Roadha Mihaaru
ކުޑަކުއްޖެއްގެ ގައިގައި ޖެހި ފުލުހަކު ޖޫރިމަނާކޮށްފި

ކުޑަކުއްޖެއްގެ ގައިގައި ޖެހި ފުލުހަކު 18،000ރ. އިން ޖޫރިމަނާކޮށްފި

14 މެއި 2023

ކުޑަކުއްޖެއްގެ ކަންކަށިމަތީގައި ޖެހި ފުލުހަކު 18،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުޑަކުއްޖެއްގެ ކަންކަށިމަތީގައި ޖެހި ފުލުހަކު 18،000ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

އައްޑޫ ފޭދޫގައި އޮގަސްޓް 2016 ގައި މަގުމަތިން ހިނގާފައި ދިޔަ ކުޑަކުއްޖެއްގެ ކަންމަށިމަތީގައި ޖެހި މައްސަލާގައި ދައުލަތުން ދައުވާކުރީ ލ. ހިތަދު އަށް އުފަން ފުލުހެއްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ އެ މީހާ ދައުވާއަށް އިންކާރު ކުރިޔަސް، އެ ހެކިންގެ ހެކިބަހަށް ބަލާއިރު މަގުމަތީގައި ހުރި ރިފްލެކްޓަރެއްގައި އެ ކުއްޖާ ޖެހުމުން އެ ފުލުސް މީހާ އެ ކުއްޖާގެ ގައިގައި ޖެހިކަން ހެކިންގެ ބަހުން އެނގޭ ކަމަށެވެ. އަދި އެ ހާދިސާ ހިނގުމާ އެކު އެ ކުއްޖާ ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާއިރު އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތައް ވެސް މެޑިކަލް ލިޔުންތަކުން އެނގެން އެބައޮތް ކަމަށް އެ ހުކުމުގައިވެ އެވެ.

އެ ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުން ކަމަށް ވިޔަސް، ކުޑަކުއްޖަކަށް ހަމަލާދީފައިވާތީ އޭނާގެ އަދަބު ދަރަޖަ ކޯޓުން މަތިކުރި އެވެ. އެހެން ނަމަވެސް ޖަލު ހުކުމުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ދޭން އެ މީހާ އެދުމުން އޭނާއަކީ ވަޒީފާއެއްގައި ހުރި މީހަކަށް ވާތީ އާއި އޭނާގެ މައްޗަށް ކުރިން އެހެން ކުށެއް ސާބިތުވެފައި ނުވުމުގެ އިތުރުން ދައުލަތުން އެކަމަށް ދެކޮޅު ހަދާފައި ނުވާތީ އެގޮތަށް ކޯޓުން ނިންމި އެވެ.

ޖަލު ހުކުމް ޖުރިމަނާ ބަދަލު ކުރުމުން ޖެހެނީ 18،000ރ. އެވެ. އެ ފައިސާ ތިން މަސް ތެރޭގައި ދައުލަތަށް ދައްކަން ހުކުމުގައި އަންގާފައިވެ އެވެ.