Roadha Mihaaru
ރިސޯޓު ހަދަން އަލިފުށީ އިހުތިސާސުން އިއްތިގިލި ނަގައިފި

ރިސޯޓު ހަދަން އަލިފުށީގެ އިހުތިސާސުން އިއްތިގިލި ވަކިކޮށްފި

21 ޑިސެމްބަރ 2022

ރ. އަލިފުއްޓާ އެއް ފަޅެއްގައި އޮންނަ އިއްތިގިލި، އެ ރަށުގެ އިހުތިސާސް އިން މިއަދު ވަކިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރ. އަލިފުއްޓާ އެއް ފަޅެއްގައި އޮންނަ އިއްތިގިލި، އެ ރަށުގެ އިހުތިސާސް އިން މިއަދު ވަކިކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރުގައި ވިދާޅުވީ މާޗު 8، 2020 ގައި ކަނޑައަޅުއްވާފައިވާ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސްއަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށެވެ.

އެ ބަދަލު މި ފަހަރު ގެންނަން ނިންމާފައިވަނީ އަލިފުށީގެ އިދާރީ ދާއިރާގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އެއްތިގިލި، އެ އިހުތިސާސް އިން ވަކިކުރުމަށެވެ.

އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ވިދާޅުވީ އެއްތިގިލި ވަކިކުރަނީ އެ ރަށުގައި ރިސޯޓެއް ހަދަން ޓޫރިޒަމް މިނިސްޓްރީން ބޭނުންވާތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިދިޔަ އަހަރު ވިދާޅުވީ އެއްތިނގިލީގައި ރިސޯޓެއް ހަދަން ހުޅުވައިލާނީ އަލިފުށީ ފަޅުތެރެއިން ހިއްކަން ހަަމަޖެހިފައިވާ 10 ހެކްޓަރުގެ ބިމާ އެކުގައި ކަމަށެވެ.

އެއާޕޯޓު އެޅުމުގެ މަޝްރޫއާއެކު ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން މިހާރު އަންނަނީ ކުރަމުންނެވެ.

އެއްތިނގިލީގައި ރިސޯޓެއް ހަދަން 2007 ގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުން ވެސް އިއުލާނުކުރި އެވެ. އެކަމަކު، އެ މަޝްރޫއަށް ފަހުން ވީ ގޮތެއް ނޭނގުނެވެ.