ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ދެއްވާ ހައްޖުވުމުގެ 2،000 އަށް ވުރެ ގިނަ ފުރުސަތުގެ ތެރެއިން 1،000 ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ހާއްސަ ކުރަން ނިންމަވައިފި އެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ދެއްވާ ހައްޖުވުމުގެ 2،000 އަށް ވުރެ ގިނަ ފުރުސަތުގެ ތެރެއިން 1،000 ފުރުސަތު ފަލަސްތީނުގެ ރައްޔިތުންނަށް ހާއްސަ ކުރަން ނިންމަވައިފި އެވެ.
ސައުދީ ސަރުކާރާ ހަވާލާދީ ސައުދީ ގެޒެޓުގައި އިއްޔެ ބުނީ، މި ފަހަރު ޖުމްލަ 2،322 މީހުންނަށް އެ ފުރުސަތު ދޭން ރަސްގެފާނު ނިންމަވާފައިވާ ކަމަށެވެ.
އޭގެ ތެރެއިން، 1،000 ފުރުސަތު ފަލަސްތީނުން ޝަހީދުވި މީހުންގެ އާއިލާތަކާއި ގައިދީންނާއި އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންނަށް ހާއްސަ ކުރަން ނިންމަވާފައިވާ ކަމަށް ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓަރު ޝެއިޚް އަބްދުއްލަތީފް އަލް-ޝެއިޚް ވިދާޅުވި އެވެ.
ބާކީ ފުރުސަތުތައް ހާއްސަކުރީ ތަފާތު 88 ގައުމެއްގެ މުސްލިމުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސީދާ ސައުދީ ރަސްގެފާނުގެ މެހެމާނުންގެ ގޮތުގައި، ހައްޖުވެރިންނަށް ހުރިހާ ހަރަދެއް ކުރައްވާނީ ރަސްގެފާނެވެ. އެ މެހެމާނުންނަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރެވޭނެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.
މީގެ 26 އަހަރު ކުރިން ސައުދީ ރަސްގެފާނު ފެއްޓެވި މި ޕްރޮގްރާމްގެ ދަށުން، މިހާތަނަށް އެކި ގައުމުތަކުން 60،000 އަށް ވުރެ ގިނަ މުސްލިމުން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ.
ރަސްގެފާނުގެ ޚަރަދުގައި ފަލަސްތީނުގެ 1000 މީހުން ހައްޖަށް
ރަސްގެފާނު އިސްނަންގަވައި ގާޒާއަށް އެހީވާން ފަންޑެއް
ސައޫދީން ފުރަތަމަ ފަހަރަށް ފަލަސްތީނަށް ސަފީރެއް
ރަސްގެފާނަށް ދިވެހިން ވަރަށް ހާއްސަ: ސައޫދީ ސަފީރު
އުރުދުޣާން ސައޫދީ އަރަބިއްޔާގައި
"މަދު ބަޔަކާއެކު ހައްޖު އިންތިޒާމް ކުރަން މާއުނދަގޫ"
ވީޑިއޯ މެސެޖަކާ އެކު ހައްޖަށްދާން ރަސްގެފާނުގެ ދައުވަތު
ރަސްގެފާނުގެ ހައްޖު ދަތުރު މިފަހަރު ނިއު ޒީލެންޑަށް
ފަލަސްތީނުގެ ދައުލަތަކަށް މަސައްކަތް ކުރާނަން: ސައުދީ ރަސްގެފާން
އިބޫއަށް ރަސްގެފާނު ގުޅުއްވައި، މަރުހަބާ ވިދާޅުވެއްޖެ