Roadha Mihaaru
ޓުއަގައިޑަކަށް ހެދިގެން ޓޫރިސްޓެއްގެ ފައިސާތައް ފޭރިއްޖެ

ޓުއަ ގައިޑަކަށް ހެދިގެން ބިދޭސީއަކު ޓޫރިސްޓެއްގެ ފައިސާތައް ވަގަށް ނަގައިފި

21 އޮކްޓޯބަރ 2021

ޓުއަ ގައިޑަކަށް ހެދިގެން އުޅުނު ބިދޭސީއަކު ޓޫރިސްޓެއްގެ ފައިސާތައް ވަގަށް ނަގައިގެން ފިލައިފި އެވެ.

ޓުއަ ގައިޑަކަށް ހެދިގެން އުޅުނު ބިދޭސީއަކު ޓޫރިސްޓެއްގެ ފައިސާތައް ވަގަށް ނަގައިގެން ފިލައިފި އެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ މީހާ ހޯދަން އޭނާގެ ފޮޓޯއާ އެކު ފުލުހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން އެ މީހާ ފައިސާތައް ހިފައިގެން ފިލީ އާޓިފިޝަލް ބީޗަށް ޓޫރިސްޓު މީހާ މޫދަށް އެރުނު ވަގުތު އެވެ.

ޓުއާ ގައިޑަކަށް ހެދިގެން ޓޫރިސްޓަކަށް ހިދުމަތް ދިނުމަށް ފަހު ފައިސާތައް ހިފައިގެން ފިލި މީހާ އަކީ ބަންގްލާދޭޝް މީހެއް ކަމަށް މިހާތަނަށް އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރި ނަމަ ޓޫރިސްޓް ޕޮލިސްގެ ނަންބަރު 9790070 އަށް ގުޅައި މައުލޫމާތު ހިއްސާކުރަން ވެސް ފުލުހުން ވަނީ އެދިފަ އެވެ.