މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު އަރިދަފުސް ރޯގާ ފެތުރެމުންދާ ވަރު ވަރަށް ބޮޑަށް އިތުރުވެ، މިދިޔަ މަހު އެކަނިވެސް 25،700 އަށް ވުރެ ގިނަ މީހަކަށް ރޯގާ ޖެހުނު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
11 ސެޕްޓެމްބަރ 2022
މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު އަރިދަފުސް ރޯގާ ފެތުރެމުންދާ ވަރު ވަރަށް ބޮޑަށް އިތުރުވެ، މިދިޔަ މަހު އެކަނިވެސް 25،700 އަށް ވުރެ ގިނަ މީހަކަށް ރޯގާ ޖެހުނު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ އިދާރާ އިން އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި މި އަހަރުގެ ޖުލައި މަހު 27،553 މީހަކަށް ރޯޯގާ ޖެހުނެވެ. އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި ރޯގާ ޖެހިގެން ރިޕޯޓްކުރީ 3،088 މީހެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގައި ރޯގާ ޖެހުނީ 16،222 މީހަކަށް ނަމަވެސް މި އަހަރު އެ އަދަދު ދެ ގުނަ އަށް ވަނީ އިތުރުވެފަ އެވެ. އެއީ 25،713 މީހެކެވެ.
ރޯގާ އިތުރުވި ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދެއްކިއިރު، މިދިޔަ މަހު ހޮސްޕިޓަލުތަކާއި ކްލިނިކުތަކަށް ވެސް ވަރަށް ބޮޑަށް ބާރުބޮޑުވި އެވެ. އެ ދުވަސްވަރު ފެތުރުނީ އެހެން ރޯގާތަކާ މުޅިން ތަފާތު ރޯގާއެއް ކަމަށާއި މީހާ އަށް ވަރަށް ބޮޑުވަރުކޮށްލި ރޯގާއެއްގެ ގޮތުގައި ބައެއް މީހުން ސިފަކުރެ އެވެ. އެކަމަކު އެހެން ދުވަސްވަރު ފެތުރޭ ރޯގާއާ ވަކި ތަފާތެއް ހުރި ކަމަށް އެޗްޕީއޭއަކުން ނުބުނެ އެވެ.
ރޯގާގެ އިތުރުން މި އަހަރުގެ ޖުލައި މަހާއި އޮގަސްޓް މަހު ވަނީ ޑެންގޫ ހުން ވެސް ވަރަށް ބޮޑަށް އިތުވެފަ އެވެ. ޖުލައި މަހު 322 އަދި އޮގަސްޓްގައި 268 މީހަކަށް ޑެންގޫ ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައިގައި 21 މީހަކަށް އަދި އޮގަސްޓްގައި ޑެންގޫ ޖެހުނީ 9 މީހަކަށެވެ.
ބޭރަށް ހިންގުން ވެސް ޖުލައި މަހާއި އޮގަސްޓް މަހު ވަނީ އިތުރުވެފަ އެވެ. އެކަމަކު ފާނަބަސަންދާއި ލޮލުގެ ރޯގާ ފަދަ ބަލިތައް އާންމުކޮށް އުޅޭ ވަރަށް ވުރެ މި ފަހަރު އިތުރު ނުވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 ކޭސް
ކޮވިޑާއެކު، ޑެންގީ އާއި ރޯގާ ވެސް އިތުރުވަނީ!
ޑެންގީހުން ޖެހުނު މީހުން ތިން ގުނަ އިތުރުވެއްޖެ
ހޮޑުލުމާއި ބޭރަށް ހިންގުމުގެ 3،000 ކޭސް
މިދިޔަ މަހު އަރިދަފުސް ރޯގާގެ 11،000 ކޭސް
އަރިދަފުސް ރޯގާ އާއި ވައިރަލް ހުން އިތުރުވަނީ
ގައިންގަޔަށް އަރާ ބަލިތައް ރިޕޯޓުކުރުން މަދުވެއްޖެ
އެންމެ ގިނައިން ރޯގާ ޖެހެނީ ލ. އަދި ރ. އަތޮޅުން
ހަތަރު ދުވަސް ތެރޭގައި 1000 މީހުން ފަރުވާ ހޯދައިފި
މިދިޔަ މަހު ރޯގާގެ 40،000 އަށްވުރެ ގިނަ ކޭސް