Roadha Mihaaru
ހަރުކަށިފިކުރާ ދެކޮޅަށް ފައުޖެއް އުފައްދަން ހުށަހަޅައިފި

ހަރުކަށި ފިކުރާ ދެކޮޅަށް ފައުޖެއް އުފައްދަން މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި

31 އޯގަސްޓް 2022

ހަރުކަށި ފިކުރާ ދެކޮޅަށް، ސަލާމަތީ ބާރުތައް ހިމެނޭ ގޮތަށް، ހާއްސަ ފައުޖެއް އުފައްދައި ދީނީ ތައުލީމް ދޭ ތަންތަނާއި މިސްކިތްތައް ބަލަހައްޓަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަޅުއްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހަރުކަށި ފިކުރާ ދެކޮޅަށް، ސަލާމަތީ ބާރުތައް ހިމެނޭ ގޮތަށް، ހާއްސަ ފައުޖެއް އުފައްދައި ދީނީ ތައުލީމް ދޭ ތަންތަނާއި މިސްކިތްތައް ބަލަހައްޓަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު މައްސަލައެއް ހުށަޅުއްވައިފި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި މި ގަރާރުގައި ބުނެފައި ވާނީ ދީނުގެ ނަމުގައި ހައްދުފަހަނަޅާފައިވާ އަދި މީހުން މަރަން ފަސް ނުޖެހޭ 1400 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވެފައިވާ ކަމަށާއި "ސަރުކާރުގެ މީހެއް" ކަމަށް ބުނުމަށް ފަހު އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ވެސް ހަމަލާ ދީފައިވާ ކަމަށެވެ.

އެ ނުރައްކާތެރި އަމަލުތައް ފެތުރުމުގެ މަސައްކަތް ވަރަށް ފުޅާވެ އިންތިޒާމް ވެގެން ހިނގާކަން އެކި މުއައްސަސާތަކުންނާއި ރިޔާސީ ކޮމިޝަންތަކުން އެއްކޮށްފައިވާ މައުލޫމާތުން އެނގޭ ކަމަށާއި ނަމަވެސް އެފަދަ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް މުއައްސަސާތަކުން ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

އެފަދަ ކަންކަމުން ސަލާމަތްވުމަށް ފުލުހުންނާއި ސިފައިން އަދި ސަލާމަތީ ކަންކަމާއި ތަންފީޒީ ކަންކަން ހިންގުމުގެ މަސްއޫލިއްޔަތު އޮތް އިދާރާތަކުގެ މައްޗަށް އެކުލެވޭ ކޮމާންޑެއްގެ ދަށުން އެކުލެވޭ ހާއްސަ ފައުޖެއް އުފެއްދުމަށާއި ނުރައްކާތަކަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމަށް މިސްކިތްތަކާއި ތައުލީމް ދޭ ތަންތަން ބަލަހައްޓަން ފަށަން ޖެހޭ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.

"...މީހުންގެ ފުރާނަ އާއި މުދަލަށާއި ތަންތަނަށް ގެއްލުން ދިނުމާއި، ގެއްލުން ދީފާނެ ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައިވާ ފަރާތްތައް އެކަހެރިކުރުމާއި ރީހެބިލިޓޭޓް ކުރުމުގެ މަސައްކަތް ހިންގުން" އެ ގަރާރުގައި ހިމަނާފައިވެ އެވެ.

އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ދީނީ ތައުލީމް ދިނުމާއި ނަސޭހަތް ދިނުމުގެ ކަންކަން ހިނގަނީ އިސްލާމީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ގިނަ އިލްމުވެރިން އިއްތިފާގުވާ މެދުމިނުގެ އިންތިތަކުގެ ތެރޭގައިކަން ކަށަވަރުކުރަން ޖެހޭ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.

އެ ގަރާރަށް ބަހުސް ކުރުމާ ގުޅޭ ގޮތުން މިއަދު ނެގި ވޯޓުގައި ބައިވެރިވި މެމްބަރުން 25 މެމްބަރުންގެ އިއްތިފާގުން ފާސް ކުރި އެވެ.