އެލިއާ އިން މޯލްޑިވިއަން ބްލަޑް ސާވިސްއާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބްލަޑް ޑޮނޭޝަން ކޭމްޕުގައި ގިނަ ބަޔަކު ބައިވެރިވެ، ލޭ ހަދިޔާ ކުރި ކަމަށް އެ ކުންފުނިން ބުނެފި އެވެ.
29 ސެޕްޓެމްބަރ 2025
އެލިއާ އިން މޯލްޑިވިއަން ބްލަޑް ސާވިސްއާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބްލަޑް ޑޮނޭޝަން ކޭމްޕުގައި ގިނަ ބަޔަކު ބައިވެރިވެ، ލޭ ހަދިޔާ ކުރި ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެލިއާ އިން ބޭއްވި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ބައިވެރިއަކު ލޭ ދޭން ތައްޔާރު ވަނީ.
އެލިާ އިން ބުނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ކުރިއަށް ގެންދާ ލޭ ހަދިޔާ ކުރުމުގެ ކޭމްޕަކީ ގިނަ ބައެއްގެ ތަރުހީބު ލިބޭ ހަރަކާތެއް ކަމަށެވެ. އަދި މި ފަހަރުގެ ކޭމްޕުގައި ލޭ ހަދިޔާ ކުރި މީހުންނަށް މެދުނުކެނޑި ލޭ ހަދިޔާ ކުރުމަށް އެ ކުންފުނިން ހިތްވަރު ދިނެވެ.
އެލިއާ އިން ކުރިއަށް ގެންދާ ލޭ ހަދިޔާ ކުރުމުގެ ކޭމްޕުގެ މަގުސަދަކީ އެ ކަމަށް ދިވެހިން އަހުލުވެރި ކުރުވުމާއި އެކަކު އަނެކަކަށް އަޅާލައި، ބޭނުންޖެހޭ ހިނދު ތައްޔާރަށް ތިބޭ މުޖުތަމައުއެއް ބިނާކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެލިއާ އިން ބުނިގޮތުގައި ހާދިސާތަކާއި ކުއްލި ހާލަތްތަކުގައި ލޭ ބޭނުންވާ މީހުންނަށް ލޭ ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. އަދި މިކަމަށް ހޭލުންތެރިކަން އިތުރުކުރަން ޖެހިފައިވާ ކަމަށް އެލިއާ އިން ބުންޏެވެ.
ކެންސަރު ފަދަ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި ތެލެސީމިއާ، ސިކްލްސެލް އެނީމިއާ ފަދަ ލޭގެ ބަލިތައް ހުންނަ މީހުންނާއި ހާދިސާތަކާއި ވިހެއުމުގެ ހާލަތްތަކާއި ގުދުރަތީ ކާރިސާތަކުގައި ލޭ ބޭނުން ވެ އެވެ. އެކަށީގެންވާ ލޭގެ ރިޒާވެއް ފަސޭހައިން ހުރުމަކީ ސިއްހީ ހިދުމަތްތެރިންނަށް ކުއްލި ހާލަތްތަކުގައި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ލިބޭ ފުރުސަތެކެވެ.
އެލިޔާ އިން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް މާދަމާ ބާއްވަނީ
ލޭ ދޭ މީހުންގެ ޑޭޓާބޭހެއް މިއަހަރު ގާއިމްކުރާނެ:އަމީން
ލޭ ހަދިޔާކުރަން އެލިއާ އިން ބޭއްވި ކޭމްޕު ކާމިޔާބު
ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް އެލިއާއިން ބާއްވައިފި
ލޭ ހަދިޔާކޮށް، ދިރިއުޅުން ހިއްސާ ކުރައްވާ
ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް އެލިޔާ އިން ފަށައިފި
ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް އެލިއާ އިިން ފަށައިފި
އެލިއާ ބްލަޑް ކޭމްޕް ހޮނިހިރު ދުވަހު ބާއްވަނީ
ބްލަޑް ސާވިސަސްގެ ހޮޓްލައިން ތައާރަފުކޮށްފި
ކޮލެޖުތަކުގެ ދަރިވަރުން ލޭ ހަދިޔާކުރާ އެމްބެސެޑަރުންނަށް