މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ 2021 ވަނަ އަހަރުގެ ބޯނަހުގެ ގޮތުގައި އެ ކުންފުނީގެ ކޮންމެ މުވައްޒަފަކަށް 25،000ރ. ދޭން ނިންމައިފި އެވެ.
15 އޯގަސްޓް 2022
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ 2021 ވަނަ އަހަރުގެ ބޯނަހުގެ ގޮތުގައި އެ ކުންފުނީގެ ކޮންމެ މުވައްޒަފަކަށް 25،000ރ. ދޭން ނިންމައިފި އެވެ.
އެމްއޭސީއެލް އިން މުވައްޒަފުންނަށް ބޯނަސް މި ދެނީ ދެ އަހަރު ފަހުންނެވެ. އެންމެ ފަހުން އެ ކުންފުނިން މުވައްޒަފުންނަށް ބޯނަސް ދީފައި ވަނީ ކޮވިޑުގެ ކުރިން 2019 ވަނަ އަހަރު އެވެ.
އެ ފަހަރު އެމްއޭސީއެލްގެ މުވައްޒަފުންނަށް ބޯނަހުގެ ގޮތުގައި ދިނީ 7،870.79ރ. އެވެ. މި އަހަރު އެ ކުންފުނީގެ މުވައްޒަފުންނަށް ދޭ ބޯނަހަކީ އެ އަހަރާ އަޅާބަލާއިރު ތިން ގުނަ ބޮޑު އަދަދެކެވެ.
ބޯނަހުގެ ގޮތުގައި 25،000ރ. ލިބޭނީ 2021 ވަނަ އަހަރު އެއްކޮށް އެ ކުންފުނީގައި މަސައްކަތް ކުރި މުވައްޒަފުންނަށެވެ. އަދި މިދިޔަ އަހަރުގެ ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނާއި މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންނަށް ބޯނަސް ދޭން ނިންމައިފައި ވަނީ ވަޒީފާގައި އުޅުނު ދުވަހުގެ ނިސްބަތުންނެވެ. އެކަމަކު، ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން މިދިޔަ އަހަރު ވަޒީފާއިން ވަކިކުރި މުވައްޒަފުންނަކަށް ބޯނަހެއް ނުލިބޭނެ އެވެ.
އެމްއޭސީއެލުން އެ ތަނުގެ މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ ކުރިން ބޯނަސް ފައިސާ ޖަމާ ކުރެވޭނެ ކަމަށެވެ.
އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް އެފެއާޒް، ހަސަން އަރީފް ވިދާޅުވީ މިއީ އެމްއޭސީއެލުގައި ބޯނަސް ދޭ މިންވަރާ ބަލާއިރު ބޮޑުތަނުން ބޮޑު އަދަދެއް ކަމަށެވެ. އަދި މި ބޯނަހާއެކު މުވައްޒަފުން ވަރަށް ހިތްހަމަޖެހޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކުންފުނިން މުވައްޒަފުންނަށް ދެމުން ގެންދިޔަ ބޯނަސް މެދުކެނޑުނީ ކޮވިޑުގެ ބަލިމަޑުކަމާ ހެދި އެވެ. ނަމަވެސް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް ދުވަސްތަކުގައި ވެސް އެއްވެސް މުވައްޒަފަކަށް މުސާރަ ކުޑަނުކޮށް މުސާރަ ދީފައިވާނެ ކަމަށް އެ ކުންފުނިން ކުރިން ވަނީ ބުނެފަ އެވެ.
އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް 25،000ރ.
އެމްއޭސީއެލް އިން ބޯނަސްގެ ގޮތުގައި 25،000ރ.
އެމްއޭސީއެލްގެ ބޯނަސް ނުބަހާތާ ދެ އަހަރު
ފައިނުގައި އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
އެމްއޭސީއެލްއިން ރޯދައަށް އެއާޕޯޓް ސާފުކުރަނީ
އެފްކޮމް ކާގޯ އިން ރާއްޖެއަށް ކާގޯ ފްލައިޓްތައް އަޅަނީ
އެމްއޭސީއެލް އާއި އާރްއޭސީއެލް މިމަހު އެއްކޮށްލަނީ
އެއާޕޯޓުގެ ޓްރެފިކް ހަމައަކަށް އެޅިއްޖެ: އެމްއޭސީއެލް
ވައިގަދަވުމުގެ ސަބަބުން ފްލައިޓްތައް ޖެއްސުމުގައި ދަތިތަކެއް
އާ އަހަރަށް މަހުޖަނުންގެ ޖެޓުތައް ރާއްޖެ އަށް