Roadha Mihaaru
ރާނީގެ އެންމެ ފަހުގެ އާންމު ފޮޓޯ

ރާނީގެ އެންމެ ފަހުގެ އާންމު ފޮޓޯ

13 ސެޕްޓެމްބަރ 2022

މި މަހުގެ 6 ވަނަ ދުވަހު، ސްކޮޓްލޭންޑްގެ ބަލްމޯރަލް ކިއްލާގައި ހާއްސަ ރަސްމިއްޔާތެއް އޮތުމުން، އެ ރަސްމިއްޔާތުގެ ފޮޓޯ ނެގުމުގެ ދައުވަތު ޕްރެސް އެސޯސިއޭޝަންގެ ފޮޓޮގްރާފަރު ޖޭން ބާރްލޯ އަށް ލިބުމުން، އެއީ އެހާ ތާރީޚީ ފުރުސަތަކަށް ވެދާނެ ކަމަކަށް އޭނާ ހިޔެއް ނުކުރެ އެވެ. ނަމަވެސް އެ ރަސްމިއްޔާތުގެ ފޮޓޯތައް ޝާހީ އަރުޝީފުގައި ރައްކާކުރުމަށްޓަކައި، ވީ އެންމެ ފުރިހަމައަކަށް އެކަން ކުރުމަށް އޭނާ ނިންމި އެވެ.

ފޮޓޮގްރާފަރު ޖޭން، ބަލްމޯރަލް ކިއްލާ އަށް ދިޔަ އިރު، އެކިއްލާގެ ޑްރޯވިން ރޫމް ޚާއްސަކޮށްފައި އޮތީ، އިނގިރޭސި ބޮޑުވަޒީރުގެ މަގާމަށް އަލަށް ހަމަޖެހުނު، ލޭބާ ޕާޓީގެ ލީޑަރު ލީޒް ޓްރަސްއާ ރާނީ ބައްދަލުކުރެއްވުމުގެ ރަސްމިއްޔާތަށެވެ. އެއީ އިނގިރޭސި ދުސްތޫރާއި އާދަކާދައިގެ މަތިން، ބޮޑުވަޒީރު ކަމަށް އަލަށް ހަމަޖެހޭ ބޭފުޅަކު ރަސްމީކޮށް އެ މަގާމަށް އައްޔަންކުރެއްވުމާއި، އާ ސަރުކާރެއް އެކުލަވައިލުމަށް ރާނީގެ ފަރާތްޕުޅުން ދައުވަތު ދެއްވުމުގެ ރަސްމިއްޔާތެވެ.

އިނގިރޭސި ރާނީ އެލިޒަބަތު އެންމެ ފަހުން ބައިވެރިވެވަޑައިގެންނެވި ރަސްމީ މުނާސަބާ ކަމަށްވާ، އެ ގައުމުގެ އާ ބޮޑުވަޒީރު ލީޒް ޓްރަސް މަގާމަށް އައްޔަންކުރެއްވުމުގެ ރަސްމިއްޔާތުގެ ފޮޓޯ ނެގި، ޕްރެސް އެސޯސިއޭޝަންގެ ފޮޓޮގްރާފަރު ޖޭން ބާރްލޯ.

ޝާހީ ޕްރޮޓޯކޯލްގެ ހަމަތަކުގެ މަތިން، ލީޒް ޓްރަސް، ޑްރޯވިން ރޫމަށް ވަޑައިގަތުމުގެ ކުރިން، ރާނީ އެލިޒަބަތު ހުންނެވީ އެ ރޫމަށް ވަޑައިގެން، ލީޒްގެ އިންތިޒާރުގަ އެވެ. އެހެންކަމުން، ރާނީ ގިނިކަންޏާ ހުންނަވަނިކޮށް ފޮޓޯއެއް ނެގުމުގެ ފުރުސަތު ފޮޓޮގްރާފަރު ޖޭން އަށް ލިބުމުން، އެ ފުރުސަތުގެ ބޭނުން ވަރަށް ރަނގަޅަށް ހިފި އެވެ.

އެ ވަގުތު ރާނީ ފެނުނު ގޮތް ސިފަކޮށްދެމުން ފޮޓޮގްރާފަރު ޖޭން ބުނީ، "ރާނީ ފެނުނީ ވަރަށް ހާލުކޮޅު ދެރަ، ނަމަވެސް ވަރަށް ރަނގަޅު ރޫހެއްގައި" ހުންނެވި ކަމަށެވެ. އެ ދުވަހަކީ ވިއްސާރަ އަދި ގުގުރައި ވިދި ދުވަހަކަށް ވާތީ، އެ ދުވަހުގެ މޫސުން ހުރި ގޮތާ ބެހޭ ގޮތުން ރާނީ ވާހަކަފުޅު ދެއްކެވި އެވެ.

