މޯލްޑިވިއަންގެ ފްލައިޓެއްގެ ތެރެއިން ބޮޑު މަކުނެއް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.
22 އޯގަސްޓް 2022
މޯލްޑިވިއަންގެ ފްލައިޓެއްގެ ތެރެއިން ބޮޑު މަކުނެއް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެ އެވެ.
އެ ވީޑިއޯ އިން ފެންނަނީ ދަތުރުކުރަމުން ދިޔަ މަތިންދާބޯޓެއްގެ ފަސިންޖަރުންގެ ސީޓެއްގެ މަތީގައި ބޮޑު މަކުނެއް އެނބުރޭ ތަނެވެ. އެއީ ކޮން ދުވަހަކު، ކޮން މަންޒިލަކަށް ދަތުރުކުރި ފްލައިޓެއް ކަމެއް އަދި ނޭނގެ އެވެ.
އެ މަކުނު އޮތްކަން އެ ސީޓުގައި އިން އަންހެން މީހާ އަށް އެނގުނީ ފަހަތު ސީޓުގައި ތިބި ބަޔަކު، އޭތި މަރާލަން އޭގައި ފައިވާން ކިބަޔަކުން ޖެހުމުންނެވެ. އެ މަންޒަރު ވީޑިއޯކުރީ ވެސް އެ މީހުން ކަމަށް ބެލެވެ އެވެ.
ބައެއް މީހުން ބުނި ގޮތުގައި، މުށިކުލައިގެ އެ މަކުނަކީ އާންމުންކޮށް ރާއްޖެ އިން ފެންނަ ވަރަށް ވުރެ ބޮޑު ސޫތްޕެކެވެ. އަދި އެ މަކުނު ބޮޑަށް ވައްތަރީ "ހަންޓްސްމަން ސްޕައިޑާ"ގެ ބަވާތަކާ ކަމަށް ބުނެ އެވެ. އެއީ ގައިގައި ހެފިޔަސް މާ ބޮޑު ނުރައްކަލެއް ނެތް ވައްތަރެއްގެ މަކުނެކެވެ.
އެކަމާ ގުޅޭ ގޮތުން، މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަނުން މިއަދު ބުނީ ދަތުރުތައް ފެށުމުގެ ކުރިން ހުރިހާ ފްލައިޓެއް ވެސް ފިއުމިގޭޓް ކުރާ ކަމަށާއި އެހެންވެ، އެއީ އެކަމާ ގުޅިގެން ދިމާވި މައްސަލައެއް ނޫން ކަމަށެވެ.
"ބޮޑަށް ބެލެވެނީ ބެގޭޖު އެރުވިއިރު ނުވަތަ ޓްރާންސިޓެއްގައި ފްލައިޓަށް ވަން އެއްޗެއް ކަމަށް،" އެ ކުންފުނިން ބުންޏެވެ.
އެއާބަސް އޭ330 ގައި ކޮޗިން އާއި ޓްރިވަންޑްރަމަށް
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
ޔޫރަޕް މަތިންދާބޯޓު ސާވިސްކުރުމުގެ ހުއްދަ އައިއޭއެސްއަށް
މޯލްޑިވިއަންގެ ދެވަނަ ޑޭޝް-8 ބޯޓު ވިއްކާލަނީ
މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ
މޯލްޑިވިއަންގެ ޗައިނާ ދަތުރުތަކުގެ ޓިކެޓް ވިއްކަނީ
އާމްދަނީ ތިން ބިލިއަނަށް އަރުވައި، ބޮޑު ބަދަލަކަށް
އެއާބަސް އޭ330 ގެ ފުރަތަމަ ދަތުރު ޗެންގްޑޫއަށް
ދަރަނި ބޮޑުވިޔަސް ކުންފުނީގެ ހާލަތު ރަނގަޅު ކުރެވޭނެ
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ ބޯޓު ގެނެސްފި