Roadha Mihaaru
ލަންކާގެ ތްރީ އޮން ތްރީ މުބާރާތެއްގައި ރެޑްވިންގްސް

ލަންކާގެ ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތެއްގައި ރާއްޖޭގެ ރެޑްވިންގްސްގެ ދެ ޓީމު

17 މެއި 2023

ލަންކާގައި ބާއްވާ ސީބީސީ ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތުގައި ވާދަކުރަން ރާއްޖޭގެ ރެޑްވވިންގްސް ބާސްކެޓްބޯޅަ ކްލަބް ސްރީ ލަންކާ އަށް ހިނގައްޖެ އެވެ.

ލަންކާގައި ބާއްވާ ސީބީސީ ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތުގައި ވާދަކުރަން ރާއްޖޭގެ ރެޑްވވިންގްސް ބާސްކެޓްބޯޅަ ކްލަބް ސްރީ ލަންކާ އަށް ހިނގައްޖެ އެވެ.

ކޮލަމްބޯގައި ކުރިއަށްދާ މުބާރާތް ގެންދާނީ އަންނަ ހުކުރު ދުވަހު ވަންޑޭ ސީރީޒެއް ގޮތަށެވެ.

މިދިޔަ އަހަރުގެ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކުޅުނު ރެޑްވިންގްސް އަށް ލަންކާގެ މި މުބާރާތުގައި އިރުޝާދު ދޭނީ މިދިޔަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ލަންކާގެ ތްރީ އޮން ތްރީ ގައުމީ ޓީމުގެ ކޯޗު ސެލްވާ ރާޖް އެވެ.

އޭނާ ވަނީ މީގެ ކުރިން އަންހެން ބާސްކެޓްބޯޅަ ކްލަބް ސައިކްލޯންގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ރެޑްވިންގްސްއިން ވަނީ ސެލްވާ އާ ބޮޑު ޕްރޮޖެކްޓެއް ހަވާލުކޮށްފަ އެވެ. ރެޑްވިންގްސްއިން ސްކޫލްތަކާ ގުޅިގެން ހިންގާ ބާސްކެޓްގެ ޑިވެލޮޕްމެންޓް ޕްރޮގްރާމް ވެސް މިހާރު ކުރިއަށް ގެންދަނީ އޭނާގެ ބެލުމުގެ ދަށުނެވެ. އަދި ސައިކްލޯން އާއި ރެޑްވިންގްސް މުބާރާތްތަކަށް ތައްތާރު ކުރުމުގެ މަސައްކަތް ވަނީ އޭނާ އާ ހަވާލުކޮށްފަ އެވެ.