Roadha Mihaaru
ކޮވިޑް ޖެހުނު ނަމަ ހާޓް އެޓޭކެއްގެ ފުރުސަތު ބޮޑު

ކޮވިޑް ޖެހުނު ނަމަ ހާޓް އެޓޭކެއްގެ ފުރުސަތު ބޮޑު، ސަމާލުވާންޖެހޭ

10 އޮކްޓޯބަރ 2022

ކޮވިޑްގެ ބަލިމަޑުކަމަށް ފަހު މީހުންނަށް ހިތުގެ މައްސަލަތައް ދިމާވުމާއި ހާޓް އެޓޭކާއި ސްޓްރޯކް ޖެހުން ފަދަ ކަންކަން އިތުރުވެފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. މިކަމާ ގުޅުވައިގެން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެ އެވެ. އެކަމަކު ތޯތޯ ވާހަކަތަކަށް ވުރެ ބޮޑަށް މިހާރު ޔަގީންވަނީ ކޮވިޑްގެ އަސަރު ކުޑަކޮށް ކުރި މީހުންގެ ވެސް ހިތަށް ގެއްލުންތައް ވެފައި ހުރި ކަމެވެ.

ކޮވިޑްގެ ބަލިމަޑުކަމަށް ފަހު މީހުންނަށް ހިތުގެ މައްސަލަތައް ދިމާވުމާއި ހާޓް އެޓޭކާއި ސްޓްރޯކް ޖެހުން ފަދަ ކަންކަން އިތުރުވެފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. މިކަމާ ގުޅުވައިގެން ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެ އެވެ. އެކަމަކު ތޯތޯ ވާހަކަތަކަށް ވުރެ ބޮޑަށް މިހާރު ޔަގީންވަނީ ކޮވިޑްގެ އަސަރު ކުޑަކޮށް ކުރި މީހުންގެ ވެސް ހިތަށް ގެއްލުންތައް ވެފައި ހުރި ކަމެވެ.

ކޮވިޑް ޖެހުމުން މުޅި ހަށިގަނޑަށް ގެއްލުންވެ އެވެ. އެތެރެހަށީގެ އެކި ގުނަވަންތަކަށް ކޮވިޑުން ހަމަލާދެ އެވެ. ހިތަށް ވެސް ގެއްލުންދެ އެވެ.

ވޮޝިންޓަން ޔުނިވަސިޓީ އާއި ވެޓެރަން އެޑްމިނިސްޓްރޭޝަން ހެލްތު ކެއާ ސިސްޓަމް އިން "ނޭޗާ މެޑިސިން" ގައި ޝާއިއުކުރި ދިރާސާގައި ބުނެފައިވާ ގޮތުގައި ކޮވިޑް ޖެހުނު މީހުންގެ ހިތަށް އަހަރެއްހާ ދުވަސް ވަންދެން ގެއްލުންވެ އެވެ. ކޮވިޑުން ހިތަށް ގެއްލުންވަނީ ކޮވިޑް ޖެހި ހާލު ބޮޑުވާ ވަގުތު ނޫން ކަމަށާއި ކޮވިޑުން ރަނގަޅު ވުމަށް ފަހު ވެސް ގެއްލުންވާ ކަމަށް ދިރާސާއިން ވަނީ ހާމަވެފަ އެވެ.

ދިރާސާ އިން އެނގުނު ގޮތުގައި، ކޮވިޑް ޖެހުނު މީހުންނަށް ހާޓް ފެއިލިއާގެ ނުރައްކާ 72 ޕަސެންޓް އިތުރު. އަދި ހާޓް އެޓޭކްގެ ނުރައްކާ 63 ޕަސެންޓް އިތުރު. މީގެ އިތުރުން ސްޓްރޯކްގެ ނުރައްކާ 52 ޕަސެންޓް މަތި.

ދިރާސާގައި ބުނެފައިވަނީ ކުޑަކޮށް ކޮވިޑް ޖެހުނު މީހުންނަށް ވެސް ހިތުގެ އެކި މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު، ކޮވިޑް ޖެހުނުތާ އެއް އަހަރު ވަންދެން ވަރަށް ބޮޑަށް އޮންނަ ކަމަށެވެ.

"ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރަން ނުޖެހި ސަލާމަތްވި މީހުންނަށް ވެސް މި ނުރައްކާ އޮވޭ. އެކަމަކު ކޮވިޑްގައި ބޮޑުވަރުވި މީހުންނަށް ހިތަށް ގެއްލުން ވުމުގެ ނުރައްވާ ވެސް ބޮޑުވޭ. އެޑްމިޓްކޮށްގެން ފަރުވާ ދިން މީހުންނަށް ވުރެ އައިސީޔޫގައި ފަރުވާ ދިން މީހުންނަށް ނުރައްކާ ބޮޑު،" ދިރާސާއާ ބެހޭ ގޮތުން ޝާއިއުކުރި ރިޕޯޓްގައި ބުނެފައިވެ އެވެ.

