އަނެއްކާވެސް ތާރީހީ މަސައްކަތެކެވެ؛ އުތުރު އިންޑިއާ ކަނޑުގެ އަޑީގައިވާ ފަރުބަދައެއް ފުރަތަމަ ފަހަރަށް، ސައިންޓިފިކް ދިރާސާއެއްގެ ބޭނުމަށް މެޕުކޮށް، ޑޮކިއުމެންޓްކޮށްފި އެވެ.
30 ސެޕްޓެމްބަރ 2022
އަނެއްކާވެސް ތާރީހީ މަސައްކަތެކެވެ؛ އުތުރު އިންޑިއާ ކަނޑުގެ އަޑީގައިވާ ފަރުބަދައެއް ފުރަތަމަ ފަހަރަށް، ސައިންޓިފިކް ދިރާސާއެއްގެ ބޭނުމަށް މެޕުކޮށް، ޑޮކިއުމެންޓްކޮށްފި އެވެ.
މިހާރު ކުރިއަށްދާ، ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާގައި، "ނެކްޓަން މޯލްޑިވްސް މިޝަން"ގެ ބައިވެރިން ވަނީ ހުވަދޫ ކަނޑުގައި އޮންނަ މަޝްހޫރު "ސަތޯ ރަހަ" ތިލައިގެ ސަރަހައްދު މެޕުކޮށްފަ އެވެ. ގާތްގަނޑަކަށް 12 ގަޑިއިރު ހޭދަކޮށްގެން އެ ޓީމުން ކުރި މަސައްކަތުން ވަނީ، މާސިންގާ ހުވަދޫ ކަނޑުގެ އަޑީގައި އޮންނަ އެ ފަރުބަދައިގެ ބޮޑުމިން ހޯދައިފަ އެވެ. އެއީ މީގެ ކުރިން ޔަގީން ކުރެވިފައިނުވާ މައުލޫމާތެކެވެ.
ސޯނާ ޓެކްނޮލޮޖީގެ އެހީގައި ކުރެހި "ސަތޯ ރަހަ"ގެ ތަސްވީރެއް -- ފޮޓޯ: ނެކްޓަން
ސާވޭއިން އެނގުނު ގޮތުގައި، އެ ފަރުބަދަ ހުރީ ކަނޑުގެ ސަތަހައިން ފެށިގެން 300 މީޓަރު އަޑީގަ އެވެ. ވަށަމިނުގައި 15 ނޮޓިކަލް މޭލު ހުންނައިރު، ފުންމިނުގައި 1،500 މީޓަރު ހުރެ އެވެ. -- އެ ފަރުބަދަ މެޕްކުރުމަށް ބޭނުންކުރީ އެފަދަ ދިރާސާތަކުގައި އާންމުކޮށް ބޭނުންކުރާ މަލްޓި ބީމް މެޕިން ޓެކްނޮލޮޖީ އެވެ.
ދުނިޔޭގައި 1،000 މީޓަރަށް ވުރެން އުހުގައި ހުންނަ 100،000 ކަނޑުފަރުބަދަތަކުގެ ތެރެއިން ބަޔޮލޮޖިކަލް ސާމްޕަލް މިހާތަނަށް ނެގިފައި ވަނީ އަދި އެންމެ 300 ފަރުބަދައިންނެވެ. ރާއްޖޭގެ ކަނޑުތަކުގެ އަޑީގައި އެގޮތަށް 34 ފަރުބަދަ ހުންނައިރު، މި ދިރާސާގައި މެޕްކުރީ "ސަތޯ ރަހަ" އެވެ.
ސޯނާ ޓެކްނޮލޮޖީގެ އެހީގައި "ސަތޯ ރަހަ" މެޕްކުރާ ތަސްވީރެއް -- ފޮޓޯ: ނެކްޓަން
ނެކްޓަން އިން ޓުވިޓާގައި އާންމުކުރި ވީޑިއޯއެއްގައި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރްއައި)ގެ މެރިން ބަޔޮލޮޖިސްޓް ޑރ. އަހުމަދު ރިޔާޒް ޖައުހަރީ ވިދާޅުވީ މި ދިރާސާގައި ބަލަން ބޭނުންވީ އެ ފަރުބަދަ ހުންނަ ސަރަހައްދުގައި މަސްމަހާމެހި އެހާ ގިނައިން އުޅެނީ ކީއްވެތޯ ކަމަށެވެ.
"އެ ސަރަހައްދަށް އެ އެއްޗެހި މާ ބޮޑަށް 'ގަޔާވުމަށް' މެދުވެރިވާ ސަބަބަކީ ކޮބައިތޯ ވެސް ދެނެގަތުމަށް،" އޭނާ ވިދާޅުވި އެވެ.
