ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) އާއި އިތުރު ބައެއްގެ މައްޗަށް ކުރާ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާގައި، މަސްތުވާތަކެތި ފެނުނު ކަމަށް ބުނާ ފަންކާ ބޯޓާ ހަމައަށް ގެންދިޔައީ ކޮން ބައެއްކަން ނޭނގޭ ކަމަށް ހެއްކަކު ކޯޓުގައި މިއަދު ބުނެފި އެވެ.
26 ސެޕްޓެމްބަރ 2022
ލަވަކިޔުންތެރިޔާ އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓް) އާއި އިތުރު ބައެއްގެ މައްޗަށް ކުރާ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާގައި، މަސްތުވާތަކެތި ފެނުނު ކަމަށް ބުނާ ފަންކާ ބޯޓާ ހަމައަށް ގެންދިޔައީ ކޮން ބައެއްކަން ނޭނގޭ ކަމަށް ހެއްކަކު ކޯޓުގައި މިއަދު ބުނެފި އެވެ.
ޕެސްޓާއި އިތުރު ބައެއްގެ މައްޗަށް ދައުވާކުރާ އެއް ސަބަބަކީ މިދިޔަ އަހަރުގެ ކުރީކޮޅު ޕެސްޓާއި އިތުރު މީހަކު ބައިވެރިވެގެން ބޯޓަކަށް އެރުވި ފަންކާއެއްގެ ތެރެއިން 200 ގްރާމަށް ވުރެ ގިނަ ޑްރަގް ފެނުނު ކަމަށް ބުނެ އެވެ. އަދި މާލޭގެ ބައެއް ގޭގެއިން ޑްރަގް ފެނުނު ކަމަށް ބުނެ އިތުރު ދައުވާތަކެއް ވެސް ކުރެ އެވެ.
ޕެސްޓާއި ލ. ގަން ތުނޑީ އަބަދަށްއުފާ، މުހައްމަދު ސުއައިދުގެ މައްޗަށް ކުރަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އަދި ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ އަތުގައި ބެހެއްޓުމާއި ސިއްރު ކުރުމުގެ ދައުވާ އެވެ.
ކުށްކޮށްގެން ހޯދި ފައިސާ ބެހެއްޓުމުގެ ދައުވާ ލ.ގަން ތުނޑި ހަނދުވަރީހިޔާ، އަހުމަދު ޝަމްއޫންގެ މައްޗަށް ވެސް ކުރެ އެވެ. އަދި ކެނަބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ދައުވާ ލ. ގަން ތުނޑީ، ރޯޝަންހިޔާ، އަހުމަދު ހުސާމްގެ މައްޗަށް ކުރެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ނެގުމުގެ މަރުހަލާ ފެށިއިރު އެންމެ ފުރަތަމަ ހެކިބަސް ދިނީ އެ މައްސަލާގައި މަސްތުވާތަކެތި ފެނުނު ކަމަށް ބުނާ ފަންކާ ނޯތު ހާބަރުގައި އޮތް ބޯޓަކާ ހަމައަށް ގެންދިޔަ ޕިކަޕުގެ ޑްރައިވަރެވެ.
ޕިކަޕު ދުއްވި މީހާ ބުނިގޮތުގައި ބުރުޒުމަގުން ދުއްވާފައި ވަނިކޮށް ދެ މީހަކު މަގުމަތިން އަތް ނަގައިގެން ޕިކަޕު މަޑުކުރުވުމަށްފަހު، ފަންކާއެއް ގެންގޮސްދޭން އެދުނު ކަަމަށެވެ. އޭގެ ތެރެއިން އޭނާއާ ވާހަކަ ދެއްކީ އެކަކު ކަމަށާއި އަދި ފަންކާ އެރުވުމަށްފަހު އެ ދެ މީހުން ދިޔައީ ޕިކަޕު ފަހަތުން ސައިކަލުގައި ކަމަށް އޭނާ ބުންޏެވެ.