ސެޕްޓެމްބަރ 6، 2022؛ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދޭއް، ސްކޮޓްލޭންޑްގެ ބަލްމޯރަލް ކިއްލާގައި، އިނގިރޭސި ބޮޑުވަޒީރު ކަމުގެ މަގާމަށް އަލަށް އައްޔަންކުރެއްވި ލީޒް ޓްރަސްއާ ބައްދަލުކުރައްވައި، އާ ސަރުކާރެއް އެކުލަވައިލެއްވުމުގެ ދައުވަތު ދެއްވަނީ. --އޭއެފްޕީ

އެ ދުވަހުގެ މޫސުން ކިތަންމެ ގޯސްކޮށް އޮތް ނަމަވެސް، ރާނީގެ މޫޑް ހުރީ ވަރަށް ރަނގަޅަށެވެ. ރާނީގެ ފަރާތުން "ވަރަށް ގިނައިން ހިނިތުންވުން ފެނިގެން ދިޔަ" ކަމަށް، އެ ދުވަހުގެ ހަނދާންތައް އާ ކުރަމުން ޖޭން ބުންޏެވެ.

މާ ގިނަ އިރުތަކެއް ނުވަނީސް، އިނގިރޭސި ވިލާތުގެ އާ ބޮޑުވަޒީރު ލިޒް ޓްރަސް އެ ކޮޓަރިކޮޅަށް ވަޑައިގަތުމާއެކު، ލީޒް އަށް ރާނީ މަރުހަބާ ދަންނަވައި ބައްދަލުކުރެއްވި އެވެ. އަދި ދެ ބޭފުޅުން ބައްދަލުކުރެއްވި ވަގުތުކޮޅުގެ ފޮޓޯ ނެގުމުގެ ފުރުސަތު ދިނުމަށް ފަހު، އެ ރަސްމިއްޔާތުގެ އިޖުރާއާތާ އެއްގޮތަށް، ފޮޓޮގްރާފަރު އެ ކޮޓަރިން ބޭރަށް ނެރުނެވެ.

ޖޭންގެ ކެމެރާގައި ރައްކާކުރި އެ ފޮޓޯ ވެގެން ދިޔައީ، އިނގިޜޭސި ރާނީ އެލިޒަބަތު ދޭއްގެ 70 އަހަރުވީ ރަނިކަމުގެ މުއްދަތުގައި، ރަސްމީ ހައިސިއްޔަތުން ނެގުނު އެކަމަނާގެ އެންމެ ފަހު ފޮޓޯ އަށެވެ.

ސެޕްޓެމްބަރ 6، 2022؛ އިނގިރޭސި ރާނީ އެލިޒަބަތު، އެ ގައުމުގެ އާ ބޮޑުވަޒީރު ލީޒް ޓްރަސް މަގާމަށް އައްޔަންކުރެއްވުމުގެ ރަސްމިއްޔާތުގައި. މިއީ ރާނީގެ އެންމެ ފަހުން ނެގިފައިވާ އާންމު ފޮޓޯ

ސެޕްޓެމްބަރ 6، 2022؛ އިނގިރޭސި ރާނީ އެލިޒަބަތު، އެ ގައުމުގެ އާ ބޮޑުވަޒީރު ލީޒް ޓްރަސް މަގާމަށް އައްޔަންކުރެއްވުމުގެ ރަސްމިއްޔާތުގައި. މިއީ ރާނީގެ އެންމެ ފަހުން ނެގިފައިވާ އާންމު ފޮޓޯ

ޖޭން ބުނި ގޮތުގައި ރާނީ، ބޮޑުވަޒީރު ލީޒްއާ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވީ ވަރަށް ބޮޑަށް ހިނިތުންވެވަޑައިގެން ހުންނަވަ އެވެ. އެ ބައްދަލުކުރެއްވުމުގެ ފޮޓޯ ނެގުމުގެ ފުރުސަތު ލިބުމަކީ، އޭނާ އަށް ލިބުނު ވަރަށް މަތީ ޝަރަފަކާއި ފަޚުރެއް ކަމަށް ފޮޓޮގްރާފަރު ޖޭން ބުންޏެވެ.

"އަހަރެން އެ ކިއްލާ އަށް ދިޔައީ، ރާނީ އާއި އާ ބޮޑުވަޒީރުގެ ފުރަތަމަ ބައްދަލުކުރެއްވުން ފޮޓޯ ނަގަން. އެކަމަކު އެ ރަސްމިޔާތުގެ ތެރެއިން އަހަރެންނަށް ނެގުނު އެންމެ ކަމުދާ ފޮޓޯއަކީ ރާނީ ގިނިކަންޏާ ހުންނަވަނިކޮށް ނެގުނު ފޮޓޯ. އަދި މިހާރު އެފޮޓޯގެ ޚާއްސަކަން އެދަނީ ވަކިން ބޮޑަށް އިތުރުވަމުން،" ޖޭން ބުންޏެވެ.

މީގެ ކުރިން އެންމެ ފަހުން ރާނީއާ ބައްދަލުވި ދުވަހުގެ ހަނދާންތައް އާ ކުރަމުން ޖޭން ބުނީ، މިދިޔަ ހޫނު މޫސުމުގައި ރާނީއާ ބައްދަލުވި އިރު އެކަމަނާގެ ހަށިކޮޅު ފެނުނު ގޮތާ އަޅައި ބަލާއިރު، މިފަހަރު އެކަމަނާ ފެނުނު އިރު، ހަށިކޮޅު ވަރަށް ބޮޑަށް އަނަރޫފަވެފައި ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.

