ރާއްޖޭގައި މިހާރު ކުރިއަށްދާ، ދެކުނު އޭޝިއާގެ އަންހެން ބާސްކެޓްބޯޅަ މުބާރާތް، ސާބާ ޗެމްޕިއަންޝިޕްގެ ދެވަނަ މެޗުގައި މިރޭ، އެންމެ ފަހުގެ ޗެމްޕިއަން ސްރީ ލަންކާއިން ބޫޓާންގެ މައްޗަށް ތަފާތު ބޮޑު މޮޅެއް ހޯދައިފި އެވެ.
26 ސެޕްޓެމްބަރ 2022
ރާއްޖޭގައި މިހާރު ކުރިއަށްދާ، ދެކުނު އޭޝިއާގެ އަންހެން ބާސްކެޓްބޯޅަ މުބާރާތް، ސާބާ ޗެމްޕިއަންޝިޕްގެ ދެވަނަ މެޗުގައި މިރޭ، އެންމެ ފަހުގެ ޗެމްޕިއަން ސްރީ ލަންކާއިން ބޫޓާންގެ މައްޗަށް ތަފާތު ބޮޑު މޮޅެއް ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިރޭ ކުޅުނު މެޗުގައި ލަންކާއިން ވަނީ 100 ޕޮއިންޓް ހަމަ ކުރުމާ ގާތަށް ޖެހިލާފަ އެވެ. އެ ޓީމުން މެޗު ކާމިޔާބު ކުރީ 65 ޕޮއިންޓްގެ ލީޑަކާއެކު 98-33 ން ނެވެ.
ނޭޕާލްގައި އެންމެ ފަހު ބޭއްވި ސާބާ ޗެމްޕިއަންޝިޕްގައި ނޭޕާލް ފަހަތަށް ޖައްސާލުމަށް ފަހު މުބާރާތް ކާމިޔާބު ކުރި ލަންކާގެ ޓީމުން ވަނީ މުޅި މެޗުގައި ވެސް ބޫޓާންގެ މައްޗަށް ޑޮމިނޭޓް ކޮށްގެން ކުޅެފަ އެވެ.
މެޗުގެ ފުރަތަމަ ދެ ކުއާޓާ ނިމުނު އިރު ލަންކާއިން 39 ޕޮއިންޓް ހޯދި އެވެ. ބޫޓާނަށް ހޯދުނީ 17 ޕޮއިންޓެވެ. މިރޭ ލަންކާ ދެއްކި ކުޅުމަށް ބަލާއިރު މުބާރާތުގައި އެންމެ ފޯމުގައި އޮތް ޓީމަކަށް އަދި ފެނުނީ ލަންކާ އެވެ. ލީގު އުސޫލުން ކުޅޭ ސާބާ ޗެމްޕިއަންޝިޕްގައި މިރޭ ލަންކާއިން ބޮޑު ތަފާތަކުން މޮޅުވުމުން ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ ލަންކާ އެވެ. ރޭ ނާޕާލް ބަލި ކުރި ރާއްޖޭގެ ޓީމު މިހާރު އޮތީ ދެވަނައިގަ އެވެ.
މާދަމާ ރޭ ލަންކާއިން ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެ މެޗު ވެސް ފަށާނީ 8:30 ގަ އެވެ.
ރާއްޖެ ބަލިކޮށް ލަންކާއިން ޗެމްޕިއަންކަން ހޯދައިފި
ބޫޓާން ބަލިކޮށް ނޭޕާލުން ކުރިއަށް ޖެހިލައިފި
ލަންކާ ބަލިކޮށް ނޭޕާލަށް ދިރުން އަތުވެއްޖެ
ފައިވް ނޭޝަން މުބާރާތުގެ ޗެމްޕިއަންކަން ބޫޓާނަށް
ނޭޕާލާއި ޕާކިސްތާނަށް ފަރަގު ބޮޑު މޮޅެއް
ބުޓާން އަތުން ވެސް ރާއްޖެ ބަލިވެއްޖެ
ލަންކާގެ ތްރީ އޮން ތްރީ މުބާރާތެއްގައި ރެޑްވިންގްސް
ބޫޓާން ބަލިކޮށް ރާއްޖެއިން ބްރޯންޒް މެޑަލް ހޯދައިފި
ބޮޑު ހިތްވަރާއެކު ތާރީހީ ކާމިޔާބެއް ހޯދުމުގެ އަޒުމުގައި
އިސްރާއުގެ ތަފާތު ފޯމް އަމްޒަރަށް ވެސް ވީ ހިތްވަރަކަށް