އެމެރިކާގެ ވެރިކަމުގައި މިހާރު ހުންނެވި ރައީސް ޖޯ ބައިޑެން އަކީ ގައުމުގެ އަދުއްވެއް ކަމަށް، އެ ގައިމުގެ ރައީސްކަމުގެ މަގާމުން އެންމެ ފަހުން ވަކިވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕު އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ވެރިކަމުގައި މިހާރު ހުންނެވި ރައީސް ޖޯ ބައިޑެން އަކީ ގައުމުގެ އަދުއްވެއް ކަމަށް، އެ ގައިމުގެ ރައީސްކަމުގެ މަގާމުން އެންމެ ފަހުން ވަކިވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕު އިއްޔެ ވިދާޅުވެއްޖެ އެވެ.
ފްލޮރިޑާގައި ހުންނަ، ޓްރަމްޕުގެ އަމިއްލަ ގެ ކަމަށްވާ މާރް-އާ-ލޯގޯ ރިސޯޓަށް މި މަހުގެ 8 ވަނަ ދުވަހު އެފްބީއައިގެ ތަހުގީގު ޓީމުން ވަދެ ބަލައި ފާސްކުރި މައްސަލައަށް ފަހު، ފުރަތަމަ ފަހަރަށް ބޭއްވި އާންމު އެއްވުމުގައި ޓްރަމްޕު ވިދާޅުވި ގޮތުގައި ރައީސް ބައިޑެން މިހާރު ހުންނެވީ ގޮތް ހުސްވެފަ އެވެ. އެހެންކަމުން، އެމެރިކާގެ މަރުކަޒީ ތަހުގީގީ އިދާރާ، އެފްބީއައި މިހާރު ބޭނުންކުރަނީ ޓްރަމްޕާ ދެކޮޅު ހަތިޔާރެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
މިދިޔަ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު އެފްބީއައިގެ އޭޖެންޓުން، ޓްރަމްޕުގެ އަމިއްލަ ރިސޯޓަށް ވަދެ ބަލައި ފާސްކުރުމަށް ފަހު، އެތަނުން ހޯދި، ސަރުކާރުގެ ބައެއް ލިޔެކިޔުންތައް ވަނީ ގެންގޮސްފަ އެވެ. އެފްބީއައި އިން ބުނި ގޮތުގައި އެ ގޭތެރެއިން ގެންދިޔަ ލިޔެކިޔުންތަކުގެ ތެރޭގައި ސަރުކާރުގެ ސިއްރު ލިޔުންތައް ވެސް ހިމެނެ އެވެ.
ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީގެ ފަރާތުން އިއްޔެ ޕެންސެލްވީނިއާގައި ބޭއްވި އާންމު ބައްދަލުވުމުގައި ޓްރަމްޕު ވިދާޅުވީ އޭނާގެ ގެއަށް އެފްބީއައިގެ ޓީމު ވަނުމަކީ، އެމެރިކާގެ ތާރީޚުގައިވެސް އެއްވެސް ސަރުކާރަކުން ނަހަމަ ގޮތުގައި އެންމެ ބޮޑަށް ބާރުގެ ބޭނުންކުރި ފަހަރު ކަމަށެވެ. ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން އިއްޔެ ޓްރަމްޕު ދެއްވި ތަގުރީރުގައި ގިނަ ވަގުތު ހޭދަކުރެއްވީ އެފްބީއައިގެ ޓީމުން، އޭނާގެ ގެއަށް ވަދެ ބަލައި ފާސްކުރުމުން އެކަމަށް ފާޑުވިދާޅުވުމުގަ އެވެ.
އޭގެ އިތުރުން ޓްރަމްޕު ވިދާޅުވީ 2020 ވަނަ އަހަރުގެ ރިއާސީ އިންތިޚާބު ވަނީ، ވާދަވެރި ޑިމޮކްރެޓިކް ޕާޓީން ވަގަށް ނަގާފައި ކަމަށެވެ. އެހެންކަމުން "އަހަރުމެންގެ ގައުމު ހިމާޔަތް ކުރާނެ" ކަމަށް ވައުދުވެވަޑައިގަތެވެ.
