Roadha Mihaaru
ޒުވާނުންގެ ކުއްލި މަރާ ޑްރަގާ ގުޅުން ބޮޑު

ދިރާސާއަކުން ދެއްކީ ޒުވާނުންގެ ކުއްލި މަރާ ޑްރަގާ ގުޅުން ބޮޑު ކަމަށް

03 އޮކްޓޯބަރ 2023

ހިތް ހުއްޓިގެން ކުއްލިއަކަށް މަރުވާ ކޮންމެ ތިން ޒުވާނެއްގެ ތެރެއިން އެކަކީ އެކަން ދިމާވުމުގެ ކުރިން ނުވަތަ އާންމުކޮށް ވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށް އޮސްޓްރޭލިއާގައި ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.

ހިތް ހުއްޓިގެން ކުއްލިއަކަށް މަރުވާ ކޮންމެ ތިން ޒުވާނެއްގެ ތެރެއިން އެކަކީ އެކަން ދިމާވުމުގެ ކުރިން ނުވަތަ އާންމުކޮށް ވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށް އޮސްޓްރޭލިއާގައި ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.

މި ދިރާސާއާ އެކު ތަޖުރިބާކާރުން ވަނީ މަސްތުވާން ބޭނުންކުރާ އެކި ބާވަތްތަކުން ހިތަށް ލިބޭ ގެއްލުންތައް މިހާތަނަށް އެހާ ބޮޑަށް ދެނެގަނެވިފައި ނުވާ ކަމަށް ވެސް ބުނެފަ އެވެ.

އޮސްޓްރޭލިއާގައި ޒުވާނުންގެ ކުއްލި މަރުތަކާ ގުޅޭ ގޮތުން މީގެ ކުރިން ވެސް ދިރާސާތައް ކޮށްފައި ވާއިރު މި މަރުތަކާ ގުޅުން ހުރި މަސްތުވާތަކެތީގެ ތެރޭގައި ކޮކެއިން އާއި މެތަމްފެޓަމިން ނުވަތަ އައިސް ހިމެނޭކަން ވަނީ އެނގިފަ އެވެ.

"މިދިޔަ ދިހަ ވަރަކަށް އަހަރަށް ބަލާއިރު، މެތަމްފެޓަމިން ބޭނުންކުރާ ޒުވާނުންގެ ތެރެއިން 'ހާޓް ފެއިލް' ވާ ޒުވާނުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. ހިތް ބަދަލުކުރަންޖެހޭ ހާލަތަށް އެ މީހުން ދޭ. ނުވަތަ ކުއްލި ގޮތަކަށް މަރުވޭ،" ދިރާސާގައި އިސްކޮށް ހުންނެވި ބޭކާ ހާޓް އެންޑް ޑައެބިޓީސް އިންސްޓިޓިއުޓްގެ ކާޑިއޮލޮޖިސްޓް ޑރ. އެލިޒަބަތު ޕަރާޓްޒް ވިދާޅުވި އެވެ.

މި ދިރާސާގައި، އޮސްޓްރޭލިއާގައި ކުއްލި ގޮތަކަށް މަރުވި އުމުރުން 18-50 އަހަރާ ދެމެދުގެ 523 މީހެއްގެ ޓޮކްސޮލޮޖިކަލް އެސެސްމަންޓް ބެލި އެވެ. މި އެންމެންނަކީ ވެސް ކާޑިއެކް އެރެސްޓުގެ ސަބަބުން، ހޮސްޕިޓަލަށް ގެންދިއުމުގެ ސަބަބުން މަރުވި މީހުންނެވެ. މި ހޯދުމުގެ އެނގުނު ގޮތުގައި މީގެ ތެރެއިން 32.5 ޕަސެންޓް ނުވަތަ 138 މީހުންގެ ނަތީޖާ އައީ ޑްރަގަށް ޕޮޒިޓިވް ކަމަށެވެ. އަދި 32 މީހުންނަކީ އާދަކޮށް ޑްރަގް ބޭނުންކުރާ މީހުންނެވެ.

މިއީ އެ ދިރާސާގައި ބުނެފައިވާ ގޮތުގައި ކުރިން ހީކުރެވިފައިވާ ވަރަށް ވުރެ އާންމުންގެ ތެރޭގައި ޑްރަގް ބޭނުންކުރުން އިތުރުވެފައިވާކަން އަންގައިދޭ ކަމެކެވެ. ދިރާސާގައި ލަފާކޮށްފައިވާ ގޮތުގައި އުމުރުން 14-49 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 19 ޕަސެންޓް މީހުންނަކީ ފާއިތުވި 12 މަސް ދުވަހުގެ ތެރޭ، މަސްތުވާތަކެތި ބޭނުންކޮށްފައިވާ މީހުން ކަމަށް ބެލެވެ އެވެ.

ދިރާސާ ޓީމުން ލަފާކުރާ ގޮތުގައި، ޒުވާނުންގެ ތެރޭގައި ޑްރަގް ބޭނުންކުރުން އާންމުވެފައިވާ މިންވަރު ދެނެގަނެވިފައި ނެތް ނަމަވެސް، ޒުވާނުންގެ ހިތުގެ މައްސަލަތައް މިހާރު ގިނަވެފައިވާ ވުމުގެ ސަބަބަކީ މަސްތުވާތަކެތި ކަމަށް ބުރަވެވޭ ކަމަށް ބުނެފައިވެ އެވެ.

ހިތުގެ މައްސަލަތައް ދިމާވުމާ ދިރިއުޅުމުގެ އާދަތަކާ ވަރަށް ބޮޑަށް ގުޅުން ހުރެ އެވެ. މަސްތުވާތަކެތީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމާއި ހަރަކާތްތެރިކަން ކުޑަވުން ފަދަ އެތައް ކަމެއްގެ ސަބަބުން ހިތުގެ މައްސަލަތައް ދިމާވެ އެވެ.