ރާއްޖޭގެ ރައްޔިތުންނަށް މި ވެރިކަމާ ހަމައަށް ވެސް އެންމެ ބޭނުން ޖެހި ނުފުދި ހުރި އަސާސީ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގޮސް ނިމެމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ރައްޔިތުންނަށް މި ވެރިކަމާ ހަމައަށް ވެސް އެންމެ ބޭނުން ޖެހި ނުފުދި ހުރި އަސާސީ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގޮސް ނިމެމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި އެ ކުންފުނީގެ ހިދުމަތްތަކަށް ތައުރީފްކުރައްވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ދިނުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތު ތަންފީޒުކުރުމުގައި، ސަރުކާރުގެ ކުންފުނިތަކުން މުހިއްމު ދައުރެއް އަދާކޮށްދޭ ކަމަށެވެ. އަސާސީ ހިދުމަތްތަކާ ގުޅޭ ކުންފުނިތަކުގެ އެއްބާރުލުން ރައީސް ފާހަގަކުރެއްވި އެވެ.
"ރައްޔިތުންގެ އަސާސީ ހިދުމަތްތައް މާތް ﷲގެ ވާގިފުޅާ އެކު މިހާރު އެ އަންނަނީ ރަށްރަށުގައި ފުރިހަމަވަމުން. ބޯފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމާއި ބަނދަރު ހެދުމުގެ މަޝްރޫއުތައް ވެސް އެ އަންނަނީ ނިމެމުން. ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ މަޝްރޫއުތައް ވެސް އެ އަންނަނީ ނިމެމުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮވިޑުގެ ދަތިން އަރައިގަނެ އިގްތިސާދީ ހަރަކާތްތައް ވެސް މިހާރު ވަނީ ފަށައިފަ އެވެ. އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައި އެމްޓީސީސީގެ ހިދުމަތްތައް ވެސް އިތުރަށް ފުޅާވެ، ކުންފުނީގެ ދުވެލި މާބޮޑަށް ހަލުވިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތަރައްގީގެ ކޮންމެ ވާހަކައެއް ދައްކާއިރު ވެސް އެއާއެކު ތިމާވެށި ހިމާޔަތްކުރުމުގެ ވާހަކަ ނުދައްކައި ދޫކޮށްލެވޭކަށް ނެތް ކަމަށެވެ. އެމްޓީސީސީން ވެސް އަސާސީ ހިދުމަތްތަކުގެ ތެރޭގައި ތިމާވެށްޓާ ގުޅޭ ވަރަށް ގިނަ މަޝްރޫއުތައް ހިނގަމުން އަންނަ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ތަރައްގީއަށްޓަކައި އަޅުގަނޑުމެންގެ ވެށި ހަލާކު ކުރެވޭކަށް ނެތް. ތަރައްގީއަކީ ވަކި ކަހަލަ ބަނދަރެއް، ނުވަތަ ވަކި ބާވަތެއްގެ ކަނޑުތޮއްޓެއް ނޫން. ރަށުގައި ހަދާ ބަނދަރުން އެ ރަށަކަށް ދެމެހެއްޓެނިވި ތަރައްގީއެއް ލިބޭތޯ، އެއީ އަޅުގަނޑުމެން މިއަދު ކުރަންވީ ސުވާލަކީ. ރަށުގައި ހަދާ ބަނދަރުގެ ސަބަބުން ރަށް ގިރުން އިތުރަށް ގޯސްވަންޏާ، އެއީ ދެމެހެއްޓެނިވި ތަރައްގީތޯ ސުވާލުކުރަންޖެހޭ،" ރައީސް ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން އެންމެން މިއަދު ވިސްނަންޖެހޭ ކަމެއް. ދުނިޔޭގެ މޫސުން މިހާރު ބަދަލުވަމުން ދާގޮތަށް ބަލާއިރު، ތަރައްގީއަށްޓަކައި ކިތަންމެ ކުޑަ ކަމެއް ކުރިޔަސް ތިމާވެށްޓަށް ލިބިދާނެ ގެއްލުމެއް އޮތްތޯ ބަލައި، އެކަމަކުން ސަލާމަތްވުމަކީ މިއަދު ކުރަންޖެހިފައި އޮތް ކަމެއް."
އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިޔާސަތު ކަނޑައަޅުއްވާ ބޭފުޅުންނާއި މަޝްރޫއުތައް ފަރުމާކުރައްވާ ބޭފުޅުންނާއި ތަންފީޒުކުރައްވާ ބޭފުޅުން ވެސް އެކަމަށް ސަމާލުކަން ދޭން ޖެހެ އެވެ.
"އާރުޓީއެލް ފަސޭހައިން މި އުފެދުނީ ވަރުގަދަ ގުޅުމެއް"
ބާރު ދުވެއްޔަކުން މި ހުޅުވުނީ ތަރައްގީގެ ދޮރާށި:ރައީސް
ދަތުރުފަތުރުގެ އިންގިލާބީ ބަދަލު އިފްތިތާހްކޮށްދެއްވައިފި
އެމްޓީސީސީއަށް ހުރި ޕްރޮޖެކްޓްތަކުގެ އަގު ބިލިޔަނަކަށް
އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރަކަށް ޝާހް
އަހަރެއް ތެރޭ ފެނުނީ އުއްމީދެއް ނެތް ސަރުކާރެއް: އިބޫ
ޖަނާޒާގެ ކަންކަމަށް ދިން އެއްބާރުލުމަށް އިބޫގެ ޝުކުރު
"މަޝްރޫއުތައް ފެށީ ފައިސާ ނެތި ސިޔާސީ ބޭނުމަށް"
2023: ރޫޅުމާއި ވެއްޓުމާއި އާދަޔާ ޚިލާފު ކާމިޔާބީ!
7 ކަމެއް ހުއްޓާލަން އެދި މުއިއްޒުގެ ސިޓީއެއް ރައީސަށް