ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ތިން ޝިޕްމަންޓެއް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
21 އޮކްޓޯބަރ 2023
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ތިން ޝިޕްމަންޓެއް ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ ފުރަތަމަ ޝިޕްމަންޓް މިދިޔަ މަހުގެ ފަހުކޮޅު އަތުލައިގަތީ ޖަރުމަނުން ރާއްޖެއަށް ގެނެސްފައިވާ ޕެކޭޖެއްގެ ތެރެއިން ކަމަށެވެ. އެ ޕެކޭޖްގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންގެ 2.2 ކިލޯ ފެނިފައިވާ ކަމަށް ކަސްޓަމްސުން ބުންޏެވެ.
މަސްތުވާތަކެތީގެ ދެވަނަ ޝިޕްމަންޓް އަތުލައިގަތީ މިމަހުގެ ފަސް ވަަނަ ދުވަހު އިންޑިއާއިން ރާއްޖެ ގެނައި އެއާކާގޯގެ ޝިޕްމެންޓެއްގެ ތެރެއިން އެވެ. ކަސްޓަމްސް އިން ބުނިގޮތުގައި އެ ޝިޕްމަންޓްގައި ހުރި އިލެކްޓްރޯނިކް އާލާތްތަކުގެ ތެރޭގައި ފޮރުވާފައި ހުރި ތިން ކިލޯ ގްރާމް ހެރޮއިން ފެނިފައިވެ އެވެ.
ރާއްޖެ އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން އަތުލައިގެންފައިވާ ޑްރަގްސް.
ކަސްޓަމްސް އިން ބުނިގޮތުގައި މަސްތުވާތަކެތީގެ ތިން ވަނަ ޝިޕްމަންޓް އަތުލައިގަތީ މިމަހުގެ ހަތް ވަނަ ދުވަހު ތައިލެންޑުން ރާއްޖެ ގެނައި އެއާކާގޯގެ ޝިޕްމަންޓެއްގެ ތެރެއިންނެވެ. އެ ޝިޕްމަންޓްގެ ތެރެއިން 3.5 ކިލޯ ގްރާމުގެ ހެރޮއިން ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނިގޮތުގައި އެ ތިން ޝިޕްމަންޓުން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު އަށް މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ އެވެ.
އެ މައްސަލަތައް އިތުރަށް ތަހުގީގުކުރުމަށްޓަކައި، މަސްތުވާތަކެތި ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރިކަމެއް ސާފެއް ނުވެ އެވެ.
ރާއްޖެ އެތެރެކުރި 11 ކިލޯގެ ޑްރަގް އަތުލައިގެންފި
ވައިގެމަގުން ގެނައި ރެކޯޑް އަދަދެއްގެ ޑްރަގް އަތުލައިފި
ޓެގްގައި ނަން އޮތަސް ޑްރަގް ފެނުނު ލަގެޖާ ހަވާލެއްނުވި
900،000ރ. ގެ މަސްތުވާތަކެތި އަތުލައިގެންފި
ޕޯސްޓުން އެތެރެކުރަން އުޅުނު ޑްރަގްސް އަތުލައިގެންފި
އެއް އަހަރު ތެރޭ 100 ކިލޯގެ ޑްރަގް އަތުލައިގެންފި
ކިލޯއެއްގެ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި
ޖޫރިމަނާހޯދުމުގެ ނިޒާމެއް ޑްރަގް ޑީލަރުންނަށް ނުހިނގާ!
ވައިގެ މަގުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
ޑްރަގާއެކު ހައްޔަރުކުރުމުން ބުނީ ބައްޕަގެ އެއްޗެއްކަމަށް