Roadha Mihaaru

މިހާރު ސްޓައިލް: މިއަހަރު މަގުބޫލު ވާނެ ޓްރެންޑްތައް

04 ފެބުރުއަރީ 2017

މި އަހަރު މަގުބޫލު ވާނެ ޓްރެންޑްތަކާ މެދު ގިނަ ބަޔަކު ދަނީ އަދިވެސް ބަހުސް ކުރަމުންނެވެ. ޗޯކާޒް އާއި އޮފް ޝޯލްޑާ ޓޮޕަކީ މިދިޔަ އަހަރު އެންމެ މަގުބޫލުވި ވައްތަރުތަކެވެ. ނަމަވެސް، މިއަހަރު ތަފާތު އަދި ލަތީފީ ސްޓައިލްތަކަށް ހެދުމާއި އެކްސެސެރީޒް ލުމަށް ޑިޒައިނަރުން އަދި ސްޓައިލިސްޓުން ނަސޭހަތްތެރިވެ އެވެ.

ފާތިމަތު މުނާލް ޝުޖާއު ފާތިމަތު މުނާލް ޝުޖާއު

މި އަހަރު މަގުބޫލު ވާނެ ޓްރެންޑްތަކާ މެދު ގިނަ ބަޔަކު ދަނީ އަދިވެސް ބަހުސް ކުރަމުންނެވެ. ޗޯކާޒް އާއި އޮފް ޝޯލްޑާ ޓޮޕަކީ މިދިޔަ އަހަރު އެންމެ މަގުބޫލުވި ވައްތަރުތަކެވެ. ނަމަވެސް، މިއަހަރު ތަފާތު އަދި ލަތީފީ ސްޓައިލްތަކަށް ހެދުމާއި އެކްސެސެރީޒް ލުމަށް ޑިޒައިނަރުން އަދި ސްޓައިލިސްޓުން ނަސޭހަތްތެރިވެ އެވެ.

މިއަހަރު ބޭއްވި ފެޝަން ވީކްތަކުން އަދި އެކި އެވޯޑް ހަފްލާތަކުން ވެސް، ގިނަ އަދަދެއްގެ ސީކުއިން (ވިދާ މިނާ ނުވަތަ ބީޑްވޯކް) ބޭނުންކޮށްފައިހުރި ސްޓައިލްތަކުގެ ގައުންތައް ފެނުނެވެ. ކޮންމެ ސެލެބްރިޓީއެއް ވެސް އެމީހަކަށް ލެވުނު އެންމެ ވިދާ ހެދުމެއް ލައިގެން ރެޑް ކާޕެޓްގައި ހިނގި އެވެ.

މިއަހަރުގެ ކުޓުއާ ފެޝަން ވީކް ވެސް ނިމުމަކަށް އައި އިރު ޑިޒައިނަރުންގެ ކަލެކްޝަންތަކުގައި މަޑު އެކި ކުލަތަކުގެ ހެދުންތައް ހިމެނެ އެވެ. މިއީ މިއަހަރު މަގުބޫލުވާނެ ބޮޑުދެ ޓްރެންޑް ކަމަށް ގިނަ ބަޔަކު ލަފާކުރެ އެވެ.

މީގެ އިތުރުން، ފެހި ކުލަ އަކީ ޕެންޓޯން އިން 2017 އަށް އިއުލާން ކުރި ކުލަ އެވެ.

ދުނިޔޭގެ އެކި ފަންނުވެރި ދާއިރާތަކުން ޕެންޓޯންގެ އަހަރީ ކުލަ އުފެއްދުންތެރި އެކި ގޮތްގޮތަށް ބޭނުން ކުރެ އެވެ. އަދި ފެޝަންގައި ވެސް ޕެންޓޯންގެ ކުލަތައް ބޮޑު ރޯލެއް އަދާ ކުރެ އެވެ.

އެގޮތުން، ފެހި ކުލައިގެ އަވި އައިނެއް، އަތް ދަބަހެއް، ބޫޓެއް ނުވަތަ ނަލަ ޓޮޕެއް ވެސް ލެވިދާނެ އެވެ. މިހާރު ސްޓައިލްގެ މިފަހަރުގެ އެޕިސޯޑުގައި "ފަންކް" ފިހާރައިން ހެދުމާއި އެކްސެސަރީޒް މޮޑެލް ކޮށްދެނީ ދީނާ އެވެ.