ބައިނަލްއަގުވާމީ ލޭ ހަދިޔާކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެލިއާ އިންވެސްޓްމަންޓާއި މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް މިއަދު އާޓް ގެލަރީގައި ބާއްވައިފި އެވެ.
ބައިނަލްއަގުވާމީ ލޭ ހަދިޔާކުރުމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެލިއާ އިންވެސްޓްމަންޓާއި މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް މިއަދު އާޓް ގެލަރީގައި ބާއްވައިފި އެވެ.
މިއަދު ހެނދުނު 9:15 އިން 6:00 އަށް ކުރިއަށް ގެންދިޔަ ހަރަކާތް ފައްޓަވައިދެއްވީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ހަބީބް އެވެ. އަދި އެ ރަސްމިއްޔާތުގައި ޑަބްލިއުއެޗްއޯ އާއި އެލިއާގެ އިސް އޮފިޝަލުން ބައިވެރިވި އެވެ.
އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ކޭމްޕަށް ވަރަށް ބޮޑު ސަޕޯޓެއް ލިބިފައިވާ ކަމަށް އެމްބީއެސް އިން ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު އެންމެ ގިނައިން ލޭ ހަދިޔާ ކުރި މީހުންނަށް މިރަސްމިއްޔާތުގައި ވަނީ ހަނދާނީ ފިލާ ދީފަ އެވެ. އަދި އެންމެ ގިނައިން މިފަދަ ކޭމްޕުތައް ބޭއްވި ކުންފުނިތައް ފާހަގަކޮށް، އެ ފަރާތްތަކުގެ އަގު ވަޒަންކުރި އެވެ. އޭގެ އިތުރުން މިއީ އެލިއާ އިން މެދުނުކެޑި ލޭ ހަދިޔާ ކުރުމުގެ ކޭމްޕް ބާއްވާތާ ހަތަރު ވަނަ އަހަރު ކަން ފާހަގަކޮށް، އެމްބީއެސް އިން އެ ކުންފުންޏަށް ވަނީ ޚާއްސަ ހަދާނީ ފިލާއެއް ދީފަ އެވެ.
"އެލިއާ އިން މި ކުރާ މަސައްކަތަކީ އަގު ނުކުރެވޭހާ ބޮޑު ކަމެއް. މިއީ މެދުނުކެނޑި މިކަން އެ ބޭފުޅުން ކުރައްވާތާ ހަތަރު ވަނަ އަހަރު. ވަރަށް ބޮޑަށް އެ ބޭފުޅުންނަށް ޝުކުރު އަދާކުރަން،" މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްބީއެސް ހިންގެވުމާ ހަވާލުވެ ހުންނެވި ފަލާހް ފާއިޒް ވިދާޅުވި އެވެ.
މިފަދަ ކޭމްޕް ތަކަކީ އަމިއްލަ އަށް އިސްނަގައިގެން ދަރުމަ އަށް ލޭ ހަދިޔާ ކުރާ މީހުން އިތުރު ކުރުމަށް ބާރު އެޅުމުގެ ގޮތުން ބާއްވާ ކޭމްޕްތަކެކެވެ. އެމްބީއެސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ލޭ ހަދިޔާކުރާ މީހުންގެ ތެރެއިން، އަމިއްލަ އަށް އިސް ނަގައިގެން ދަރުމަ އަށް ލޭ ހަދިޔާ ކުރަނީ 33 ޕަސެންޓް މީހުންނެވެ.
އެލިއާ އާއި އެމްބީއެސް ގުޅިގެން މިއަދު ބޭއްވި ލޭ ހަދިޔާ ކުރުމުގެ ކޭމްޕްގައި މީހަކު ލޭ ހަދިޔާ ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވަނީ 2020 ވަނަ އަހަރު އަންނަ އިރު، ކޮންމެ ގައުމަކަށް ވެސް ބޭނުންވާ ލެއަކީ ދަރުމަ އަށް ލޭ ހަދިޔާ ކުރާ މީހުންގެ ފަރާތުން ލިބޭ ލެޔަށް ހެދުމެވެ. އެމްބީއެސްގެ އެސޯސިއޭޓް ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު ވިދާޅުވީ އެ ކަން ރާއްޖޭން ހާސިލް ކުރަން ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
ނަމަވެސް ރާއްޖޭގައި ލޭ ހަދިޔާ ކުރާ މީހުންގެ ނިސްބަތް އާބާދީގެ އެއް ޕަސެންޓަށް ވުރެ އިތުރު އިރު، އެ އެންމެންނަކީ ވެސް ދަރުމަ އަށް ލޭ ހަދިޔާ ކުރާ މީހުންނަށް ވެއްޖެނަމަ ޑަބްލިއުއެޗްއޯގެ އަމާޒަށް ވާސިލް ވެވޭނެ ކަމަށް ޑރ. އުމަރު ވިދާޅުވި އެވެ.
އެލިއާ އާއި އެމްބީއެސް ގުޅިގެން ބޭއްވި ލޭ ހަދިޔާ ކުރުމުގެ ކޭމްޕްގައި މީހެއްގެ ގައިން ލޭ ނަގަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު
"ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ ގައުމެއްގެ އާބާދީގެ އެއް ޕަސެންޓް މީހުން ލޭ ހަދިޔާ ކުރާ ނަމަ އެ ގައުމަކަށް ބޭނުންވާ ވަރަށް ލޭ ލިބޭނެ. ރާއްޖޭގަ ލޭ ހަދިޔާ ކުރާ މީހުންގެ ނިސްބަތް އެއް ޕަސެންޓަށް ވުރެ އިތުރު،" ޑރ. އުމަރު ވިދާޅުވި އެވެ.
ރާއްޖޭގައި ލޭ ހަދިޔާ ކުރާ މީހުންގެ ތެރެއިން ބޮޑު އިންސައްތައެއް ލޭ ހަދިޔާ ކުރަނީ ކަމެއް ދިމާވެގެން ލޭ ހޯދަން މީހަކު އެދުމުންނެވެ. އެމްބީއެސް އާއި އެލިއާގެ ބްލަޑް ކޭމްޕްގެ އަމާޒަކީ މިކަން ބަދަލުކޮށް، މި ކޭމްޕްގެ ތެރެއިން ދަރުމަ އަށް ލޭ ދޭން ފެށުމުގެ އާދަ ގިނަ ބައެއްގެ ގައިގަ ހަރުލެއްވުމެވެ.
އެލިޔާ އިން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް މާދަމާ ބާއްވަނީ
ލޭ ދޭ މީހުންގެ ޑޭޓާބޭހެއް މިއަހަރު ގާއިމްކުރާނެ:އަމީން
ލޭ ހަދިޔާކުރަން އެލިއާ އިން ބޭއްވި ކޭމްޕު ކާމިޔާބު
ލޭ ހަދިޔާކޮށް، ދިރިއުޅުން ހިއްސާ ކުރައްވާ
ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް އެލިޔާ އިން ފަށައިފި
ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް އެލިއާ އިިން ފަށައިފި
ލޭ ހަދިޔާކުރާ މީހުންނާ ގުޅުވައިދޭ އެޕް ތައާރަފުކޮށްފި
އެލިއާގެ ބްލަޑް ޑޮނޭޝަން ކޭމްޕަށް ބޮޑު ތަރުހީބެއް
އެމްއައި ކޮލެޖުން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި
ރޯގާ އިތުރުވެ، ލޭ ހޯދުން އަނެއްކާވެސް ދަތިވެއްޖެ