ފުވައްމުލަކުގެ ފުނާޑު ކައުންސިލްގެ ކުރީގެ ރައީސް، އަލީ ވަސީމް ހުސެއިން ހާޓް އެޓޭކެއް ޖެހިގެން މިއަދު ނިޔާވެއްޖެ އެވެ.
15 އޯގަސްޓް 2022
ފުވައްމުލަކުގެ ފުނާޑު ކައުންސިލްގެ ކުރީގެ ރައީސް، އަލީ ވަސީމް ހުސެއިން ހާޓް އެޓޭކެއް ޖެހިގެން މިއަދު ނިޔާވެއްޖެ އެވެ.
އޭނާގެ ގާތް މީހަކު ބުނިގޮތުގައި، ވަސީމް، 42، ނިޔާވީ އާއިލާ މީހުންނާ އެކު މެންދުރު ގޭގައި ކާން ހުއްޓާ ވެއްޓިގެން ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
ހިތުގެ މައްސަލައެއްގައި ވަސީމް ވަނީ މީގެ ކުރިން އެންޖިއޯޕްލާސްޓީ ހަދައިފަ އެވެ.
އޭނާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފުނާޑު ކައުންސިލަށް އައްޔަންކުރި މެމްބަރެވެ. އޭގެ ފަހުން ވަސީމް ވަނީ ކައުންސިލް އިންތިހާބު ޖެހިޖެހިގެން ދެ ދައުރު ކާމިޔާބުކޮށް، ފުނާޑު ކައުންސިލްގެ ރައީސްކަން ކޮށްފަ އެވެ.
އެ ދައުރު ހަމަވުމުން އޭނާ ވަނީ ޕެރަޑައިސް ރިސޯޓުގައި ވެސް މަސައްކަތްކޮށްފަ އެވެ. ނިޔާވީ ރަށުގައި ހުއްޓަ އެވެ.
ވަސީމްގެ ގާތް މީހުން ބުނާ ގޮތުގައި ސިޔާސީ ގޮތުން ހިޔާލު ތަފާތުވުންތައް ހުއްޓަސް އޭނާއަކީ އެންމެންނާ ގުޅިގެން އުޅުނު މީހެކެވެ.
ފުވައްމުލަކުގައި ޑައިވިންއަށް ދިޔަ ޓޫރިސްޓަކު މަރުވެއްޖެ
ފުވައްމުލަކަށް ހިދުމަތްތެރި އަބްދުﷲ ރަފީގް ނިޔާވެއްޖެ
ހިންދީ ޑްރާމާތަކުގެ އެކްޓަރު ރިތުރާޖް މަރުވެއްޖެ
ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވި މީހާ މަރުވެއްޖެ
"ސީއައިޑީ"ގެ ފްރެޑްރިކްސް މަރުވެއްޖެ
ޒުވާނުންގެ ކުއްލި މަރާ ޑްރަގާ ގުޅުން ބޮޑު
ކޮވިޑް ޖެހުނު ނަމަ ހާޓް އެޓޭކެއްގެ ފުރުސަތު ބޮޑު
މަރާލާފައި އޮއްވައި ފެނުނީ ފުވައްމުލަކުގެ އަންހެނެއް
ހަމުގެ ސީރިއަސް ބަލީގައި ލަޔަކް ނިޔާވެއްޖެ
ސްމޯކިންއޭރިއާގައި ހުރި މީހަކަށް ހާޓްއެޓޭކެއް ޖެހި މަރު