Roadha Mihaaru

ކޯރާޑީގެ ހަމަލާ އަމާޒުވީ ވައްކަންކުރަން އުޅުނު ބިދޭސީއަކަށް

މާލޭގައި ރޭ މީހެއްގެ ބޮލުގައި ކޯރާޑިއަކުން ޖަހައި ފަޅާލީ ގެއަކަށް ވައްކަން ކުރަން ވަނުމުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ކޯރާޑިން ހަމަލަދީ، ބޯ ފަޅާލީ ވައްކަން ކުރަން އުޅުމުން
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

23 އޯގަސްޓް 2022

މާލޭގައި ރޭ މީހެއްގެ ބޮލުގައި ކޯރާޑިއަކުން ޖަހައި ފަޅާލީ ގެއަކަށް ވައްކަން ކުރަން ވަނުމުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާފަންނު ސަހަރާ ކުރިމަތީގައި ހުންނަ ސްޓީލް ހާޑްވެއާގެ އިމާރާތުގައި ހިންގި އެ ހާދިސާގައި ބިދޭސީ ފިރިހެންމީހާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ، މާފަންނު ގެއަކަށް ވައްކަން ކުރަން ވަން ބިދޭސީއަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓް ރޭ 11:55 ގައި ލިބިފައިވާ ކަމަށެވެ.

އެ ހަމަލާގައި އަނިޔާވި ބިދޭސީ މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށާއި މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުންޏެެވެ.

ބިދޭސީމީހާ އަށް ހަމަލާދިނުމާ ގުޅިގެން އެ ތަނަށް ފުލުހުން ދިޔައިރު އެ ގޭތެރޭގައި ހަމަލާދޭން ބޭނުންކުރި ކޯރާޑި ވެސް އޮތެވެ.

ވައްކަން ކުރަން ގެއަކަށް ވަން ބިދޭސީއަކަށް ހަމަލާދިންއިރު، މާލޭގައި ސިލްސިލާ މާރާމާރީތަކެއް ވެސް މި ދުވަސްވަރު ވަނީ އިތުރުވެފަ އެވެ.