Roadha Mihaaru
ހިޔާ ފްލެޓަކުން ކުއްޖަކު ވެއްޓެނިކޮށް ސަލާމަތްކޮށްފި

ހިޔާ ފްލެޓެއްގެ 13 ވަނަ ބުރިން ކުއްޖަކު ވެއްޓެނިކޮށް ސަލާމަތްކޮށްފި

01 ސެޕްޓެމްބަރ 2022

ހިޔާ ފްލެޓްގެ ޓަވަރެއްގެ 13 ވަނަ ބުރިން ކުޑަކުއްޖަކު ވެއްޓެނިކޮށް ސަލާމަތްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހިޔާ ފްލެޓްގެ ޓަވަރެއްގެ 13 ވަނަ ބުރިން ކުޑަކުއްޖަކު ވެއްޓެނިކޮށް ސަލާމަތްކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ކުއްޖާ އޮތީ ބެލްކަނީގެ ދަގަނޑުތަކުގައި އެލިގެންނެވެ. އަދި އެ ކުއްޖާގެ އަތުގައި އެވަގުތު ހިފަހައްޓައިގެން މީހަކު ހުރި މަންޒަރު ފޮޓޯތަކުން ފެނެ އެވެ.

ބެލެވޭ ގޮތުގައި އެއީ 10 ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.

ފުލުހުން ބުނީ އެ ކުއްޖާ މިހާރު ސަލާމަތް ކޮށްފައިވާ ކަމަށާއި އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.