28 ސެޕްޓެމްބަރ 2022
ސައޫދީ އަރަބިއްޔާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އެ މަނިކުފާނުގެ ދަރިކަލުން ވަލީ އަހުދު މުހައްމަދު އައްޔަންކުރައްވައިފި އެވެ.
ސައޫދީ އަރަބިއްޔާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް އެ ގައުމުގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އެ މަނިކުފާނުގެ ދަރިކަލުން ވަލީ އަހުދު މުހައްމަދު އައްޔަންކުރައްވައިފި އެވެ.
އަންގާރަ ދުވަހު ރަސްގެފާނުގެ ގަރާރަކުން ސައޫދީގެ ކެބިނެޓަށް ގެނައި މި ބަދަލުގައި ރަސްގެފާނުގެ ދެ ވަނަ ދަރިކަލުން ޚާލިދަށް ވަނީ ޑިފެންސް މިނިސްޓަރުކަން ދެއްވައިފަ އެވެ. އަދި ރަސްގެފާނުގެ އެހެން ދަރިކަލެއް ކަމަށްވާ އަބްދުލްއަޒީޒަށް ވަނީ އެނާޖީ މިނިސްޓަރުކަން ވެސް ދެއްވައިފަ އެވެ.
މި ބަދަލުތައް ގެނައި ނަމަވެސް ރަސްގެފާނުގެ ގަރާރުގައި ފޮރިން މިނިސްޓަރު ފްރިންސް ފައިސަލް ބިން އާލް ސައުދު، ފިނޭންސް މިނިސްޓަރު މުހައްމަދު އާލް ޖަދާން އަދި އިންވެސްޓްމަންޓް މިނިސްޓަރު ޚާލިދު އާލް ފާލިހް އެ ބޭބޭފުޅުންގެ މަގާމުގައި ތިއްބަވާނެ ކަމަށް ވަނީ ކަނޑައަޅުއްވައިފަ އެވެ.
ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަންކުރެއްވި މުހައްމަދު ކުރިން ހުންނެވީ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގަ އެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ސައޫދީ ތަމްސީލްކުރައްވައި ގައުމުގެ ވެރިޔާގެ ފަރާތުން ކުރައްވަންޖެހޭ ހުރިހާ ކަމެއް ކުރައްވަނީ ވެސް މުހަންމަދެވެ.
ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަންކުރެއްވީ ވެސް ރަސްގެފާނު ކުރިން ކަނޑައަޅުއްވައި މުހައްމަދާ ހަވާލުކުރެއްވި ޒިންމާތަކާ އެކުގަ އެވެ. އެއީ ބޭރު ގައުމުތަކުގައި ސައޫދީ ތަމްސީލްކުރުމާއި ސައޫދީން ބާއްވާ ސަމިޓްތަކުގެ ރިޔާސަތު ބެލެހެއްޓުން ފަދަ ކަންކަމެވެ.
"ވަލީއަހުދު މުހަންމަދު ބޮޑުވަޒީރު ކަމުގެ މަގާމަށް އައްޔަންކުރެއްވުމުން ވެސް މިހާރު ވެސް ރަސްގެފާނުގެ އަމުރުފުޅާ އެއްގޮތަށް ދައުލަތުގެ މުއައްސަސާތަކާއި އިދާރާތައް ހިނގާ ނުހިނގާ ގޮތް ދުވަހުން ދުވަހަށް ބައްލަވަމުން ގެންދަވާނެ،" ސައޫދީގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ބުނެފައިވެ އެވެ.
އޮފިޝަލް ވިދާޅުވީ އެކި ބޭފުޅުންނާ މިގޮތަށް އެކި ޒިންމާތައް ހަވާލުކުރައްވައިގެން ގައުމު ހިންގުމަކީ ސައޫދީގެ ތާރީހަށް ބަލާއިރު އާ ކަމެއް ނޫން ކަމަށެވެ.
ރަސްގެފާނު އިސްނަންގަވައި ގާޒާއަށް އެހީވާން ފަންޑެއް
ސައޫދީ އާއި އުރުދުންގެ ވެރިން ބައްދަލުކުރައްވައިފި
ސައޫދީ ރަސްގެފާނުގެ އާލާސްކަންފުޅު މިހާރު ރަނގަޅު
ފަލަސްތީނުގެ ދައުލަތެއްނެތި އިޒްރޭލާ ނުގުޅެވޭނެ: ސައޫދީ
ސައުދީ ރަސްގެފާނު ދެއްވާ ހައްޖުވުމުގެ 1،000 ފުރުސަތު ފަލަސްތީނަށް
ބްލިންކެން ސައޫދީގެ ވެރިންނާ ބައްދަލުކުރައްވައިފި
އިޒްރޭލަށް ހަތިޔާރު ނުވިއްކަން ސައޫދީން ގޮވާލައިފި
އީރާނުން ހޯދިއްޔާ، ސައޫދީ ވެސް ނިއުކްލިއާ ހޯދާނެ
ސައޫދީ އާއި އިޒްރޭލުގެ ގުޅުން އެބަ ކައިރިވޭ
ސައޫދީ-އިންޑިއާގެ ޚާއްސަ ޖައްވީ ޕްރޮގްރާމެއް ފަށަނީ