Roadha Mihaaru

ކެނަބިސް ޓްރެފިކްކުރުމުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަނީ

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން، މިހާތަނަށް ކޯޓަށް ހާޒިރު ނުކުރެވޭ ދެ މީހަކު ހޯދަން އެ މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

ކެނަބިސް ޓްރެފިކްކުރުމާ ގުޅިގެން ދެ މީހަކު ހޯދަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

18 ސެޕްޓެމްބަރ 2022

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން، މިހާތަނަށް ކޯޓަށް ހާޒިރު ނުކުރެވޭ ދެ މީހަކު ހޯދަން އެ މީހުންގެ ވަނަވަރު ފުލުހުން މިއަދު އާންމުކޮށްފި އެވެ.

ފުލުހުން ބުނީ އެ ދެ ފިރިހެނުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުންޏެވެ.

އެ މައްސަލައިގައި ފުލުހުން ހޯދަނީ:

• އިބްރާހިމް އިރުފާނު، 21 - ހައިވަކަރުގެ / ތ. ވިލުފުށި

• އުޝާން އަދުނާން، 26 - ދަފްތަރު ނަންބަރު ދރ. 521 / މާލެ

ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައި ވަނީ އަންނަ އަންގާރަ ދުވަހު، މެންދުރު ދޭއް ޖަހާއިރު އެ މީހުން ކޯޓަށް ހާޒިރުކުރުވުމަށެވެ.

އެ ދެ މީހުން ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.