ތުރުކީގެ މީހަކު ރާއްޖެ އެތެރެކުރި ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ މީހަކު އުމުރަށް ޖަލަށްލައި، އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
16 ޖުލައި 2023
ތުރުކީގެ މީހަކު ރާއްޖެ އެތެރެކުރި ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާ ހަވާލުވާން ދިޔަ މީހަކު އުމުރަށް ޖަލަށްލައި، އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މޭ 2022 ގައި ރާއްޖެ އައި ތުރުކީ މީހެއްގެ ލަގެޖުން 3.9 ކިލޯގެ ކޮކެއިން ފެނުނެވެ. އެ ފޮށްޓާ ހަވާލުވާން ދާ މީހަކު ބެލުމަށް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަން ފުލުހުން ހިންގަނިކޮށް ހުޅުމާލޭ ގެސްޓް ހައުސްއަކުން އެ ފޮށްޓާ ހަވާލުވީ ދިވެއްސެކެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އެ ފޮށްޓާ ހަވާލުވާން އޭނާ ގެސްޓް ހައުސް އަށް ދިޔައީ އެހެން މީހަކު ބުނެގެން ކަން އޭނާގެ މޮބައިލް ފޯނުގެ ތަހުލީލު ރިޕޯޓުން އެނގޭއިރު، މަސްތުވާތަކެއްޗާ ގުޅޭ ފޮޓޯ އާއި ވީޑިއޯ އެ ފޯނުން ފެނިފައިވާތީ އޭނާ އެ ފޮށްޓާ ހަވާލުވާން ދިޔައީ ޝައްކު އުފެދޭ ހާލަތެއްގައި ކަމަށް ބެލެވޭ ކަމަށެވެ. ގެސްޓް ހައުސް އަށް ދިޔަ ސަބަބާ ބެހޭގޮތުން ތަހުގީގުގައި އޭނާ އޮޅުވާލަން މަސައްކަތް ކޮށްފައިވާތީ އޭނާގެ ގޯސް ނިޔަތެއް އޮތްކަން ސާބިތުވާ ކަމަށް ހުކުމުގައި ވެ އެވެ.
ހުކުމުގައިވާ ގޮތުން އެފަދަ މައްސަލަތަކުގައި ދައުލަތުން ސާބިތުކޮށް ދޭން ޖެހޭނީ ތުހުމަތު ކުރެވޭ މީހާގެ އަތުގައި އެއްޗެއް ހުރި ކަން އެކަންޏެވެ. އަދި އޭގައި މަސްތުވާއެއްޗެއް ހުރިކަން އޭނާ އަށް އެނގޭކަން ދައުލަތުން ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށް ހުކުމުގައިވެ އެވެ.
ގާޒީ އިސްމާއިލް ޝަފީއު އިއްވެވި ހުކުމުގައިވަނީ އެ މީހާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވާތީ އުމުރަށް ޖަލަށްލުމާ އެކު، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ. އަދި ޖޫރިމަނާ ފައިސާ އެއް އަހަރު ތެރޭގައި ދައުލަތަށް ދައްކަން ވެސް ހުކުމުގައި އަންގާފައިވެ އެވެ.
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ޑްރަގާއެކު އަތުލައިގަތް ނެދަލެންޑްސް މީހާ ބަންދަށް
ޑްރަގް ހަވާލުކުރީ ޑީއެޗްއެލް ޔުނިފޯމުގައި ތިބި ފުލުހުން
ވައިގެ މަގުން ޑްރަގް ގެނައި މީހަކު ހައްޔަރުކޮށްފި
ޑްރަގާއެކު ހައްޔަރުކުރުމުން ބުނީ ބައްޕަގެ އެއްޗެއްކަމަށް
ރަހީނުކޮށްގެން ގެންގުޅުނު ފްލެޓްގައި އަނެއްކާ ރެއިޑެއް!
ދެ ކިލޯ ޑްރަގް ގެނައި އިންޑިއާގެ ދެމަފިރިއަކު ހައްޔަރު
ކެނެބިސް ޓްރެފިކްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
ޑްރަގްގެ ތުހުމަތަށް ބުނީ، އަތުން ފެނުނީ ފުށް ކަމަށް