ސެޕްޓެމްބަރ 6، 2022؛ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދޭއް، ސްކޮޓްލޭންޑްގެ ބަލްމޯރަލް ކިއްލާގައި، އިނގިރޭސި ބޮޑުވަޒީރު ކަމުގެ މަގާމަށް އަލަށް އައްޔަންކުރެއްވި ލީޒް ޓްރަސްއާ ބައްދަލުކުރައްވައި، އާ ސަރުކާރެއް އެކުލަވައިލެއްވުމުގެ ދައުވަތު ދެއްވަނީ. --އޭއެފްޕީ

ސެޕްޓެމްބަރ 6، 2022؛ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދޭއް، ސްކޮޓްލޭންޑްގެ ބަލްމޯރަލް ކިއްލާގައި، އިނގިރޭސި ބޮޑުވަޒީރު ކަމުގެ މަގާމަށް އަލަށް އައްޔަންކުރެއްވި ލީޒް ޓްރަސްއާ ބައްދަލުކުރައްވައި، އާ ސަރުކާރެއް އެކުލަވައިލެއްވުމުގެ ދައުވަތު ދެއްވަނީ. --އޭއެފްޕީ

އިނގިރޭސި ވިލާތުގެ އާދަކާދައިގެ މަތިން، މަގާމުން ވަކިވާ ބޮޑުވަޒީރުންގެ އިސްތިއުފާ ރާނީ އަށް ހުށަހެޅުއްވުމާއި، އަލަށް އިންތިޚާބުވާ ބޮޑުވަޒީރުން މަގާމަށް އައްޔަންކުރައްވައި ސަރުކާރުގެ އެކުލަވައިލުމުގެ ދައުވަތު ދިނުން އޮންނަނީ، އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގައި ހުންނަ ބަކިންހަމް ގަނޑުވަރުގަ އެވެ. ރާނީ ކޮންމެ ތަނެއްގައި ހުންނެވިޔަސް، އެފަދަ ރަސްމިއްޔާތެއް ބާއްވަން ޖެހިއްޖެ ނަމަ، އެނބުރި ބަކިންހަމް ގަނޑުވަރަށް ރާނީ ވަޑައިގަންނަވަ އެވެ.

ނަމަވެސް އެންމެ ފަހުން ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ބޮރިސް ޖޯންސަންގެ އިސްތިއުފާ ރާނީ އަށް ހުށަހެޅުއްވުން އޮތީ ސްކޮޓްލޭންޑްގެ ބަލްމޯރަލް ކިއްލާގަ އެވެ. އަދި އާ ބޮޑުވަޒީރު ލީޒް ޓްރަސް އެ މަގާމަށް އައްޔަންކުރައްވައި ސަރުކާރު އެކުލަވައިލުމުގެ ދައުވަތު ދެއްވުން އޮތީ ވެސް އެ ކިއްލާގަ އެވެ.

ބަލްމޯރަލް ކިއްލާއަކީ، ހޫނު މޫސުމުގެ ޗުއްޓީ އަށް ރާނީ އެންމެ ގިނައިން ވަޑައިގަންނަވާ ތަނެވެ. ރާނީ އެލިޒަބަތު އެންމެ ފަހުން ބަލްމޯރަލް ކިއްލާ އަށް ވަޑައިގަތީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ. އިނގިރޭސި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަނޑައެޅުމުގެ އިންތިޚާބުގެ އެންމެ ފަހު ބުރުގެ ވޯޓުލުން ކުރިއަށް ދިޔަ ދުވަސްވަރު، އާ ބޮޑުވަޒީރު މަގާމަށް އައްޔަންކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ބަލްމޯރަލް ކިއްލާގައި ކަމަށް، އޮގަސްޓް 31 ވަނަ ދުވަހު ބަކިންހަމް ގަނޑުވަރުން އިއުލާންކުރި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާނީގެ ސިއްހީ ދުޅަހެޔޮކަން ކޮންމެވެސް ވަރަކަށް ދަށަށް ދާކަން ވަނީ ފާހަގަކުރެވިފަ އެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވުމަށް ފަހު، ހަރަކާތްތެރިވެ އުޅުމުގައި ކުރިން ހުރި ހީވާގިކަން، ދަށަށް ދާކަން ވަނީ ފާހަގަކުރެވިފަ އެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އިސްތިއުފާ ހުށަހެޅުއްވުމާއި އާ ބޮޑުވަޒީރު ލީޒް ޓްރަސް މަގާމަށް އައްޔަންކުރުމުގެ ރަސްމިއްޔާތު ވެސް، ސްކޮޓްލޭންޑްގެ ބަލްމޯރަލް ކިއްލާގައި ބޭއްވީ، ހަރަކާތްތެރިވެ އުޅުން ދަތިވާތީ، އިނގިރޭސި ވިލާތުގެ ލަންޑަނަށް ވަޑައިގަތުމަށް އެކަމަނާ އުޒުރުވެރިވެވަޑައިގަތުމުންނެވެ.