Roadha Mihaaru
"ސީއައިޑީ"ގެ ފްރެޑްރިކްސް މަރުވެއްޖެ

"ސީއައިޑީ"ގެ ފްރެޑްރިކްސް މަރުވެއްޖެ

05 ޑިސެމްބަރ 2023

ސޮނީ ޓީވީން ގެނެސްދިން މަޝްހޫރު ކްރައިމް ޑްރާމާ "ސީއައިޑީ"ގައި ފްރެޑްރިކްސްގެ ރޯލު ކުޅުނު އެކްޓަރު ދިނޭޝް ފަންޑްނީސްގެ ހާލު ދެރަވެގެން ފަރުވާދެމުން އަންނަނިކޮށް މިއަދު މަރުވެއްޖެ އެވެ.

ސޮނީ ޓީވީން ގެނެސްދިން މަޝްހޫރު ކްރައިމް ޑްރާމާ "ސީއައިޑީ"ގައި ފްރެޑްރިކްސްގެ ރޯލު ކުޅުނު އެކްޓަރު ދިނޭޝް ފަންޑްނީސްގެ ހާލު ދެރަވެގެން ފަރުވާދެމުން އަންނަނިކޮށް މިއަދު މަރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އުމުރުން 57 އަހަރުގައި ދިނޭޝް މަރުވީ އޭނާގެ ގުނަވަންތައް ފެއިލްވެގެންނެވެ. ދިނޭޝް މަރުވީ ރޭ މެންދަމު އެވެ.

އޭނާ މަރުވިކަން އިއުލާންކުރީ "ސީއައިޑީ"ގައި އިންސްޕެކްޓަރު ދަޔާގެ ރޯލު ކުޅުނު ދަޔާނަންދު ޝެޓީ އެވެ. ދިނޭޝް މަރުވީ އޭނާގެ ވަރަށް ގިނަ ގުނަވަންތައް ފެއިލްވެގެން ކަމަށް ވެސް ދަޔާ ބުންޏެވެ.

ދިނޭޝް އަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާދޭން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާގެ ހާލު މާ ސީރިއަސްވެ، މިދިޔަ ހޮނިހިރު ދުވަހު ވަނީ ވެންޓިލޭޓަރަށް ލައިފަ އެވެ.

ދިނޭޝްގެ އަނބެއް އަދި ކުއްޖަކު ވެސް ނުހުރެ އެވެ.

"ސީއައިޑީ" ގެނެސްދޭން ފެށީ 1998 ވަނަ އަހަރުގަ އެވެ. ދިނޭޝް ވަނީ އެ ސީރީޒް ފެށުނީއްސުރެ ފްރެޑްރިކްގެ ރޯލު ކުޅެފަ އެވެ. އެ ސީރީޒް އެއްކޮށް ނިންމާލީ 1،500 އަށް ވުރެ ގިނަ އެޕިސޯޑް ގެނެސްދިނުމަށް ފަހު 2018 ވަނަ އަހަރުގަ އެވެ.