Roadha Mihaaru

މިހާރު ސްޓައިލް: ފިރިހެނުންގެ ތިން ހެއާ ސްޓައިލެއް

04 މާޗް 2017

ފިރިހެނުންގެ އިސްތަށިގަނޑު ސްޓައިލްކުރެވޭނެ ކިތަންމެ ގޮތެއް އެބަހުއްޓެވެ. ކުރު، ދިގު ނުވަތަ ބުޅި އިސްތަށިގަނޑަކަށް ވިޔަސް، އެމީހެއްގެ މޫނުގެ ބައްޓަމާއި އިސްތަށިގަނޑުގެ ޓެކްސްޗާއާ ގުޅޭ ސްޓައިލެއް ހިޔާރު ކުރުން ބުއްދިވެރި އެވެ.

ފާތިމަތު މުނާލް ޝުޖާއު ފާތިމަތު މުނާލް ޝުޖާއު

ފިރިހެނުންގެ އިސްތަށިގަނޑު ސްޓައިލްކުރެވޭނެ ކިތަންމެ ގޮތެއް އެބަހުއްޓެވެ. ކުރު، ދިގު ނުވަތަ ބުޅި އިސްތަށިގަނޑަކަށް ވިޔަސް، އެމީހެއްގެ މޫނުގެ ބައްޓަމާއި އިސްތަށިގަނޑުގެ ޓެކްސްޗާއާ ގުޅޭ ސްޓައިލެއް ހިޔާރު ކުރުން ބުއްދިވެރި އެވެ.

މިހާރު ސްޓައިލްގެ މިފަހަރުގެ އެޕިސޯޑުގައި "ރޮކް ޕޭޕާ ސިސާޒް" ސެލޫންގެ ސީނިއާ ސްޓައިލިސްޓް މީކާއިލް އަހްމަދު ތަފާތު ތިން ވައްތަރެއްގެ ހެއާ ސްޓައިލެއް ދައްކާލާނެ އެވެ.

މިއީ ވަރަށް ފަސޭހައިން ކޮށްލެވޭނެ ސްޓައިލްތަކެކެވެ. މަދު ޕްރޮޑަކްޓަތަކެއް ބޭނުންވާ މި ސްޓައިލްތައް ރީތިކޮށް ގިނައިރު ވަންދެން ހުންނާނެ އެވެ.

ސައިޑް ޕާޓިޝަން، ބަން ޑޫ އަދި ވޭވީ ހެއާ އޯގަނައިޒްޑް ސްޓައިލިން އަކީ މިފަހަރުގެ ވީޑިއޯގައި ހިމަނާފައިވާ ސްޓައިލްތަކެވެ. މި ތިން ސްޓައިލް ކުރާއިރު ވިސްނާލަންޖެހޭ ބައެއް މުހިއްމު ކަންތައްތައް ހެއާ ސްޓައިލިސްޓް މީކާއިލް ހިއްސާކުރި އެވެ.

އެގޮތުން "ސައިޑް ޕާޓިޝަން" ހެއާ ސްޓައިލްގައި ފުރަތަމަ، އިސްތަށިގަނޑު ބަހައްޓަން ބޭނުންވާ ފަޅިއަށް ބްލޯ ޑްރައި ކޮށްލުން މުހިއްމެވެ. އަދި ބްލޯ ޑްރައި ކުރަމުންދާއިރު އިނގިލިތަކުން ފުނާ އަޅާލާށެވެ. ރަނގަޅަށް އިސްތަށިގަނޑު ސްޓައިލް ކޮށްލަން ބޭނުން ނަމަ، މެޓް ޕްރި ސްޓައިލިން ކްރީމެއް ބޭނުން ކުރުން ރަނގަޅުވާނެ އެވެ.

"ބަން ޑޫ" އެއް ނުވަތަ އިސްތަށިގަނޑު އައްސާފައި ހުންނަ ސްޓައިލެއް ނަމަ އެންމެ ފުރަތަމަ އިސްތަށިގަނޑު ތެންމާލުމުން، ބުޅިތައް ރީތިކޮށް ހުންނާނެ އެވެ. ބުޅި އިސްތަށިގަނޑެއް ނަމަ، ކާލިން ކްރީމެއް ބޭނުން ކުރާށެވެ. އަދި ފަން އިސްތަށިގަނޑެއް ނަމަ ހިއްކާލުމަށް ފަހު ސްޓައިލްކުރަން ފަށާށެވެ.

"ވޭވީ އޯގަނައިޒްޑް ހެއާ ސްޓައިލިން" މިއީ ކުރު އެކަމަކު ކޮންމެވެސް ވަރަކަށް ބުޅި އިސްތަށިގަނޑަކަށް ރަނގަޅު ސްޓައިލެކެވެ. މިކަހަލަ އިސްތަށިގަނޑެއްގައި ހާޑް ޕްރީ ސްޓައިލިން ކްރީމްގެ މެޓް ވައްތަރު (އޮފް ނުވަތަ ގްލޮސީ ނޫން) އިސްތަށިގަނޑު ރީތި ވަރަކަށް ފަން ކޮށް ހަރުކޮށް ބަހައްޓާދޭނެ އެވެ.