުރީ

ގޭމްސްގެ އެއްވަނަ އާދެކޮޅަށް ދީމާ ކުޅުނީ ޓީޓީގައި ނަމޫނާ މެޗެއް: ޝިއުރީ

10 އޯގަސްޓް 2022

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިހުގެ އިންޑަވިޖުއަލް އިވެންޓުން ރަން މެޑަލް ހޯދި ތުރުކީގެ އޮޒްގޭ ޔިލްމާޒް އާ ދެކޮޅަށް ޓީމު އިވެންޓްގައި ރާއްޖޭގެ ފާތިމަތު ދީމާ އަލީ ދެއްކި ކުޅުމާއެކު އެ މެޗަކީ ޓީޓީގައި ނަމޫނާ މެޗެއްގެ ގޮތުގައި ވެސް ބޭނުން ކުރެވޭނެ މެޗެއް ކަމަށް ދިވެހި ޓީމުގެ ކޯޗު އިބްރާހިމް ޝިއުރީ ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓޯގޯ އަތުން ސީދާ ތިން ގޭމުން މޮޅުވެ ތުރުކީއާ ދެކޮޅަށް ނުކުތް ދިވެހި ޓީމު ބަލިވީ ސީދާ ތިން ގޭމުންނެވެ. އެކަމަކު ދީމާގެ މެޗުގައި އޭނާ ވަނީ އޮޒްގޭ ޕްރެޝަރަށް ވައްޓައިލައި ދެ ގޭމް ހޯދައިފަ އެވެ.

"ގޯލްޑް މެޑަލިސްޓް [އޮޒްގޭ] އާ ދެކޮޅަށް ދީމާ އެ ކުޅުނު ގޭމަކީ ބުނަން ވެސް ނޭންގޭހާ ތަފާތު ކުޅުމެއް ދެއްކި މެޗެއް. އެއީ ވަރަށް ބޮޑު އިންސްޕަރޭޝަނެއް،" ދީމާ އިއްޔެ ދެއްކި ކުޅުމަށް ތައުރީފު ކުރަމުން ޝިއުރީ ބުންޏެވެ.

"އޭނަ ވެސް ޕްރެޝަށް ވައްޓާލި. ތިން ސެޓް ދެ ސެޓުން ބަލިވިއެއް ކަމަކު އޭނާ ވެސް ޓައިމް އައުޓް ނަގައި ވާނެ ގޮތެއް ނޭންގިގެން ދިޔައީ. ޓައިމް އައުޓް ނަގަނީ ވަރަށް ޕްރެޝަރަށް ދިޔައީމަ. އެހެންވީމާ އިދިކޮޅު ކުޅުންތެރިޔާ ވެސް އެހިސާބަށް ވައްޓާލިމަ ބުނެވޭނީ ދީމާ ވެސް އަދި ޓީމު ވެސް އައުޓް ސްޓޭންޑިންއޭ. އެއީ ޓީޓީގެ މޮޑެލް މެޗެއް."

މެޗުގައި ޝިއުރީ (ކ) ދީމާ އަށް އިރުޝާދު ދެނީ: އިއްޔެ ތުރުކީގެ ކުޅުންތެރިޔާ އާ ދެކޮލަށް ދީމާ ދެއްކި ކުޅުމަށް ޝިއުރީ ވަނީ ތައުރީފް ކޮށްފަ --- ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ

މެޗުގައި ޝިއުރީ (ކ) ދީމާ އަށް އިރުޝާދު ދެނީ: އިއްޔެ ތުރުކީގެ ކުޅުންތެރިޔާ އާ ދެކޮލަށް ދީމާ ދެއްކި ކުޅުމަށް ޝިއުރީ ވަނީ ތައުރީފް ކޮށްފަ --- ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ

އެ މެޗުގެގައި ފުރަތަމަ ސެޓް ދީމާ ކާމިޔާބު ކުރީ 11-8 ންނެވެ. ދެން ޖެހިގެން އައި ދެ ސެޓް ވެސް ފަސޭހަ ކަމާއެކު ބަލިވީ 11-1، 11-1 ންނެވެ. ތިންވަނަ ސެޓްގައި ދީމާ ކުރި ހޯދީ 11-9 ންނެވެ. ޑިސައިޑިން ސެޓް އޮޒްގޭ ކާމިޔާބު ކުރީ 11-8 ންނެވެ.

ރާއްޖެ އަށް އަދި ވެސް ފައިނަލު ބުރާ ހަމައަށް ދިއުމުގެ އުންމީދު އެބައޮތެވެ. ޔޫގެންޑާ އަތުން މޮޅު ވެގެން ރާއްޖެ އަށް ސެމީ ފައިނަލަށް ދެވޭނެ އެވެ. ޓީމު އިވެންޓްގައި ތުރުކީ ޓީމުގައި އޮޒްގޭގެ އިތުރުން އިންޑަވިޖުއަލް ކެޓަގަރީގެ ބްރޯންޒް މެޑަލް ހޯދި އެތުލީޓު ވެސް ހިމެނެ އެވެ. ޗީއުރީ ބުނީ ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ކުޅުމުން އެ އުންމީދު އާ ވެއްޖެ ކަމަށެވެ.

ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވެސް އިންޑަވިޖުއަލް ބައިން ދީމާ ފެނުނީ ދަށް ކޮށެވެ. އެކަމަކު ޓީމު އިވެންޓްގައި އޭނާ އިއްޔެ ދެއްކި ކުޅުމަށް ތަުރީފް ނޫން އެއްޗެއް ޝިއުރީ އަތަކު ނެތެވެ.