ނިޔޯން (ސެޕްޓެމްބަރު 15) - ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ އޮލިމްޕިކް މާސޭ އާއި އައިންޓްރަކް ފްރެންކްފާޓް ކުޅުނު މެޗުގައި ދެ ޓީމުގެ ސަޕޯޓަރުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމުގެ މައްސަލަ ޔުއެފާއިން ބަލަން ފަށައިފި އެވެ.
ނިޔޯން (ސެޕްޓެމްބަރު 15) - ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ އޮލިމްޕިކް މާސޭ އާއި އައިންޓްރަކް ފްރެންކްފާޓް ކުޅުނު މެޗުގައި ދެ ޓީމުގެ ސަޕޯޓަރުންގެ ދެމެދުގައި ހިނގި ހަމަނުޖެހުމުގެ މައްސަލަ ޔުއެފާއިން ބަލަން ފަށައިފި އެވެ.
ފްރެންކްފާޓްގެ ސަޕޯޓަރުން ނާޒީންގެ ނިޝާންތައް ބޭނުން ކުރުމުން، މާސޭގެ ސަޕޯޓަރުން ކުރިމަތިލައި ދެ ފަރާތުގެ ދެމެދުގައި ހަމަނުޖެހުން ހިންގި އެވެ. އަދި އަލިފާން ބޯޅަ ވެސް އެއްފަރާތުން އަނެއް ފަރާތަށް އުކާފައި ވެއެވެ.
ނާޒީންގެ ލޯގޯ އާއި ނިޝާންތައް ވެއްދި ސަޕޯޓަރުންގެ މައްސަލަ ފްރެންކްފާޓުން ވެސް ކުށްވެރި ކުރި އެވެ. އެ ކްލަބުން ނެރުނު ބަޔާނުގައި ބުނީ ނާޒީންގް ނިޝާންތައް ބޭނުން ކުރި ސަޕޯޓަރުންގެ އަމަލުތަކަށް އެ ކްލަބުން ތާއީދު ނުކުރާ ކަމަށެވެ. އެ ކްލަބުން ބުނީ ނާޒީންގެ ލޯގޯ ބޭނުން ކުރި ސަޕޯޓަރުންގެ މައްސަލަ އެ ކްލަބުން ބަލާނެ ކަމަށެވެ.
ނާޒީންގެ ލޯގޯ އާއި ނިޝާންތައް ބޭނުން ކުރުން މަނާ ކޮށްފައި ވަނީ ނަސްލީ ތަފާތު ކުރުމަށް، ހިތްވަރު ދޭ ލޯގޯ ތަކެއް ކަމަށް ވާތީ އެވެ.
މާސޭގެ ދަނޑިގައި ކުޅުނު މެޗުގައި އެ ޓީމުގެ ސަޕޯޓަރުން ވަނީ ދަނޑަށް ލޭޒާ ވައްދައި، ދަނޑުގައި ހިނގަން ހާއްސަކޮށްފައިވާ ސަރަހައްދު ބަންދުކޮށް ހަމަނުޖެހުން އިތުރަށް ހޫނު ކުރަން މަސައްކަތް ކޮށްފަ އެވެ.
އެ މެޗު ފްރެންކްފާޓުން ކާމިޔާބު ކުރީ 1-0 އިންނެވެ.
އެމްބާޕޭގެ ފައިސާގެ މައްސަލަ؛ ޕީއެސްޖީ ސަސްޕެންޑްވެދާނެ
އައިއެސްގެ ހަމަލާއަކަށް ޔޫއެފާ ސަމާލުވެގެން
ޔޫރަޕްގެ ކުޅުން ސިޓީ އާއި ޔުނައިޓެޑަށް މަނާކޮށްފާނެ
ލިވަޕޫލާ ދެކޮޅަށް އެޓަލާންޓާ، ކްލޮޕް އުންމީދުގައި
ނަޕޯލީގެ ރައީސް މިޑީއާއަށް ހުރަސްއަޅައިފި
ބެޔާންގެ ސަޕޯޓަރުން މެންޗެސްޓާއަށް ދަނީ އިންޒާރަކާއެކު
ޔޫއެފާގެ އަމާޒު މުބާރާތްތަކުން 4.7 ބިލިއަން ހޯދުން
ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަށް ވަރުގަދަ ގުރޫޕެއް
އިތުރު ވަގުތު ދިގުކުރުމުން ކުޅުންތެރިންނަށް ގެއްލުންވޭ
ސިޔާސީ ހަރަކާތެއްގައި ބައިވެރިވި ރެފްރީ ހޫނުފެނަށް