Roadha Mihaaru

މިހާރު ސްޓައިލް: ގްލިޓާ ސްމޯކީ އައި މޭކަޕް

29 އޮކްޓޯބަރ 2016

މިފަހަރުގެ "މިހާރު ސްޓައިލް" ގައި އެ ވަނީ ގްލިޓާ ސްމޯކީ އައި މޭކަޕްކުރާނެ ގޮތެވެ. ވީޑިއޯގައި އެ ވަނީ މޭކަޕް އާޓިސްޓް އައިޝަތު ދީމާ އޭނާގެ ސްޓޫޑިއޯގައި މޮޑެލް މައިޝާ ޝަރީފްގެ މޭކަޕް ކުރަނިކޮށެވެ.

ފާތިމަތު މުނާލް ޝުޖާއު ފާތިމަތު މުނާލް ޝުޖާއު

މިފަހަރުގެ "މިހާރު ސްޓައިލް" ގައި އެ ވަނީ ގްލިޓާ ސްމޯކީ އައި މޭކަޕްކުރާނެ ގޮތެވެ. ވީޑިއޯގައި އެ ވަނީ މޭކަޕް އާޓިސްޓް އައިޝަތު ދީމާ އޭނާގެ ސްޓޫޑިއޯގައި މޮޑެލް މައިޝާ ޝަރީފްގެ މޭކަޕް ކުރަނިކޮށެވެ.

ގްލިޓާ އައި މޭކަޕަކީ ފަހުގެ ޓްރެންޑަކަށް ވެއްޖެެ އެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގްލިޓާ އާއި ޝިމާ މޭކަޕް އެކި މުނާސަބަތުތަކަށް ބޭނުންކުރާތަން ފާހަގަވެ އެވެ.

ދީމާ ދައްކާލަނީ ރޭގަނޑު އޮންނަ ހާއްސަ މުނާސަބަތަކަށް ޖައްސާލެވޭނެ މޭކަޕެކެވެ. ގޮތް ބޮޑުކޮށް ހުންނަ އައި މޭކަޕެއް ކުރާ ނަމަ، އައި ޕްރައިމާއެއް ފުރަތަމަ ޖައްސާލަން ސަމާލުވާންވާނެ އެވެ. އަދި އައި ޝެޑޯގެ ކުލަތައް ލޮލުގައި ޖައްސާއިރު ކޮންމެ ކުލައެއް ރީތިކޮށް ބްލެންޑުކޮށްލުމުން އައި މޭކަޕް ރީތިވެފައި ކުލަތައް ގަނޑު ގަނޑަކަށް ނުހުންނާނެ އެވެ.