އެންމެ ފަހުގެ ޗެމްޕިއަން ލަންކާގެ މައްޗަށް ކާމިޔާބު ހޯދައި، ރާއްޖޭގައި މިހާރު ކުރިއަށްދާ ސާބާ ޗެމްޕިއަންޝިޕްގައި ނޭޕާލަށް ދިރުމެއް އަތުވެއްޖެ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން ލަންކާގެ މައްޗަށް ކާމިޔާބު ހޯދައި، ރާއްޖޭގައި މިހާރު ކުރިއަށްދާ ސާބާ ޗެމްޕިއަންޝިޕްގައި ނޭޕާލަށް ދިރުމެއް އަތުވެއްޖެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އާދިއްތަ ދުވަހުގެ ރޭ ރާއްޖެ އަތުން ނޭޕާލަަށް ލިބުނީ ހިތްދަތި ބައްޔެކެވެ. މިރޭ ލަންކާ އަތުން މޮޅުވެ ނޭޕާލަށް ވަނީ ހިތްހަމަ ޖެހުމެއް ލިބިފަ އެވެ.
ރޭ ބޫޓާންގެ މައްޗަށް 65 ޕޮއިންޓްގެ ލީޑަކުން ކުރި ހޯދި ލަންކާ، މިރޭ ނާޕްލް އަތުން ބަލިވީ ހަ ޕޮއިންޓްގެ ތަފާތަކުންނެވެ. ނޭޕާލް ކާމިޔާބު ހޯދީ 55-49 ންނެވެ. މެޗުގެ ފުރަތަމަ ދެ ކުއާޓާ ނިމުނު އިރު ނޭޕާލުން ލީޑް ކުރަމުން ދިޔައީ 11 ޕޮއިންޓްގެ ލީޑަކާ އެކު 32-21 ންނެވެ.
ނޭޕާލްގެ ކުޅުންތެރިން މެޗު ކާމިޔާބު ކުރުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ
ފަހު ދެ ކުއާޓާގައި ލަންކާއިން ފަރަގު ކުޑަ ކުރި އެވެ. އެކަމަކު މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާ ލެވޭ ގޮތެއް ނުވި އެވެ.
ރޭ ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި ލަންކާގެ ކުޅުންތެރިންނަށް ފިޓްނަސް މައްސަލައެއް ކުރިމަތި ނުވެ އެވެ. އެކަމަކު މިރޭ އެ ޓީމުގެ ފަރާތުން ވަރުބަލިކަން ފެނުނެވެ.
ބޫޓާން ފިޔަވައި އަނެއް ތިން ގައުމުން ވެސް މިހާރު އެއް މެޗުން މޮޅުވެފައި ވުމުން މުބާރާޓުގެ ފޯރި ވަނީ ގަދަ ވެފަ އެވެ. ލީގު އުސޫލުން ކުޅޭ މުބާރާތުގައި މިހާރު އެއްވައިގައި އޮތީ ރާއްޖެ އެވެ. އެއީ ރާއްޖެ އެއްވެސް މެޗަކުން ބަލި ނުވެ މޮޅެއް ހޯދާފައިވުމުންނެވެ.
މާދަމާ ރޭ ރާއްޖެއިން ނުކުންނާނީ ލަންކާ އާ ދެކޮޅަށެވެ. އެންމެ ފަހުގެ ސައުތު އޭޝިަން ގޭމްސްގައި ރާއްޖެއިން ވަނީ ލަންކާ ބަލިކޮށްފަ އެވެ. މާދަމާ ހަވީރު ނޭޕާލް ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.
ރާއްޖެ ބަލިކޮށް ލަންކާއިން ޗެމްޕިއަންކަން ހޯދައިފި
ބޫޓާން ބަލިކޮށް ނޭޕާލުން ކުރިއަށް ޖެހިލައިފި
ޗެމްޕިއަން ލަންކާއިން ބޫޓާންގެ މައްޗަށް ބޮޑު މޮޅެއް
ރާއްޖެއިން އެންމެ ފަހުގެ ރަނަރަފް ނޭޕާލް ބަލިކޮށްފި
ވޯލްޑް ބޭންކުން ރާއްޖެއަށް އާ ކަންޓްރީ ޑައިރެކްޓަރެއް
ނޭޕާލާއި ޕާކިސްތާނަށް ފަރަގު ބޮޑު މޮޅެއް
ލަންކާގެ ތްރީ އޮން ތްރީ މުބާރާތެއްގައި ރެޑްވިންގްސް
ބޫޓާން ބަލިކޮށް ރާއްޖެއިން ބްރޯންޒް މެޑަލް ހޯދައިފި
ބޮޑު ހިތްވަރާއެކު ތާރީހީ ކާމިޔާބެއް ހޯދުމުގެ އަޒުމުގައި
އިސްރާއުގެ ތަފާތު ފޯމް އަމްޒަރަށް ވެސް ވީ ހިތްވަރަކަށް