ފަންކާ އަރުވައިގެން ދިޔައީ އޭނާ ބުނިގޮތުން ނޯތު ހާބަރުގައި އޮތް ބޯޓަކާ ހަމައަށެވެ. އޭގެ ދެ ދުވަސް ފަހުން ފުލުހުން އޭނާއާ ސުވާލުކޮށް، ފަންކާ އެރުވި މީހަކާ ބެހޭގޮތުން ފޮޓޯ ދެއްކި ކަމަށާއި އެކަމަކު އެ ފޮޓޯގައި ހުރި މީހަކީ ފަންކާ އެރުވި މީހާކަން ޔަގީންކަމާ މެދު ބުނަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
"ފުލުހުން ފޮޓޯ ދައްކާފައި ބުނީ އެއީ މި މީހާއޭ. އަޅުގަނޑަށް ބުނިން އެހެން ދޯއޭ. އަޅުގަނޑަށް ސީދާ ސީދާ ނޭނގެ،" އޭނާ ބުންޏެވެ.
ފުލުހުން ދެއްކީ ކާކުގެ ފޮޓޯއެއް ކަމެއް އޭނާ ނުބުނެ އެވެ. އެކަމަކު އޭނާ ބުނިގޮތުން ފުލުހުން ދެއްކީ ބޯ ދިގުކޮށްފައި ހުރި މީހެއްގެ ފޮޓޯ އެވެ.
މިއަދު ދެން ހާޒިރުކުރީ މަސްތުވާތަކެތި ތަހުލީލުކުރި ފުލުސް މީހާ އެވެ. އެ މައްސަލާގެ ފެނުނު ކަމަށް ބުނާ މަސްތުވާތަކެތި ތަހުލީލުކުރި ގޮތާއި އޭގެ ނަތީޖާއާ ބެހޭގޮތުން އޭނާ ހެކިބަސް ދިނެވެ. އަދި ތަހުލީލަށްފަހު ތަހުލީލު ރިޕޯޓް ދޭނީ އިތުރު ފަރާތްތަކުން އިތުރު ކަންތައްތަކެއް ބަލައި، އޭގެ ސައްހަކަން ކަށަވަރު ކުރުމަށްފަހު ކަމަށް ވެސް އެ ފުލުސް މީހާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ލެބޯޓްރީއާ ހަމައަށް މަސްތުވާތަކެތި ގެންނައިރު، ޗެއިން އޮފް ކަސްޓަޑީގައި އެއްވެސް މައްސަލައެއް ހުރި ނަމަ، ލެބޯޓްރީން އެ ތަކެއްޗާ ހަވާލެއް ނުވާނެ އެވެ.
އެ މައްސަލާގައި ދެން ވެސް އޮންނާނީ ހެކިބަސް ނެގުމެވެ. ދައުލަތުގެ ހެކިންގެ ތެރެއިން ދެ ފުލުހަކު ހާޒިރު ނުކުރަން ދައުލަތުން މިއަދު އެދުނެވެ. އެއީ ދެން ތިބި ފުލުހުންގެ ހެކިބަހުން އެކަންކަން ސާފުވާނެތީ ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލާގައި ޕެސްޓް އަދިވެސް ހުރީ ބަންދުކޮށްފަ އެވެ. އޭނާ މިއަހަރު ކުރީކޮޅު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލާފައި ވަނިކޮށް ހައިކޯޓުން އެންގީ އޭނާ އަލުން ބަންދު ކުރުމަށެވެ.
ޑްރަގް މައްސަލައެއްގައި ހައްޔަރުކުރި އަޒޭ ދޫކޮށްލައިފި
ޑްރަގްދީގެން 'ގުޅުން ހިންގާ' މީހާ15 ދުވަހަށް ބަންދު
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ފައެނާ ޝަރުތުތަކާއެކު، ދޫކޮށްލައި ފިރިމީހާ ބަންދު
ޕްރެޒެންޓަރު އިނާޔަތު ޝަރުތުތަކަކާ އެކު ދޫކޮށްލައިފި
ފައިސާއަށް ޑްރަގް އެތެރެކުރާ މީހަކު އުމުރަށް ޖަލަށް
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ޑްރަގާއެކު އަތުލައިގަތް ނެދަލެންޑްސް މީހާ ބަންދަށް
ޑްރަގް އޮޕަރޭޝަނުގައި ހައްޔަރުކުރި 7މީހުން ދޫކޮށްލައިފި
ޑްރަގް ހަވާލުކުރީ ޑީއެޗްއެލް ޔުނިފޯމުގައި ތިބި ފުލުހުން