Roadha Mihaaru
ދިރާސާގައި ބައިވެރިވާ ސައިންސްވެރިން ލޮކޭޝަނަށް

ކަނޑުތަކުގެ ދިރާސާގައި ބައިވެރިވާ ސައިންސްވެރިންގެ ފުރަތަމަ ޓީމު މާދަމާ ލޮކޭޝަނަށް ދަނީ

06 ސެޕްޓެމްބަރ 2022

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް ކުރާ، ރާއްޖޭގެ ކަނޑުތަކުގެ އެންމެ ބޮޑު ދިރާސާ ކަމަށްވާ "ނެކްޓަން މޯލްޑިވްސް މިޝަން" ގެ ޓީމުގައި ބައިވެރިވާ ފުރަތަމަ ސައިންސްވެރިން މާދަމާ ލޮކޭޝަނަށް ދާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް ކުރާ، ރާއްޖޭގެ ކަނޑުތަކުގެ އެންމެ ބޮޑު ދިރާސާ ކަމަށްވާ "ނެކްޓަން މޯލްޑިވްސް މިޝަން" ގެ ޓީމުގައި ބައިވެރިވާ ފުރަތަމަ ސައިންސްވެރިން މާދަމާ ލޮކޭޝަނަށް ދާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހާއި އެ ދިރާސާ ކުރަން ހަވާލުކޮށްފައިވާ އިނގިރޭސި ވިލާތުގެ މެރިން ރިސާޗު ފަޑުންޑޭޝަން "ނެކްޓަން" ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 10 މެމްބަރުންގެ އެ ޓީމުގައި ދިވެހިންނާއި އިންޑިއާ އާއި ސްރީ ލަންކާ އަދި އިނގިރޭސި ވިލާތުގެ ސައިންސްވެރިން ވެސް ހިމެނޭ ކަމަށެވެ.

"ނެކްޓަން މިޝަން" ގައި އެންމެ ފުރަތަމަ ކަނޑަށް ފައިބާ އެކުއަނޯޓް ނުވަތަ ޑައިވް ޓީމުގައި ހިމެނޭނީ ހުސް އަންހެނުންނެވެ. އެއީ ދެ ދިވެހިންނާއި ބޭރުގެ މީހެކެވެ. އެއީ ދުނިޔޭގައި ވެސް، ހުސް އަންހެނުން ހިމެނޭ އެކުއަނޯޓްގެ ޓީމެއް ކަނޑުގެ ދިރާސާއެއް ކުރާ ފުރަތަމަ ފަހަރަށް ވާނެ އެވެ.

އެ ދިރާސާގެ އަމަލީ މަސައްކަތް މިދިޔަ ހޯމަ ދުވަހު ވަނީ ފަށައިފަ އެވެ. ދިރާސާ އަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުރިއަށް ދަނީ މޯބަލައިޒޭޝަންގެ ކަންކަމެވެ.

އެ ދިރާސާ 35 ދުވަހަށް ދެމިގެންދާއިރު، އެ މިޝަންގައި ރާއްޖެ ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ ޓީމެއް، ކަނޑުތަކުގެ އެންމެ މަތީ ފަށަލައިގެން ފެށިގެން، 1،000 މީޓަރު އަޑި އަށް ސާވޭކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ.

އެ ދިރާސާކުރުމަށް ކަނޑުއަޑި އަށް ފީނާ ޓީމުގައި ރާއްޖޭގެ 10 މެރިން ސައިންޓިސްޓުން އިސްކޮށް އުޅޭނެ ކަމަށާއި ފީނުމަށް ބޭނުންކުރާނީ ކަނޑުގެ އެންމެ ފުނަށް ދެވޭ ޒާތުގެ އުޅަނދެއް ކަމަށްވާ "ސަބްމާސިބަލްތަކެއް" ކަމަށް ކުރިން ބުނެފައިވެ އެވެ. އެ ދިރާސާ މިޝަންގައި ޖުމްލަ 40 ބައިވެރިން ހިމެނޭއިރު، އެއީ 16 ދިވެހިންނާއި ރާއްޖެއިން ބޭރުން އަންނަ 24 މީހެކެވެ.