Roadha Mihaaru
"އާރުޓީއެލް ފަސޭހައިން މި އުފެދުނީ ވަރުގަދަ ގުޅުމެއް"

ފެރީއަށް އެރުވި ފަސޭހަތަކުން މިއުފެދުނީ ވަރުގަދަ ގުޅުމެއް: މިނިސްޓަރު

28 ސެޕްޓެމްބަރ 2022

ޑޮކްޓަރަށް ދައްކަން ބޭނުން ނަމަ ވަގުތުން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދާންވީ އެވެ. އަނެއް ދުވަހު، ހުސްބަނޑާ ޓެސްޓެއް ހަދަން ޖެހިއްޖެ ނަމަ ވެސް އެ ރަށުގައި މަޑުކުރާކަށް މިހާރަކު ނުޖެހޭނެ އެެވެ. އެނބުރި ރަށަށް އައުމަށް ފަހު އަނެއް ދުވަހު ދެވޭނެ އެވެ. ޕިއްޒާއެއް ކާ ހިތްވެއްޖެ ނަމަ ބޭނުންވާ ރަށަކުން އޯޑަރުކޮށްލެވޭނެ އެވެ. އާރުޓީއެލް ފެރީން އެންމެ ގިނަވިޔަސް 30 މިނެޓް ތެރޭގައި ގެންގޮސްދޭނެ ކަމުގެ ޔަގީންކަން އޮންނާނެ އެވެ. ފިނޭއިން ފުރައިގެން ކުޅުދުއްފުށީގެ ސެލޫނަކަށް ގޮސް ތައްޔާރުވެގެން ކައިވެނި ހަފުލާ އޮންނަ އިރަށް ހުންނާނީ ރަށުގަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޮޑު ތިލަދުންމަތި އާރުޓީއެލްގެ ފެރީން ގުޅާލަން ސަރުކާރުން ހިންގި ބޮޑު މަޝްރޫއުގެ ބޮޑުު ބަދަލު، ޕްލޭނިން މިނިސްޓަރު އަސްލަމް ރޭ ސިފަކޮށްދެވީ މި ފަސޭހަތަކުންނެވެ.

"މަކުނުދޫ ރައްޔިތުންނަށް އެ އެކަހަރިކަމެއް މިއަދަކު އިހްސާސެއް ނުވާނެ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ދާންވީމާ ތަކުލީފް އުފުލާކަށް ނުޖެހޭނެ،" މިނިސްޓަރު

މިނިސްޓަރު ވިދާޅުވި ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު މިކަން ފެށީ ޕްލޭނެއް އޮވެގެންނެވެ. ވަކިވަކިން އެކަހަރިކޮށް އޮތް ރަށްތައް އެއްބައެއްގެ ގޮތުގައި ދިރިއުޅެން ފަސޭހަކުރެވޭނެ ހިސާބުތައް ޖަހަން ފެށީ އެ މީހަކު ހުރި ތަނަކުން ހާސްކަމެއް ނެތް ދިރިއުޅުމެއް ލިބޭނެ ގޮތަށް ކަމަށް ވިދާޅުވި އެވެ.

އާރުޓީއެލް ފެރީގެ ބޮޑު މަޝްރޫއު ރައީސް ރޭ އިފްތިތާހްކޮށްދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އާރުޓީއެލް ފެރީގެ ބޮޑު މަޝްރޫއު ރައީސް ރޭ އިފްތިތާހްކޮށްދެއްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އެ ބޮޑު އެއް ބަދަލަކީ މުޅި ސަރަހައްދު ވަށާލާފައިވާ ފެރީގެ ނިޒާމްކަން ފާހަގަކުރެއްވި އެވެ. މި ދަތުރުތަކުން އެއް ރަށާއި އަނެއް ރަށާއި ނުވަތަ އެކަކު އަނެކަކާ ދެމެދު ވަރުގަދަ ގުޅުމެއް އުފެދި ރަށްތަކަށް ކުރިއެރުން ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ކޮންމެ މީހަކު ވެސް ދަތުރެއް ކުރާނީ މުހުތާދެއް އޮވެގެން ކަމަށާއި އެކަން ފަސޭހަކޮށްދިނުމަކީ އެތައް ބައެއްގެ ދިރިއުޅުމަށް އަންނާނެ ލުޔެއް ކަމަށެވެ.