ދިރާސާ އިން އެނގުނު ގޮތުގައި، ކޮވިޑް ޖެހުނު މީހުންނަށް ހާޓް ފެއިލިއާގެ ނުރައްކާ 72 ޕަސެންޓް އިތުރެވެ. އަދި ހާޓް އެޓޭކްގެ ނުރައްކާ 63 ޕަސެންޓް އިތުރެވެ. މީގެ އިތުރުން ސްޓްރޯކްގެ ނުރައްކާ 52 ޕަސެންޓް އިތުރެވެ.

ދިރާސާކުރެއްވި ބޭފުޅުން ލިޔުއްވާފައިވާ ގޮތުގައި މި ނުރައްކާ މީހާގެ އުމުރަކުން، ނަސްލަކުން، ޖިންސަކުން ނުވަތަ ހިތުގެ މައްސަލަތައް އިތުރަށް ނުރައްކާ ކުރުވާ ސަބަބުތަކާ ހުރެ ވެސް ތަފާތެއް ނުވެ އެވެ. މާނަ އަކީ، ކޮވިޑް ޖެހުމުގެ ކުރިން ވެސް، އެކަށީގެންނުވާ ވަރަށް ފަލަވުމާއި ލޭމައްޗަށް ދިއުމާއި ހަކުރުބަލި ހުރުމާއި ކިޑްނީގެ ދާއިމީ ބައްޔެއް ހުރުމާއި ފެޓް އަދި ކޮލެސްޓްރޯލް މާ މަތިކޮށް ހުރުން ފަދަ ކަންކަން ނެތަސް ކޮވިޑް ޖެހުމަށް ފަހު ހިތުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވުމެވެ.

އެކަމަކު ދިރާސާގައި ބުނެފައިވަނީ ކޮވިޑްގެ ސަބަބުން ހިތުގެ މައްސަލަތައް ގިނަވަނީ ކީއްވެކަން ކަނޑައެޅިގެން އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.

ދިރާސާގައި އިސްކޮށް ހުންނެވި، ވޮޝިންޓަން ޔުނިވަސިޓީގެ ކްލިނިކަލް އެޕިޑެމިއޮލޮޖިސްޓް ޒިޔާދު އަލް އަލީ ވިދާޅުވެފައިވަނީ ކޮވިޑް ޖެހުނު މީހުންނަށް ހިތުގެ މައްސަލަތައް ކުރިމަތިވުމުގެ ނުރައްކާ އިތުރުވި މިންވަރުން މުޅި ދިރާސާ ޓީމަށް ވެސް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށެވެ.

"އަހަރެމެންނަށް އެނގުނު ކުޑަކުދިންނާއި ބޮޑެތި މީހުންނާއި ކަޅު ނަސްލުގެ މީހުންނާއި ދޮން ނަސްލުގެ މީހުންނާއި މާ ފަލަކޮށް ތިބޭ މީހުންނާއި އާދައިގެ ގޮތަކަށް ތިބޭ މީހުން ވެސް ހިމެނޭ ގޮތަށް އެކި ގިންތީގެ މީހުންގެ ތެރޭގައި ވެސް ކޮވިޑްގެ ސަބަބުން ހިތުގެ މައްސަލަތައް އިތުރުވާކަން ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން އެބަހުރިކަން،" އެންބީސީ އަށް ދެއްވި އިންޓަވިއުއެއްގައި ޒިޔާދު ވިދާޅުވެފައިވެ އެވެ.

ކޮވިޑްގެ ސަބަބުން ހިތުގެ މައްސަލަތައް އިތުރުވާކަން ޔަގީންވާތީ މިއީ ސަމާލުވާން ޖެހޭ މައްސަލައެއް ކަމަށާއި އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ވެސް ކޮވިޑް ނުޖެހޭނެ ގޮތަކަށް އުޅުން ކަމަށް ދިރާސާ ޓީމުން ބުނެފައިވެ އެވެ.

ތަޖުރިބާކާރުން ލަފާ ދެއްވަނީ ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުން، ތިރީގައިވާ ކަންކަމަށް ބޮޑަށް ސަމާލުކަންދީ އެފަދަ ވަގުތެއްގައި ސިއްހީ އެހީތެރިކަން އަވަހަށް ހޯދުމަށެވެ.

● މޭގައި ރިއްސުން

● ބާރަށް ހިތް ތެޅުން

● ހިތް އަވަސްވުން

● ބޮލަށް އެނބުރުންއެރުން

● ނޭވާ ކުރުވުން

ކޮވިޑް ޖެހި ރަނގަޅުވުމަށް ފަހު އެތައް ދުވަހެއް ވާއިރު ވެސް ހިތަށް ގެއްލުންވަމުންދާކަން އެނގޭއިރު ސިކުނޑި އާއި ކިޑްނީ ފަދަ ގުނަވަންތަކަށް ވެސް ހަމަ މިހެން ދިމާވުމަކީ ވެދާނެ ގޮތެއް ކަމަށް ވެސް ބުނެފައިވެ އެވެ.