ހުޅުމާލޭގައި ވޯޓާ ތީމް ޕާކަކާއި ހަ ބުރީގެ ލެޝާ ހޮޓަލެއް އަޅަން ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ ކުންފުންޏާ އެކު ހެދި އެއްބަސްވުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބާތިލްކޮށް، އެ ތަން ހަވާލުކުރަން އަންގައިފި އެވެ.
04 ސެޕްޓެމްބަރ 2022
ހުޅުމާލޭގައި ވޯޓާ ތީމް ޕާކަކާއި ހަ ބުރީގެ ލެޝާ ހޮޓަލެއް އަޅަން ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ ކުންފުންޏާ އެކު ހެދި އެއްބަސްވުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބާތިލްކޮށް، އެ ތަން ހަވާލުކުރަން އަންގައިފި އެވެ.
ޖުލައި 2017 ގައި ހެދި އެއްބަސްވުން ބާތިލްކުރަން ނިންމައި، އެ ތަން ހަވާލުކުރަން އެޗްޑީސީން އެންގީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އެ މައްސަލަ ވޯޓާ ފްރަންޓް ހޮޓެލް އެންޑް ލެޝާ ކުންފުނިން ސިިވިލް ކޯޓަށް ހުށަހަޅައި އަދި އެޗްޑީސީގެ އެންގުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދުނެވެ.
ސިވިލް ކޯޓުން މިދިޔަ އަންގާރަ ދުވަހު ނިންމި ނިންމުމުގައި ވަނީ އެ މައްސަލައިގައި ސުވާލު އުފެދިފައިވަނީ އެއްބަސްވުމުގެ މުއްދަތާ ގުޅޭގޮތުން ކަމަށް ވާއިރު އެޗްޑީސީގެ އެންގުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދީފި ނަމަ، މައްސަލައިގެ ހުކުމަށް އޭގެ އަސަރު ކުރާނެ ކަމަށެވެ.
މައްސަލަ ނުނިމެނީސް، އެ ތަން އަތުލައިފި ނަމަ އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެ ކަމަށް ލެޝާ ކުންފުނިން ބުންޏަސް، އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެކަން އެ ކުންފުންޏަށް ސާބިތުކޮށް ނުދެވޭ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.
އެހެންވެ، އެ މައްސަލަ ނިމެންދެން އެޗްޑީސީގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރެއް ނެރެ ނުދެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
ހުޅުމާލޭގައި ކޮންޓެއިނަރުން ހަދާ ޕާކް ރޯދައަށް ނިންމަނީ
ވިނަރެސްގެ އެޕާޓްމެންޓެއް ވިއްކުން ހުއްޓުވައިފި
އެސްޖޭއިން 15 މިލިއަނަށް ބިމެއް ގަނެފި
ހެލްތު މިނިސްޓަރު ހަލީލް ފްލެޓެއް ބައްލަވައިގެންފި
ކޭޕާކްއާ ގުޅޭ ލިޔުންތައް ދޭން އެޗްޑީސީއަށް އަންގައިފި
ހުޅުމާލޭގެ އިތުރު ބިމެއް އެމްއެމްއޭއިން ގަނެފި
ވޯޓާތީމް ޕާކް އަތުލުން ހުއްޓުވުމުގެ އަމުރު ބާތިލްކޮށްފި
ހުޅުމާލޭ ބިންތަކެއް 878 މިލިއަނަށް ސަރުކާރުން ގަނެފި
ވޯޓާ ތީމް ޕާކް އަތުލުން ހައިކޯޓުން ހުއްޓުވައިފި
ހިޔާ ފްލެޓްގެ ކުލީގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި