Roadha Mihaaru
ބޭނުމަކީ އިހުތިޔާރުކުރާ ރަށުގައި ދިރިއުޅެން އެހީދިނުން

ލާމަރުކަޒީ ރާއްޖޭގެ ބޭނުމަކީ އެ މީހަކު ބޭނުންވާ ތަނެއްގައި އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުން: ރައީސް

11 ސެޕްޓެމްބަރ 2022

ލާމަރުކަޒީ ރާއްޖެ ތަރައްގީކުރުމުގެ ބޭނުމަކީ ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުންވާ ތަނެއްގައި އުފާވެރި އާއިލާއެއް ބިނާކުރުމުގެ މަގުފަހިކޮށްދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލާމަރުކަޒީ ރާއްޖެ ތަރައްގީކުރުމުގެ ބޭނުމަކީ ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުންވާ ތަނެއްގައި އުފާވެރި އާއިލާއެއް ބިނާކުރުމުގެ މަގުފަހިކޮށްދިނުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ލ. ގަމުގައި "ވިއަވަތި ކޮންފަރެންސް" ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން އެ މަނިކުފާނު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އަތްނުލެވޭ، ހަގީގަތެއް ނެތް ބިލާހެއް ނޫން ކަމުގެ ޔަގީންކަން އެންމެންނަށް ލިބިއްޖެ ކަމަށެވެ.

އެއީ މިހާތަނަށް ރާއްޖެ އަށް ގެނެވޭ އެންމެ ބޮޑު އިދާރީ ބަދަލު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، ކައުންސިލަރުން އިންތިހާބުވެ ތިބީ ތަރައްގީގެ މަސައްކަތް ކުރުމަށެވެ. ރައީސްކަމުގެ މަގާމުގައި އެ މަނިކުފާނު ދެމިހުންނަވަނީ ވެސް އެ މަސައްކަތް މުޅިން ނިންމައި، ވަށައިޖެހޭ ޖަޒީރާ ދިރިއުޅުމެއް ހުރިހާ ދިވެހިންނަށް ލިބިދިނުމަށް ކަމަށް ވިދާޅުވި އެވެ.

"އެ ނޫން އެއްވެސް ބޭނުމެއް، އަމާޒެއް އަދި ތަސައްވުރެއް އަޅުގަނޑުގެ ނެތް،" ރައީސް ވިދާޅުވި އެވެ.

ލ. ގަމުގައި ކުރިއަށްގެންދާ "ވިއަވަތި" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ބައިވެރިވެ ވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

ލ. ގަމުގައި ކުރިއަށްގެންދާ "ވިއަވަތި" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ބައިވެރިވެ ވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް

"ރާއްޖެ ވިއަވަތިވެ، ދިރިއުޅުން ޖަޒީރާވެ، އުފާފާގަތިކަމާއި ބާއްޖަވެރި ހަޔާތެއްގެ ނަސީބު ކޮންމެ ރަށެއްގެ ކޮންމެ ދިވެއްސަކަށްމެ ހައްގު."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ނުގެނެސް މަޑުކޮށްފި ނަމަ ކަންކަން އަނެއްކާ ވެސް އޮންނާނީ ކުރިން ވެސް އޮތްގޮތަށް މަޑުޖެހި، ހުއްޓިފައި ކަމަށެވެ. މިހާރު ހިންގަމުންދާ ހުރިހާ ސިޔާސަތެއް ފަރުމާވެ، ނިމި ހިނގަމުން ދަނީ އޭގެ މައިބަދަ އަކީ ލާމަރުކަޒަކީ ނިޒާމު ކަމުގައި ކަނޑައަޅައިގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ލ. ގަމުގައި ކުރިއަށްގެންދާ "ވިއަވަތި" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އަންހެނުން ކޮމިޓީގެ ރައީސުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

ލ. ގަމުގައި ކުރިއަށްގެންދާ "ވިއަވަތި" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އަންހެނުން ކޮމިޓީގެ ރައީސުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

ވިއަވަތި ކޮންފަރެންސްގެ ބޭނުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދިމާވާ ދަތިތައް ހޯދައި، އެ ކަންކަން ހައްލުކުރުމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގެ ތަރައްގީގެ ކަންކަން ވިލަރެސް ކުރުމުގައި، އެ ކޮންފަރެންސްގައި ކުރާ މަޝްވަރާތަކުން ނިންމާ ނިންމުންތަކަށް ރިއާޔަތްކޮށް، އެ ކަންކަމަށް އަމަލީ ސިފަ ގެނެވޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ އއ. އުކުޅަހުގައި މިދިޔަ މޭ މަހު ބޭއްވި ކޮންފަރެންސުން ފެށިގެން ގަމުގައި މިއަދު ފެށި ކޮންފަރެންސާ ހަމައަށް އައިއިރު ލާމަރުކަޒީ ނިޒާމު ހިންގުމުގައި އެކަށީގެންވާ ރަނގަޅު ނަތީޖާތަކަކާއި ކުރި އެރުންތަކެއް ހާސިލް ކޮށްފައިވާ ކަމަށެވެ.