Roadha Mihaaru
އެންމެ މުހިންމީ އިގްތިސާދީ ތޫފާނުން ސަލާމަތްވުން: ލީޒް

އެންމެ މުހިންމީ އިގްތިސާދީ ތޫފާނުން ސަލާމަތްވުން: ލީޒް

07 ސެޕްޓެމްބަރ 2022

އިނގިރޭސި ވިލާތުގެ އާ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، މިހާރު އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމުން ގައުމާއި ރައްޔިތުން ސަލާމަތްކުރުމަށް ކަމަށް، ބޮޑުވަޒީރުގެ މަގާމާ އިއްޔެ ހަވާލުވެވަޑައިގެންނެވި ލީޒް ޓްރަސް، 47، ވިދާޅުވެއްޖެ އެވެ.

މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ބޮޑުވަޒީރުގެ އޮފީސް އަދި ރަސްމީ ގެކޮޅު، 10 ޑައުނިންގް ސްޓްރީޓްގެ ކުރިމަތީގައި އާންމުންނާއި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ލީޒް ވިދާޅުވީ ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރެއްވުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ. އެ ގޮތުން ހަކަތައަށް ކުރަންޖެހޭ ހޭދަ ކުޑަކުރެއްވުމަށާއި، ސިނާއީ މަސައްކަތްތަކަށް އައިސްފައިވާ ހީނަރުކަން ފޫބެއްދުމުގެ އިތުރުން އިގްތިސާދު ހަރުދަނާ ކުރެއްވުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

"އަހަރެމެން އެކުގައި މަސައްކަތް ކޮށްގެން، މި ތޫފާނުން ސަލާމަތްވެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އަޅުގަނޑަށް އެބަ އޮތް. އަހަރެމެންނަށް އަހަރެމެންގެ އިގްތިސާދު އަލުން ބިނާ ކުރެވޭނެ. އަދި ޒަމާނީ އިނގިރޭސި ވިލާތަކަށް މި ގައުމު ހެދޭނެ ކަން އަޅުގަނޑަށް އެނގޭ،" އިނގިރޭސި އާ ބޮޑުވަޒީރު ލީޒް ވިދާޅުވި އެވެ.

ސެޕްޓެމްބަރ 6، 2022: އިނގިރޭސި ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ލީޒް ޓްރަސް (ވ) މަގާމާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ތަގުރީރަށް ފަހު، ފިރިކަލުން ހިއު އޮލީރީއާއެކު، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ޑައުނިންގް ސްޓްރީޓް 10 ގެ ކުރިމަތީގައި ފޮޓޯައަކަށް ހުއްޓިވަޑައިގެން. --އޭއެފްޕީ

އޭނާ ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް އޭނާ އިސްކަން ދެއްވާނެ ތިން ކަމެއް އެބަ އޮތް ކަމަށެވެ. އެއީ ރައްޔިތުންގެ އަތުން ނަގާ ޓެކްސްގެ މިންވަރު ކުޑަކުރުމާއި، ހަކަތައަށް ކުރާ ހޭދަ ކުޑަކުރުމަށް އެހީތެރިވެދިނުމާއި ގައުމީ ސިއްހީ ޚިދުމަތުގެ ނިޒާމު އިސްލާހުކޮށް ހަރުދަނާ ކުރުމެވެ.

އިނގިރޭސި ވިލާތުގެ އާ ސަރުކާރުން ގެންގުޅޭނެ ޚާރިޖީ ސިޔާސަތާ ބެހޭ ގޮތުން، އާ ބޮޑުވަޒީރު ލީޒް ވިދާޅުވީ ކުރިމަގުގައި ވެސް އެ ގައުމުގެ ޚާރިޖީ ސިޔާސަތު އޮންނާނީ މިނިވަންކަމާއި ޑިމޮކްރެސީގެ ހަމަތައް ނެގެހެއްޓުމުގެ މައްޗަށް ކަމަށެވެ.

"ގައުމުން ބޭރުގައި ސަލާމަތީ ރައްކާތެރިކަން ނެތި، ގައުމުގެ އެތެރޭގައި ސަލާމަތީ ރައްކާތެރިކަމެއް ނޯންނާނެ. އަހަރެމެންގެ ރަހްމަތްތެރި ގައުމުތަކާ އެކު، މިހާރަށް ވުރެ ބަދަހި ގުޅުމެއް ދެމިއޮތުމަށް އަޅުގަނޑު އުންމީދު ކުރަން. އަދި ވަރަށް ބޮޑަށް އެއްބާރުލުން ދީގެން ބައިނަލްއަގުވާމީ ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ވެސް އުންމީދު ކުރަން. އޭގެ ތެރޭގައި، ރަޝިޔާގެ އުދުވާނީ ހަމަލާތަކުން ދިފާއުވުމަށް ޔޫކްރޭނުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުން ވެސް ހިމެނޭ."