We went on the hunt for a deep sea mountain known to local fishermen as Satho Rahaa. Mapping the seamount was a 12 hour gig, and so we had a guessing game on board!
— Nekton (@nektonmission) September 29, 2022
Question of the day - how deep is the summit?
Clue - charts have it from 15m - 300m
What's your best guess? pic.twitter.com/yT7xUP9epx
ނަމަވެސް، މި ދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެ، ކަނޑުގެ އޮއިވަރު ގަދަވަމުން ސަބްމާސިބަލްތަކާއި ސާވޭ އަށް ބޭނުންކުރާ އެހެން ވަސީލަތްތައް ކަނޑުއަޑިއަށް ފޮނުވައިގެން އެ ފަރުބަދައިގެ ބައިތައް ބެލިފައިނުވާ ކަމަށް ނެކްޓަން އިން ބުންޏެވެ.
"އެކަމަކު، ސޯނާ ޓެކްނޮލޮޖީ [މަލްޓި ބީމް މެޕިން ޓެކްނޮލޮޖީ] ބޭނުންކޮށްގެން، 12 ގަޑިއިރުން ކުރި މަސައްކަތުން އެ ފަރުބަދައިގެ ވަރަށް ސާފު ތަސްވީރެއް މެޕްކުރެވިފައިވޭ،" ނެކްޓަން އިން ބުންޏެވެ.
ސޯނާ ޓެކްނޮލޮޖީގެ އެހީގައި ކުރެހި "ސަތޯ ރަހަ"ގެ ތަސްވީރެއް -- ފޮޓޯ: ނެކްޓަން
"ސަތޯ ރަހަ" އަކީ ރާއްޖޭގައި މަސްވެރިކަން އެންމެ ރަނގަޅު އެއް ސަރަހައްދެވެ. އެ ސަރަހައްދާ ގުޅޭގޮތުން ވަރަށް މަޝްހޫރު ތޯތޯ ވާހަކައެއް ވެސް އޮވެ އެވެ.
ބައެއް މީހުން ކިޔައި އުޅޭ ގޮތުގައި، 1960ގެ އަހަރުތަކުގައި ޖަޕާނުގެ ސަތޯ ނަމަކަށް ކިޔުނު ދިރާސާވެރިޔަކު އެ ސަރަހައްދުގެ ސާވޭއެއް ކުރުމަށް ކަނޑުއަޑިއަށް ފައިބާ އުޅެނިކޮށް، ބޮޑު ކަކުންޏެއް އޭނާ އަށް ހަމަލާދީ ކާލީ އެވެ. އެތަނަށް "ސަތޯ ރަހަ" ކިޔަނީ އެހެންވެ އެވެ.
ފެންނާނީ ކޮން އެއްޗެއް ކަމެއް ނޭނގެ؛ ކަނޑުގެ 1،000 މީޓަރު ފުނަށް! https://t.co/ZUs68zPg0S
— Mihaaru (@Mihaarunews) September 3, 2022
ނެކްޓަން މިޝަންގައި ރާއްޖެ ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ ޓީމެއް، ކަނޑުތަކުގެ އެންމެ މަތީ ފަށަލައިގެން ފެށިގެން، 1،000 މީޓަރު އަޑި އަށް ސާވޭ ކުރެ އެވެ. މި މަހު 2ގައި ފެށި އެ ސާވޭ ނިމޭނީ މި ފެށޭ މަހު ހަތެއްގަ އެވެ.
ޝައުނާ 270 މީޓަރު ފުނަށް؛ ހީކުރިގޮތާ މުޅިން ތަފާތު
ތާރީހީ މަސައްކަތެއް، ތާރީހީ ބޯޓެއްގައި
ބޮޑު ދިރާސާގެ ސައިންސްވެރިންނާ އެކު ކަނޑުމަތީގައި
ރާއްޖޭގައި ކަނޑުގެ އެންމެފުނަށް ދާން ދަތުރު ފަށައިފި
ފެންނާނީ ކޮން އެއްޗެއް ކަމެއް ނޭނގެ؛ ކަނޑުގެ ފުނަށް
މި ރީތިކަމާއި ފުރިހަމަ ކަމުގެ ތެރެއަށް ގެއްލިފައި
ގާ ހުދުވާތީ ބިން ހިއްކުން މަޑުޖައްސާލަން އެދިއްޖެ
ގާ ހުދުވުން އެންމެ ނުރައްކާތެރި ދަރަޖަ އަށް އަރަނީ
މިއަހަރު ވެސް ގާ ހުދުވުމުގެ މައްސަލަ ދިމާވާން ފަށައިފި
ލައްގާ މަސްތައް ރައްކާތެރިގޮތުގައި ނައްތާލަން އަންގައިފި