"ޕިއްޒާ ވިއްކާ މީހާއަށް ވެސް އެ ޑެލިވާކުރެވޭނެ މަގު އަޅުގަނޑުމެން މިއޮތީ ގާއިމްކޮށްދީފައި،" މިސާލު ޖައްސަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

"ބައިވަރު މި ކަހަލަ ފަސޭހަތައް އެބަވޭ. ގުޅުންތައް ވަރުގަދަވޭ. އިގްތިސާދު ވަރުގަދަވޭ. މި މޫވްމަންޓާ އެކު އިގްތިސާދު ބަދަލު ނުވާނެ ގޮތެއް ނޯންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ށ. އަތޮޅުގެ އެންމެ ދެކުނުގައި އޮންނަ ރަށުން ރާއްޖޭގެ އެންމެ އުތުރުގެ އޮންނަ ތުރާކުނަށް ހެނދުނު ފުރައިގެން ހަވީރަށް 250ރ. އަށް ދެވޭނެ އެވެ. މީގެ ކުރިން އެއީ ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ހއ. އާއި ހދ އަތޮޅާ ދެމެދު ވެސް ދަތުރުތަކުގެ އަގު ކުރިން އުޅެނީ 3،000ރ. އިން މަތީގަ އެވެ.

"ބައިވަރު މި ކަހަލަ ފަސޭހަތައް އެބަވޭ. ގުޅުންތައް ވަރުގަދަވޭ. އިގްތިސާދު ވަރުގަދަވޭ. މި މޫވްމަންޓާ އެކު އިގްތިސާދު ބަދަލު ނުވާނެ ގޮތެއް ނޯންނާނެ،" މިނިސްޓަރު

މި އަތޮޅުގައި އެކަހެރިވެފައި އޮތް މަކުނުދުއަށް ވެސް ކޮންމެ ދުވަހަކު ދެވޭނެ ކަމަށާއި އެ ރަށުން ކުޅުދުއްފުއްޓަށް ނުފުރޭނެ އެންމެ ދުވަހެއް ވެސް މިހާރު ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"މަކުނުދޫ ރައްޔިތުންނަށް އެ އެކަހަރިކަމެއް މިއަދަކު އިހްސާސެއް ނުވާނެ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ދާންވީމާ ތަކުލީފް އުފުލާކަށް ނުޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އާރުޓީއެލް ފެރީގެ ނިޒާމް އިފްތިތާހްކޮށްދެއްވައި ރައީސް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

އާރުޓީއެލް ފެރީގެ ނިޒާމް އިފްތިތާހްކޮށްދެއްވައި ރައީސް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

އަސްލަމް ވިދާޅުވި ގޮތުގައި މުޅި ރާއްޖެއަށް އާރުޓީއެލްގެ ހިދުމަތް ފެށުމުން 82 އުޅަނދު ދަތުރުކުރާނެ އެވެ. މި ހުރިހާ އުޅަނދުތަކަކީ ވެސް ދިވެހި އުފެއްދުންތަކެއް ކަމަށް ވިދާޅުވި އެވެ.

މި ބޮޑު ފަސޭހައިގެ ވާހަކަ މި ސަރުކާރުން ނުދައްކައި ތިބީ މިކަން ނުހިނގާތީ ނޫން ކަމަށް ވިދާޅުވި އެވެ. ބޭނުމަކަށް ވީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ވާހަކަތަކުގެ ކުރިއަށް ރައްޔިތުންނަށް ފަސޭހަވަމުން އަންނަ ކަން ކަށަވަރުކުރުން ކުރުމެވެ.

ދިއްދުއަށް އާރުޓީއެލް ފެރީގައި ދަތުރުކުރައްވައި ބޮޑު މަޝްރޫއު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ އިފްތިތާހްކޮށްދެއްވީ ރައްޔިތުންނަށް ފަސޭހަވަމުންދާކަން އަމިއްލަ އަށް ތަޖުރިބާކުރެއްވުމަށް ފަހު ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.