އެފްބީއައިގެ ޓީމުން ގެންދިޔަ ލިޔެކިޔުންތަކާ ގުޅޭ ގޮތުން، އެ އިދާރާ އިން މީގެ ކުރިން ބުނެފައިވަނީ، ޓްރަމްޕުގެ ގެއިން ގެންދިޔަ ކަރުދާސްތަކުގެ ތެރޭގައި، "ސިއްރު" ޖަހާފައި އޮތް ހުސް ސިޓީއުރަތަކަކާއި، ވަރަށް ސިއްރު ލިޔުންތަކެއް ހިމެނޭ ފައިލްތަކެއް ހުރި ކަމަށެވެ. ހުސް ސިޓީއުރަތަކުގައި ހުރި ލިޔުންތައް ކޮންމެވެސް ގޮތަކުން ނައްތައިލީ ކަމަށް ބެލެވޭ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު، ޕެންސެލްވީނިއާގައި އޮތް ސިޔާސީ އެއްވުމެއްގައި ސެޕްޓެމްބަރު 3، 2022 ގައި ވާހަކަ ދައްކަވަނީ. --އޭއެފްޕީ
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި ޓްރަމްޕުގެ ގެ ބަލައި ފާސްކުރަން ޖެހުނީ، ރިއާސީ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު އަމިއްލަ ގެކޮޅަށް ދިރިއުޅުއްވުން ބަދަލުކުރެއްވި އިރު، ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ގެންދެވި ތަކެތީގެ ތެރޭގައި، ދައުލަތުގެ ރަސްމީ ލިޔުންތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގަ އެވެ.
އެމެރިކާގެ ގާނޫނު ބުނާ ގޮތުން، އެމެރިކާގެ ކޮންމެ ރައީސަކު ވެސް ވެރިކަމުގެ ދައުރު ނިމުމާއެކު، އެމީހަކު ވެރިކަމުގައި ބޭނުންކުރެވި ހުރިހާ ލިޔެކިޔުންތައް (ސިޓީ، އީމެއިލް، ލިޔުންތަކާއި ނޯޓްތައް ފަދަ)، އެމެރިކާގެ ގައުމީ އަރުޝީފާ ހަވާލުކުރަންޖެހޭނެ އެވެ. އަދި ވެރިކަމުގެ ދުވަސްވަރުގެ އެއްވެސް ރަސްމީ ލިޔުމެއް، ގާނޫނުގައި ބުނެފައިވާ ތަނެއް ނޫން ތަނަކަށް ނަގުލުކުރުމަކީ ގާނޫނީ ކުށެކެވެ.
މި މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕު ވިދާޅުވަމުން ގެންދަވަނީ، އޭނާ ނުރަނގަޅު އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި، އެމެރިކާ ސަރުކާރުން މަސައްކަތް ކުރަނީ އޭނާގެ އަގު ވައްޓައިލަން ކަމަށެވެ.
މަހުޖަނުންގެ ނުފޫޒުން ގައުމު ސަލާމަތްކުރާތި: ބައިޑެން
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
ބައިޑެންއަށް އިންޓެލިޖެންސް މައުލޫމާތު ދިނުން މަނާކޮށްފި
އެމެރިކާ ޑަބްލިޔުއެޗްއޯއިން ވަކިވެ ބޮޑެތި ނިންމުންތަކެއް
ބަލައިގަންނާނީ 'ދެ ޖިންސު' އެކަނި: ޓްރަމްޕް
ޓްރަމްޕުގެ ވައުދާއެކު އެމެރިކާއަށް ޓިކްޓޮކް އަލުން ދީފި
ޓްރަމްޕް: އަލިފާން ނިއްވާނުލެވޭ، މިއީ ކޮން ބައެއް؟
ޓްރަމްޕަށް ސާބިތުވި ކުށަށް އަދަބު ނުދޭން ހުކުމްކޮށްފި
ޓްރަމްޕަށް އަދަބު ދިނުން ހުއްޓުވަން ސުޕްރީމް ކޯޓަށް