ޔަންގޮން (އޯގަސްޓް 16) - ކޮރަޕްޝަންގެ ތުހުމަތުގައި މިޔަންމާގެ ކުރީގެ ލީޑަރު އައުން ސަން ސޫޗީ ހަ އަހަރަށް ޖަލަށް ލުމަށް އެ ގައުމުގެ އަސްކަރީ ސަރުކާރުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
ޔަންގޮން (އޯގަސްޓް 16) - ކޮރަޕްޝަންގެ ތުހުމަތުގައި މިޔަންމާގެ ކުރީގެ ލީޑަރު އައުން ސަން ސޫޗީ ހަ އަހަރަށް ޖަލަށް ލުމަށް އެ ގައުމުގެ އަސްކަރީ ސަރުކާރުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.
އަސްކަރިއްޔާއިން ސޫޗީގެ ވެރިކަން ވައްޓާލީ މިދިޔަ އަހަރު ފެބްރުއަރީ މަހު އެވެ. މިހާރު އެ ގައުމުގެ ވެރިކަން ކުރަމުން ދަނީ އަސްކަރިއްޔާގެ ބެލުމުގެ ދަށުންނެވެ.
ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތުގައި ސޫޗީގެ އަށް ކުރާ ދައުވާ އަކީ އޭނާގެ ވެރިކަމުގައި ދައުލަތުގެ ފައިސާ މާލިއްޔަތު ގަވާއިދުތަކާ ހިލާފަށް ބޭނުން ކުރުމުގެ މައްސަލަ އެވެ.
ސަރުކާރުގެ ބިންތައް ބާޒާރުގެ އަގުތަކަށް ވުރެ ކުޑަ ކުއްޔެއްގައި ދިނުމުގެ މައްސަލަ ވެސް އޭނާއާ މެދު އުފުލާފައިވެ އެވެ. އަދި ޗެރިޓީ ފަންޑުގެ ފައިސާ ބޭނުން ކޮށްގެން ގެތަކެއް އިމާރާތްކުރަން ހަވާލުކުރި މައްސަލަ ވެސް ސޫޗީއާ ދެކޮޅަށް އަސްކަރިއްޔާއިން ފެންމަތިކުރި އެވެ.
މިޑީއާ ރިޕޯޓްތައް ބުނާ ގޮތުން އޭނާގެ ވަކީލަށް ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތެއް ވެސް ނުދެ އެވެ. މީގެ ކުރިން އެހެން މައްސަލަތަކުގައި ވެސް ސޫކީ، 77، ގެ މައްޗަށް ދައުވާ އުފުލައި 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވެ އެވެ.
ސޫޗީގެ ސަޕޯޓަރުން ބުނާ ގޮތުގައި ބާޒާރުގެ އަގަށް ވުރެ ކުޑަ ކޮށް އޭނާ ސަރުކާރުގެ ބިންތައް ކުއްްޔަށް ދިނީ ހޮސްޕިޓަލްތަކާއި ސްކޫލްތައް އެޅުމަށެވެ. އަދި ޗެރިޓީ ފަންޑުން އޭނާ ގެތަކެއް އިމާރާތް ކުރަން ދިނީ މަގުމަތި ވެފައިވާ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމުގެ ގޮތުން ކަމަށް ވެސް އޭނާގެ ސަޕޯޓަރުން ބުނެ އެވެ.
މިޔަންމާގެ ސްޓޭޓް ކައުންސިލާގެ ނަމުގައި ސޫޗީ އެ ގައުމުގެ ވެރިކަމާ ހަވާލުވީ 2016 ގަ އެވެ. އޭނާގެ ވެރިކަމުގައި އެ ގައުމގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރިވި މައްސަލަ ވެސް އޭނާގެ މައްޗަށް ތުހުމަތު ކުރެވެ އެވެ.
މިއަންމާ އިން 3،000 ގައިދީންނަށް މައާފް ދެނީ
ސޫޗީއަށް އިތުރު ހުކުމަކާއެކު ޖަލު އަދަބު 33 އަހަރަށް
ސޫކީ ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
މިޔަންމާގެ އަސްކަރީ ވެރިޔާ އަމިއްލައަށް ބޮޑުވަޒީރަކަށް
އަންގް ސަން ސޫކީގެ މައްޗަށް ޝަރީއަތް ފަށައިފި
"މިއަންމާގެ ބަޣާވާތް ކުށްވެރިކުރަން، ސޫކީ ދޫކޮށްލާ"
މިއަންމާގައި ލޭއޮހޮރުވުން ބޮޑު ދުވަހެއް: 18 މަރު
މިއަންމާ ސިފައިން ސޫކީގެ ޕާޓީގެ އޮފީހަށް ވަދެގެންފި
ބަޣާވާތާ ދެކޮޅަށް މަދަނީ ބަސްނޭހުން ވައިގައި ހިފައިފި
ބަޣާވާތަށް ފަހު ސޫކީގެ މައްޗަށް އެތައް ދައުވާއެއް