މާލޭގައި ސްޓީލް ހާޑްވެއާ އިން އިމާރާތްކުރަމުން އަންނަ ތަނަކަށް ވަދެ އެ ކުންފުނީގެ ބިދޭސީ މުވައްޒަފެއްގެ ބޮލުގައި ކޯރާޑިން ޖެހީ ވައްކަންކުރަން އުޅުނު ދިވެއްސެއް ކަމަށާއި ހަމަލާދިނުމަށް ފަހު އެ ދިވެހި މީހާ އެ ތަނުން ފިލާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
23 އޯގަސްޓް 2022
މާލޭގައި ސްޓީލް ހާޑްވެއާ އިން އިމާރާތްކުރަމުން އަންނަ ތަނަކަށް ވަދެ އެ ކުންފުނީގެ ބިދޭސީ މުވައްޒަފެއްގެ ބޮލުގައި ކޯރާޑިން ޖެހީ ވައްކަންކުރަން އުޅުނު ދިވެއްސެއް ކަމަށާއި ހަމަލާދިނުމަށް ފަހު އެ ދިވެހި މީހާ އެ ތަނުން ފިލާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
މާފަންނު ސަހަރާ ކުރިމަތީގައި ހުންނަ ސްޓީލް ހާޑްވެއާގެ އިމާރާތެއްގައި ހިންގި އެ ހާދިސާއާ ގުޅިގެން ފުލުހުންގެ މީޑިއާ އިން ބުނީ ވައްކަން ކުރަން އުޅުނު ބިދޭސީއަކަށް ހަމަލާދިން މައްސަލައެއް ރޭ 11:50 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެހެންވެ ސްޓީލް ހާޑްވެއާގެ މުވައްޒަފުން އެ ތަނަށް ވަން ވަގަކަށް އަނިޔާކުރި ކަމަށް ހީވެފައިވާތީ އެ ކުންފުނިން އެކަން ދޮގުކުރެ އެވެ.
ސްޓީލް ހާޑްވެއާގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ކުންފުނިން އިމާރާތްކުރާ ތަނަށް ވަދެވޭނީ ފިންގާ ޖަހައިގެން ކަމަށް ވާތީ އެ އިމާރާތަށް ވަދެފައި ވަނީ ޖެހިގެން ހުންނަ އިމާރާތުގައި ހަރުގަނޑެއް ލައްކޮށްގެން އެއިން ކަމަށެވެ.
އެ އިމާރާތުގެ އެންމެ މަތީ ފްލޯގައި އެ ތަނުގައި މަސައްކަތްކުރާ މީހުން ވެސް ދިރިއުޅޭ ކަމަށާއި އެކަމަކު ވައްކަން ކުރަން ވަން ވަގުތު ތިރީގައި އެކަކު ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އިމާރާތުގެ ތިން ފްލޯއެއްގެ ކަރަންޓު ނަރުތައް ބުރިކޮށް، ގޯންޏަކަށް އަޅައިގެން އުޅެނިކޮށް، އެ ތަނުގައި މަސައްކަތްކުރާ ބިދޭސީއަކަށް އެ މަންޒަރު ފެނިގެން އެ މީހާއާ ކުރިމަތިލި އެވެ. އަދި އެ ބިދޭސީ މީހާއަށް ހަމަލާދިނުމަށް ފަހު، ދިވެހި މީހާ ފިލީ، ވަގަކު އެތަނަށް ވަދެ އުޅޭކަން ސީނިއާ މުވައްޒަފަކަށް އެންގުމަށް ފޯނު ނަގައި ގުޅަން އުޅެނިކޮށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެ އިމާރާތުގެ ހައެއް ހަތެއް އަށެއްގައި ހުރި ޓޫލްސްތަކަކާއި ނަރުތައް ބުރިކޮށްގެން ގޯންޏަކަށް އަޅައިގެން އުޅެނިކޮށް ބިދޭސީ މުވައްޒަފަކު ތިރިއަށް ފޭބި ވަގުތާ ދިމާވީ. އެ ތަނުގައި ކީއްކުރަނީތޯ އެހީމަ ބުނީ ރައްޓެއްސަކު ބުނެގެންނޭ. އޭނަ ދިން އެއްޗެކޭ ގޯނީގައި އެއީ. އެކަމަކު ގޯނީގައި ހުރީ އެތަނުން ވަގަށް ނެގި އެއްޗެއްސާއި ޖެހިގެން ހުރި އިމާރާތުން ވަގަށް ނެގި އެއްޗެހި،" އޭނާ ވިދާޅުވި އެވެ.
ވައްކަން ކުރިކަން ފަޅާއެރުމުން އެތަނުގައި އޮތް ކޯރާޑިއަކުން ޖަހައި ސްޓީލް ހާާޑްވެއާގެ ބިދޭސީ މުވައްޒަފުގެ ބޮލުގައި ހައެއްކަ ފަހަރު ޖެހުމަށް ފަހު އޭނާ ފިލީ އެވެ.
"އެތަނަށް އެހެން މުވައްޒަފުން ދިޔައިރު އޭނާ ފިލައިގެން ހިނގައްޖެ. އޭނާ ހޯދަން މުޅި ތަން ބަލަނިކޮށް އެނގުނީ ހަރުގަނޑަކުން އަރައިގެންކަން ވަނީ."
އެ ހާދިސާގައި ބިދޭސީ މުވައްޒަފުގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެ، އޭނާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައި ކަމަށާއި އޭނާގެ ސިކުނޑިއަށް ވެސް ލޭ އެޅިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ވައްކަންކޮށް ހަމަލާދިން މީހާ އަދިވެސް ނުފެންނަ ކަމަށް ސްޓީލް ހާޑްވެއާގެ އޮފިޝަލް ވިދާޅުވެ އެވެ.
އިނގިލިތައް ބުރިކޮށްލާނެ ކަމުގެ އިންޒާރުދީ ފޭރިއްޖެ
ދުން ލީކުވެ އަނބުރައިގަތް ހަތް މީހަކަށް ފަރުވާދެނީ
ކޯރާޑިން ހަމަލަދީ، ބޯ ފަޅާލީ ވައްކަން ކުރަން އުޅުމުން
އައިޖީއެމްއެޗުގެ ފަންޑު ފޮއްޓެއް ވަގަށް ގެންގޮސްފި
ނަރުހަކު މަރާލި ކަމަށް ޝައްކުވެގެން ތަހުގީގު ފަށައިފި
ޓުއަގައިޑަކަށް ހެދިގެން ޓޫރިސްޓެއްގެ ފައިސާތައް ފޭރިއްޖެ
ބިދޭސީއަކަށް ހަމަލާދީ ފޯނާއި ވޮލެޓް ފޭރިއްޖެ
ފޭރުނު މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި
ފޭރުނީކީ ނޫން، ހެދީ ދޮގު! ފައިސާ ހުރީ ގޭގައި!
ވޮލެޓް ފޭރެން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި