01 ސެޕްޓެމްބަރ 2022
ޚިޔާނާތުގެ ކުުށުގައި 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ އަނބިކަނބަލުން ރޮސްމާ މަންސޫރްގެ މައްޗަށް އުފުލާފައިވާ ރިޝްވަތަށް އެދުމާއި ރިޝްވަތު ގަބޫލުކުރުމުގެ ތިން ދައުވާ ސާބިތުވާ ކަމަށް މިއަދު ހުކުމްކޮށްފި އެވެ.
ޚިޔާނާތުގެ ކުުށުގައި 12 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ އަނބިކަނބަލުން ރޮސްމާ މަންސޫރްގެ މައްޗަށް އުފުލާފައިވާ ރިޝްވަތަށް އެދުމާއި ރިޝްވަތު ގަބޫލުކުރުމުގެ ތިން ދައުވާ ސާބިތުވާ ކަމަށް މިއަދު ހުކުމްކޮށްފި އެވެ.
މި ތިން ދައުވާ ސާބިތުވެ 10 އަހަރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފަ އެވެ. އަދި އެއާ އެކު 970 މިލިއަން ރިންގިޓުން ވަނީ ޖޫރިމަނާކޮށްފަ އެވެ. މި ޖޫރިމަނާ ނުދައްކައިފި ނަމަ ޖަލު ހުކުމް 30 އަހަރަށް ބަދަލުވާނެ އެވެ.
ސަރަވަކްގައި ހިންގި ސޯލާ އެނާޖީ މަޝްރޫއަކާ ގުޅުން ހުރި 194 މިލިއަން ރިންގިޓް (43 މިލިއަން ޑޮލަރު) ގެ ތިން ދައުވާއަށް ރޮސްމާ ކުރިން ވަނީ އިންކާރުކުރައްވައިފަ އެވެ. ނަމަވެސް މެލޭޝިއާގެ ހައި ކޯޓުން މިއަދު ހުކުމްކުރީ ތިން ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.
ރޮސްމާގެ މައްޗަށް ކުށް ސާބިތުވި އިރު ފިރިކަލުންގެ މައްޗަށް ސާބިތުވި ކުށްތަކުގެ އިސްތިއުނާފު ނިމި 12 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަން ފެށީ މިދިޔަ މަހުގެ 23 ވަނަ ދުވަހު އެވެ.
ރޮސްމާގެ މައްޗަށް އަދިވެސް 17 ދައުވާއެއް އެބަ އޮތެވެ. އޭގެ ތެރޭގައި މަނީ ލޯންޑަރިން އާއި ޓެކްސް އަށް މަކަރުހެދުން ހިމެނެ އެވެ. މި ހުރިހާ ދައުވާތަކަކަށް ވެސް އޭނާ ވަނީ އިންކާރުކުރައްވައިފަ އެވެ.
އުމުރުން 70 އަހަރުގެ ރޮސްމާ މަޝްހޫރުވެފައިވަނީ އަގުބޮޑު ގަހަނާ ލަގްޒަރީ އުފެއްދުންތަކަށް ލޯބިކުރެއްވުމުންނެވެ. ރޮސްމާގެ ގެޔަށް މެލޭޝިއާ ފުލުހުން 2018 ވަނަ އަހަރު ވަދެ ފާސްކުރި އިރު 14 ޓިއާރާ އާއި 272 ހާމީސް ދަބަހާއި ރަނުގެ ހާރެއް ފެނުނެވެ. އެ ތަކެތީގެ އަގު 1.6 މިލިއަން ޑޮލަރަށް އަރަ އެވެ.
މެލޭޝިއާގެ ޕްރޮސިކިއުޓަރުން ވިދާޅުވެފައިވާ ގޮތުގައި މިއަދު ސާބިތުވި ތިން ދައުވާގައި ރޮސްމާ ވަނީ 187.5 މިލިއަން ރިންގިޓްގެ ރިޝްވަތަށް، 1.25 ބިލިއަން ރިންގިޓްގެ ސޯލާ އެނާޖީ މަޝްރޫއު ލިބުނު ކުންފުނީގެ އޮފިޝަލެއްގެ ފަރާތުން ވަނީ އެދިފަ އެވެ. އަދި ރިޝްވަތުގެ ގޮތުުގައި 6.5 މިލިއަން ރިންގިޓް ލިބިފައިވެ އެވެ.
ރޮސްމާގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަމުރަކަށް އަދި އެދެވޭނެ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި މި ދައުވާތަކަކީ އޭނާގެ އޭރުގެ އެހީތެރިންނާއި ސޯލާ މަޝްރޫގައި އުޅުނު ބައެއް އޮފިޝަލުން އަޑީގައި ތިބެގެން ފްރޭމްކޮށްފައިވާ ކަމެކެވެ.
ރޮސްމާގެ ފިރިކަލުން، އުމުރުން 69 އަހަރުގެ ނަޖީބަށް 2018 ވަނަ އަހަރު އިންތިހާބުގައި ނާކާމިޔާބުވެ ވެރިކަން ގެއްލުނީ އެތައް ބިލިއަން ޑޮލަރެއް ހިމެނޭ 1އެމްޑީބީގެ ބޮޑު ޚިޔާނާތުގެ ސަބަބުންނެވެ. ގައުމުގެ އިންވެސްޓްމަންޓަތަށް ހާއްސަ މި ފަންޑުން ނަޖީބާއި އޭނާގެ ބައިވެރިން އެތައް މިލިއަން ޑޮލަރަކަށް ޚިޔާނާތްވެ އަގުބޮޑު ގެދޮރާއި މުދަލާއި އަގުބޮޑު އާޓް ފަދަ ތަކެތި ވެސް ގަނެފައިވެ އެވެ. ނަޖީބްގެ މައްޗަށް ހިންގި ޝަރީއަތަށް ފަހު އޭނާގެ މައްޗަށް ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑަރިން އާއި 1އެމްޑީބީ އެކައުންޓްތަކުން ނަޖީބްގެ އަމިއްލަ އެކައުންޓްތަކަށް 10.1 މިލިއަން ޑޮލަރު ޓްރާންސްފާކުރިކަން ވެސް ސާބިތުވެފަ އެވެ.
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ ޖަލު ހުކުމް ކުރުކޮށްފި
ނަޖީބް ރައްޒާގުގެ 12 އަހަރުގެ ހުކުމް ދަމަހައްޓައިފި
ނަޖީބުގެ 12 އަހަރުގެ ހުކުމް އިސްތިއުނާފަށް
ނަޖީބުގެ ޖަލު ހުކުމް މަތީ ކޯޓުން ދަމަހައްޓައިފި
މެލޭޝިއާ ބޮޑުހިޔާނާތުގެ 460 މިލިއަން ޑޮލަރު ހޯދައިފި
ނަޖީބު 12 އަހަރަށް ޖަލަށް، 50 މިލިއަނުން ޖޫރިމަނާ
ހުރިހާ މައްސަލައެއްގައި ނަޖީބު ރައްޒާގު ކުށްވެރިވެއްޖެ
ނަޖީބުގެ ޝަރީއަތް ކުރިއަށް ގެންދެވޭނެ: ކޯޓު
ދެކުނު އިރުމަތީ އޭޝިއާގެ އެންމެ އުސް އިމާރާތް ހުޅުވަނީ
"ނަޖީބު މަސައްކަތްކުރީ އަމިއްލަ އަށް މުއްސަނދިވާން"