ލ. ގަމުގައި ހަދާ ކެންސަރު ހޮސްޕިޓަލަށް (50 މިލިއަން ޑޮލަރު) 771 މިލިއަން ރުފިޔާ ކަނޑައަޅައި، އެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
18 އޯގަސްޓް 2022
ލ. ގަމުގައި ހަދާ ކެންސަރު ހޮސްޕިޓަލަށް (50 މިލިއަން ޑޮލަރު) 771 މިލިއަން ރުފިޔާ ކަނޑައަޅައި، އެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުން "މިހާރު" އާ ހިއްސާކުރި މައުލޫމާތުގައި ބުނީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްސްގައި ހަދާ "ކެންސާ ކެއާ ސެންޓަރު" އަށް 20،000 އަކަފޫޓުގެ ބިމެއް ގަމުން ކަނޑައަޅާފައިވާ ކަމަށެވެ.
އެ މަޝްރޫއާ ގުޅޭ ޓެކްނިކަލް ފީސިބިލިޓީ ރިޕޯޓު މުރާޖައާކޮށް ގެނައި ބަދަލުތަކަށް މިދިޔަ މަހުގެ 28 ގައި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ބުންޏެވެ.
ރާއްޖެ އަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ތެރެއިން ސަރުކާރުން އަންނަނީ ވަރަށް ގިނަ މަޝްރޫއުތައް ހިންގަމުންނެވެ. ކެންސަރު ހޮސްޕިޓަލަކީ ވަކި ބައްޔަކަށް ހާއްސަ ކޮށްގެން ސަރުކާރުން ރާއްޖޭގައި އިމާރާތްކުރާ ފުރަތަމަ ހޮސްޕިޓަލެވެ.
ރައީސް އޮފީހުން ބުނީ ކެންސަރު ހޮސްޕިޓަލަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އަތޮޅުތެރޭގައި ދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ހިންގާ ބިޔަ މަޝްރޫއެއް ކަމަށެވެ.
އެތަން ހަދަން ނިންމާފައިވަނީ ވެސް ބަލިން ރައްކާތެރިވުމާއި ބައްޔަށް ފަރުވާ ކުރުމުގެ ހުރިހާ ވަސީލަތްތަކާއެކު، މުޅި އެ ސަރަހައްދަށް ހިދުމަތް ދެވޭ ފެންވަރުގައި ކަމަށް ބުންޏެވެ.
"ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް ބޭނުންވާ ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން މި ހޮސްޕިޓަލްގައި ގާއިމްކުރެވިގެންދާނެ،" ރައީސް އޮފީހުން ބުންޏެވެ.
ހެލްތު މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ގައިންގަޔަށް ނާރާ ބަލިތަކުގެ ތެރެއިން ތިން ވަނައަށް އެންމެ ގިނަ މީހުން މަރުވީ ކެންސަރު ޖެހިގެންނެވެ.
ކެންސަރުގެ އެކި ބަލިތަކުގައި 2020 ވަނަ އަހަރު 125 މީހުން މަރުވި އެވެ. އެއީ 50 އަންހެނުންނާއި 75 ފިރިހެނުންނެވެ.
ކެންސަރު ޖެހޭ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާއިރު، ގިނަ ބައެއްގެ ކަންބޮޑުވުމަކީ ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާން ޖެހުމެވެ. ރާއްޖޭގައި ރޭޑިއޭޝަން ފަރުވާ ނުލިބޭތީ ކެންސަރަށް ފަރުވާ ހޯދާ މީހުން މުޅިން ވެސް ޖެހެނީ ރާއްޖެ އިން ބޭރަށް ދާށެވެ.
ގަމާއި ގައްދޫ ހޮސްޕިޓަލްގެ މަސައްކަތް އަންނަމަހު ފަށަނީ
ކެންސަރު ހޮސްޕިޓަލު މަސައްކަތް އަވަސްކޮށްދޭން އެދިއްޖެ
ފަރުވާ ދިނުމުގެ ކަންކަމަށް ގައިޑްލައިނެއް ހަދަނީ
ހުރިހާ ހޮސްޕިޓަލެއްގައި ސައިކޭޓްރީ/ސްޕީޗް ތެރަޕީ ފަށަނީ
ގޮންޖެހުންތައް ހުއްޓަސް ނަތީޖާއާ ދޭތެރޭ ސުވާލެއް ނެތް
"ކިއު ކުޑަވާނީ ސްޕެޝަލިޓީގެ އިތުރު ހޮސްޕިޓަލްތައް އަޅައިގެން"
ހޮސްޕިޓަލްތައް ޑިޒައިންކޮށްފައި ހުރީ ވަރަށް "ފެންސީ"ކޮށް
އޭއީއެޗްގެ ޖާގަ އިތުރުކުރަން ހަތް ބުރީގެ އިމާރާތެއް
ކެންސަރު ހޮސްޕިޓަލް އަޅަނީ ދިރާގު އޮފީސް ކައިރީގައި
ކެންސަރު ހޮސްޕިޓަލް މާލެ ސަރަހައްދަށް ބަދަލުކުރަނީ