Roadha Mihaaru
އޭސީސީގެ އިތުބާރު އަނެއްކާވެސް ގެއްލިއްޖެ: ބޮންޑޭ

އޭސީސީގެ އިތުބާރު އަނެއްކާވެސް ގެއްލިއްޖެ: ބޮންޑޭ

22 އޯގަސްޓް 2022

ސަރުކާރުން ވެންޓިލޭޓަރު ހޯދުމުގައި ހިންގާފައިވާ ހިޔާނާތުގައި ހިމެނޭ ބައެއް މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމުމުން އެކަމަށް ފާޑު ވިދާޅުވެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިތުބާރު ގެއްލިއްޖެ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސަރުކާރުން ވެންޓިލޭޓަރު ހޯދުމުގައި ހިންގާފައިވާ ހިޔާނާތުގައި ހިމެނޭ ބައެއް މީހުންގެ މައްޗަށް ދައުވާ ނުކުރަން ނިންމުމުން އެކަމަށް ފާޑު ވިދާޅުވެ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިތުބާރު ގެއްލިއްޖެ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ވެންޓިލޭޓަރު ހޯދުމުގެ މައްސަލައިގައި އޭރު ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީންއާ އެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭން އޭސީސީން ހަތަރު ފަހަރަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ފޮނުވި އެވެ. ނަމަވެސް ޕީޖީން ވަނީ ތަހުގީގު ފުރިހަމަ ނޫން ކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.

އެހެންވެ އޭސީސީން ވަނީ އެ މައްސަލަގައި ހިމެނޭ އަށް މީހެއްގެ މައްސަލަ ފައިލް ކުރަން ނިންމައިފަ އެވެ.

ބަދަލު ދިނުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް އޭސީސީން ފޮނުވި ރިޕޯޓަކަށް ބަހުސް ކުރައްވަމުން ބޮންޑޭ ވިދާޅުވީ ވެންޓިލޭޓަރު ގަންނަން ފައިސާ ދިން ކަމާއި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.

ނަމަވެސް ވެންޓިލޭޓަރުތަކާއި ފައިސާތަކަށް ވީގޮތެއް އަދިވެސް ހޯދިފައި ނުވާ ކަމަށާއި އެހެން އޮއްވައި މައްސަލަ ފައިލްކުރަން ނިންމުމަކީ މާލިއްޔަތު ބަލަހައްޓަން ބަލަދުވެެރިވާ ދައުލަތުގެ މުއައްސަސާތަކުގެ އިހުމާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލުން އަޅުގަނޑުމެންނަށް މި އޮތީ އޭސީސީއެއް ވެސް އެކުލަވައިލަން ޖެހިފައި. އޭސީސީގެ އިތުބާރެއް ވެސް އަޅުގަނޑުމެންނަކަށް ނެތް މިހާ ހިސާބުން އަނެއްކާވެސް،" ބޮންޑޭ ވިދާޅުވި އެވެ.

އޭސީސީ އަށް މި ސަރުކާރުން ފުރަތަމަ އައްޔަން ކުރެއްވި ފަސް މެމްބަރުންގެ އިތުބާރު ނެތް ކަމަށް ބުނެ ކޮމިޝަނުން ބޭރު ކުރުމުގެ މަސައްކަތް ފެއްޓެވީ ވެސް ވެންޓިލޭޓަރާއި އެހެނިހެން ކޮރަޕްޝަންގެ މައްސަލަތައް ނުބަލައި ގިނަ ދުވަސްތަކެއް ވާ ކަމަށް ބުނެ އެވެ.

އޭސީސީގެ މެމްބަރުން

އޭސީސީގެ މެމްބަރުން

އޭރު ކޮމިޝަންގައި ތިބި ހުރިހާ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ ވޯޓަކަށް އަހުމުގެ މަސައްކަތް ކުރިޔަށް ދަނިކޮށް މެމްބަރުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އެ ކޮމިޝަންގައި މިހާރު ތިއްބެވީ މާޗު 17، 2022 ގައި އައްޔަން ކުރެއްވި މުޅިން އާ މެމްބަރުންތަކެކެވެ.

ދިވެހި ސަރުކާރުން ގަންނަން އެގްޒިކިއުޓާސް ޖެނަރަލް އަށް ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. ބޮޑު ބައި ނުލިބި ލަސްވެގެން ދާތީ ސަރުކާރުން ވަނީ އެންމެ ފަހުން ދުބާއި ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކޮށް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން ނިންމައިފަ އެވެ.