Roadha Mihaaru

މިހާރު ސްޓައިލް: އައިނު އަޅާ މީހުންނަށް ހާއްސަ ބުރުގާ ސްޓައިލެއް

07 ޖެނުއަރީ 2017

ނިވާކަން ބޮޑުކޮށް އަދި ޒީނަތްތެރިކޮށް ބުރުގާ ސްޓައިލްކުރުމާއި އައިނު އަޅާ މީހުން ބުރުގާއާ ގުޅޭ ވައްޓަފާޅިއަކަށް ސްޓައިލްކުރަން ދޭ ސަމާލުކަން ބޮޑެވެ.

ފާތިމަތު މުނާލް ޝުޖާއު ފާތިމަތު މުނާލް ޝުޖާއު

ނިވާކަން ބޮޑުކޮށް އަދި ޒީނަތްތެރިކޮށް ބުރުގާ ސްޓައިލްކުރުމާއި އައިނު އަޅާ މީހުން ބުރުގާއާ ގުޅޭ ވައްޓަފާޅިއަކަށް ސްޓައިލްކުރަން ދޭ ސަމާލުކަން ބޮޑެވެ.

މިހާރު ސްޓައިލްގެ މި އެޕިސޯޑުގައި ބުރުގާ ސްޓައިލިސްޓް އައިމިނަތު އިބްރާހިމް (ކުޑީ) އައިނު އަޅާ މީހުންނަށް ހާއްސަ ބުރުގާ ސްޓައިލެއް އަޅާނެ ގޮތް ދައްކާލާނެ އެވެ. އެކި މުނާސަބަތުތަކަށް ބުރުގާ ސްޓައިލް ކޮށްދޭ ކުޑީ ބުރުގާ ސްޓައިލް ކުރުމުގައި އޭނާގެ އަމިއްލަ ވައްޓަފާޅިއެއް ވެސް ގެންގުޅެ އެވެ. މިފަހަރު ހުށަހަޅައިދޭ ސްޓައިލަކީ ކޮންމެ މުނާސަބަތަކަށް ވެސް އެކަށީގެންވާ، އަޅާލަން ފަސޭހަ ސާދާ ސްޓައިލެކެވެ.

އައިނު އަޅާ މީހުންނަށް، ބުރުގާ ސްޓައިލް ކުރާއިރު އައިނުގެ ސްޓައިލާ މެދު ވިސްނާލުން ބުއްދިވެރި އެވެ. ފަލަ ފްރޭމެއް ހުންނަ އައިނަކީ މިޒަމާނުގެ ސްޓައިލެއް ނޫނެވެ. ނަމަވެސް، ސްޓައިލާއި ޓްރެންޑުތަކަށް ތަބާ ނުވެ، އެމީހެއްގެ މޫނުގެ ބައްޓަމާ ގުޅޭ ޒާތުގެ އައިނު ފްރޭމަކާއި ކުލައެއް ބޭނުން ކުރުން މުހިއްމެެވެ.

ބުރުގާގެ ސްޓައިލާއި އައިނުގެ ބައްޓަން ބެލެންސްކޮށް ބަހައްޓައިފި ނަމަ އެމީހެއްގެ ހުށަހެޅުން ވަރަށް ފުރިހަމަ ވާނެ އެވެ.