13 ސެޕްޓެމްބަރ 2022
ފޮތް އުފައްދާ މީހުންނާއި ފޮތް ވިއްކާ މީހުންގެ ފޮތްތައް ހިމަނައިގެން ގައުމީ ޔުނިވާސިޓީން ފޮތް މައުރަޒެއް ބާއްވަން ނިންމައިފި އެވެ.
ފޮތް އުފައްދާ މީހުންނާއި ފޮތް ވިއްކާ މީހުންގެ ފޮތްތައް ހިމަނައިގެން ގައުމީ ޔުނިވާސިޓީން ފޮތް މައުރަޒެއް ބާއްވަން ނިންމައިފި އެވެ.
އެމްއެންޔޫ އިން ބުނީ މިއީ ފޮތް އުފައްދާ ވިއްކާ މީހުންނާއި ގަންނަ މީހުންގެ ބާޒާރެއް ކަމަށެވެ. ދިވެހި ލިޔުންތެރިންނަށް އެ މީހުންގެ ހުނަރު އާއްމުނަށް ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ މި މައުރަޒުގެ މަގްސަދު ކަމަށް އެ ޔުނިވަސިޓީން ބުންޏެވެ. މީގެ އިތުރުން، ޕަބްލިޝް ނުކުރެވި ހުރި އާ ފޮތްތައް އާއްމުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ލިޔުންތެރިންނަށް ދިނުމަކީ ވެސް މި މައުރަޒު ބޭއްވުމުގެ އެއް ބޭނުން ކަމަށް ބުންޏެވެ.
އެ މައުރަޒާއި ގުޅޭ ގޮތުން އެމްއެންޔޫއިން ކޮށްފައިވާ ޕޯސްޓު.
އެމްއެންޔޫ އިން ބުނީ ފޮތް ވިއްކަން ބޭނުންވާ ލިޔުންތެރިންނަށް އެ ފުރުސަތު މި މައުރަޒުގައި ލިބޭނެ ކަމަށެވެ. މިއީ އާއްމުންގެ މެދުގައި ފޮތް ކިޔުމަށް ހިތްވަރު ދީ އެކަމަށް ބާރުއެޅުމަށް އެ ޔުނިވާސިޓީން ކުރަމުން އަންނަ މަސައްކަތްތަކުގެ ބައެއް ކަމަށް އެތަނުން ބުންޏެވެ.
އެމްއެންޔޫއިން ވަނީ މިދިޔަ އަހަރު ވެސް ފޮތް މައުރަޒެއް ބާއްވައިފަ އެވެ. ޔުނިވަސިޓީން ބުނީ އެ މައުރަޒަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.
އެމްއެންޔޫގެ ފޮތް މައުރަޒު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 އިން 13 އަށެވެ. މައުރަޒު އޮންނާނީ މެންދުރު 2:00 އިން ރޭގަނޑު 10:00 އަށެވެ.
އެމްއެންޔޫ ގްރާންޓުގެ ދަށުން ދެ ފޮތެއް ނެރެފި
ކުޅުދުއްފުށީގައި އާއްމުންނަށް ލައިބްރަރީއެއް ހުޅުވައިފި
ސިޔާސަތުތައް އެކުލަވާލާނީ ދިރާސާތަކުގެ މައްޗަށް:ރައީސް
ކަރަންޓް ބިލް ބޮޑުވާތީ އެމްއެންޔޫއިން ދިރާސާއެއް ހަދަނީ
ގާނޫނުއަސާސީއާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ
ފުރަތަމަ އެމްބީބީއެސް ބެޗުން ހުރިހާ ދަރިވަރުން ފާސް
މެޑިސިން ކެމްޕަސް ބަދަލު ނުކުރަން ރައީސް ނިންމަވައިފި
ފުރޮޅުގޮނޑީގައި އިނދެގެން ރައިޝަން ޑިގްރީ ނިންމާލައިފި
ދަރުމަވަންތަ ބޭނުންކުރެވޭނެ ކަމުގެ އުންމީދު އާވެއްޖެ
"މެޑިސިން ކިޔަވާ ކުދިންގެ ކިޔެވުމަށް ބުރުނާރާނެ"