ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް އެތެރެކުރަން އުޅުނު އެއް މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
30 އޯގަސްޓް 2022
ޕޯސްޓް މެދުވެރިކޮށް ރާއްޖެ އަށް އެތެރެކުރަން އުޅުނު އެއް މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ކަސްޓަމްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތަކެތި އަތުލައިގެންފައި ވަނީ، ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތަކެއް ބަލައި، ފާސްކުރުމުގެ ތެރޭގައި މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހުގައި ކަމަށެވެ.
ބަލައި ފާސްކުރެވުނު ޕާރުސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "މެފެޑްރޯން" އަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުންޏެވެ. އެއީ އެ ބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް މި އަހަރު އަތުލައިގަތް ދެ ވަނަ ފަހަރު ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އޭގެ ބަރުދަނުގައި 526 ގްރާމް ހުރި ކަމަށާއި އަދި އެ ތަކެތީގެ މަގުމަތީ އަގު އެއް މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އެ މައްސަލައިގައި ތުހުމަތުވާ ދިވެހި ފިރިހެނަކާއި އަތުލައިގަތް މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް މި އަހަރު އެންމެ ފުރަތަމަ އަތުލައިގަތީ، ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައިވާ ޕާރުސަލްތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި މާޗު 1 ގަ އެވެ. އެ ފަހަރު 585 ގްރާމްގެ މެފެޑްރޯން އަތުލައިގަތެވެ.
ރާއްޖެ އެތެރެކުރި 11 ކިލޯގެ ޑްރަގް އަތުލައިގެންފި
ވައިގެމަގުން ގެނައި ރެކޯޑް އަދަދެއްގެ ޑްރަގް އަތުލައިފި
ރާއްޖެ އެތެރެކުރި 8 ކިލޯގެ ޑްރަގްސް އަތުލައިގެންފި
ޓެގްގައި ނަން އޮތަސް ޑްރަގް ފެނުނު ލަގެޖާ ހަވާލެއްނުވި
900،000ރ. ގެ މަސްތުވާތަކެތި އަތުލައިގެންފި
ދެ މަސްތެރޭގައި 1 ކިލޯގެ ޕާޓީ ޑްރަގްސް އަތުލައިފި
އެއް އަހަރު ތެރޭ 100 ކިލޯގެ ޑްރަގް އަތުލައިގެންފި
ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
ޖޫރިމަނާހޯދުމުގެ ނިޒާމެއް ޑްރަގް ޑީލަރުންނަށް ނުހިނގާ!
ވައިގެ މަގުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި