އެލިއާ އިންވެސްޓްމަންޓްސް އިން، ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް މާދަމާ ބާއްވަން ތައްޔާރު ވެއްޖެ އެވެ.
09 ސެޕްޓެމްބަރ 2022
އެލިއާ އިންވެސްޓްމަންޓްސް އިން، ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް މާދަމާ ބާއްވަން ތައްޔާރު ވެއްޖެ އެވެ.
މޯލްޑިވްސް ބްލަޑް ސާވިސް އާއި އެލިއާ ގުޅިގެން ކުރިއަށް ގެންދާ އެ ކޭމްޕް އޮންނާނީ މާދަމާ ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށް ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގަ އެވެ.
އެލިއާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޭމްޕުގެ އަމާޒަކީ 18 އަހަރު ފުރި، އަލަށް ލޭ ހަދިޔާ ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުން ކަމަށެވެ.
ލޭ ހަދިޔާ ކުރުމުގެ ކޭމްޕުތައް އެލިއާ އިން މީގެ ކުރިން ވެސް ވަނީ ބާއްވާފަ އެވެ. ނަމަވެސް، މި އަހަރުގެ ކޭމްޕް މި ބާއްވަނީ ކޮވިޑްގެ ދުވަސްވަރާ ގުޅިގެން ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ.
ދަރުމައަށް ލޭ ހަދިޔާ ކުރަން ހުޅުވާލާ މިފަދަ ފުރުސަތުތަކުގައި ދިވެހިންގެ ތަރުހީބު ބޮޑު ކަމަށާއި، މާދަމާގެ ކޭމްޕުގައި ވެސް އެފަދަ ކާމިޔާބު ކޭމްޕަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށް އެލިއާ އިން ބުންޏެވެ.
ކޭމްޕް ކުރިއަށްދާނީ މާދެމާ ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށް ބިލަބޮންގަ ހައި އިންޓަނޭޝަނަލް ސްކޫލްގައި
ކޮވިޑްގެ ދުވަސްވަރަކީ ލޭ އަޅާ ކުދިންނަށް ދިމާވި ދަތި ދުވަސްތަކެކެވެ. ލޭ ހަދިޔާ ކުރާ މީހުން މަދުވެ ލޭ ހޯދުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލި އެވެ. އެލިއާ އިން ބުނީ އެއީ މި މުޖުތަމައުގައި ހާލަތެއް ދިމާވެގެން ނޫން ގޮތަކަށް ލޭ ހަދިޔާ ކުރާ މީހުން މަދުވުމުން ދިމާވާ އުނދަގުލެއް ކަމަށެވެ.
"އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ ސަދަގާތެއްގެ ގޮތުގައި ދެކި މުޖްތަމައު ހޭލުންތެރިކުރުމަކީވެސް މިފަދަ ކޭމްޕްތަކުގެ މަގްސަދެއްކަމުގައި ދެކެމެވެ،" އެލިއާގެ ނޫސްބަޔާނުގައި ބުންޏެވެ.
މާދަމާގެ ކޭމްޕުގައި ވީހާވެސް ގިނަ މީހުން ބައިވެރިވެ ލޭ ހަދިޔާކުރުމަކީ އެލިއާ އަދި ބްލަޑް ސާވިސްގެ ވެސް ވަރަށް ބޮޑު އެދުމެއްކަމަށް އެ ކުންފުނިން ބުންޏެވެ.
ލޭ އަޅާ ކުދިންގެ ދަފްތަރުގައި މިހާރު 651 ކުދިން ރެޖިސްޓަރީ ކޮށްފައިވާއިރު، އެ ކުދިންނަށް ބޭނުންވާ ލޭ ރައްކާ ކޮށްފައި ބެހެއްޓެނީ 10 ދުވަހަށެވެ. އެހެންވެ، މިފަދަ ކޭމްޕުތަކަކީ އެކަމަށް އޮތް ވަގުތީ ހައްލެއްކަމަށް މޯލްޑިވްސް ބްލަޑް ސާވިސް އިން ބުންޏެވެ.
ލޭ ދޭ މީހުންގެ ޑޭޓާބޭހެއް މިއަހަރު ގާއިމްކުރާނެ:އަމީން
ލޭ ހަދިޔާކުރަން އެލިއާ އިން ބޭއްވި ކޭމްޕު ކާމިޔާބު
ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް އެލިއާއިން ބާއްވައިފި
ލޭ ހަދިޔާކޮށް، ދިރިއުޅުން ހިއްސާ ކުރައްވާ
ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް އެލިޔާ އިން ފަށައިފި
ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް އެލިއާ އިިން ފަށައިފި
ލޭ ހަދިޔާކުރާ މީހުންނާ ގުޅުވައިދޭ އެޕް ތައާރަފުކޮށްފި
އެލިއާގެ ބްލަޑް ޑޮނޭޝަން ކޭމްޕަށް ބޮޑު ތަރުހީބެއް
އެމްއައި ކޮލެޖުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި
ރޯގާ އިތުރުވެ، ލޭ ހޯދުން އަނެއްކާވެސް ދަތިވެއްޖެ