Roadha Mihaaru

އަރަބި ބަސް އުގަންނައިދޭ މައުހަދެއް ސައުދީން ރާއްޖޭގައި ގާއިމުކޮށްދެނީ

އަރަބި ބަސް މުޅި ދުނިޔެއަށް ފުޅާކުރުމަށް ސައުދީ އަރަބިއްޔާއިން ނަގާފައިވާ ހާއްސަ އިސްނެގުމުގެ ދަށުން، ރާއްޖޭގައި އަރަބި ބަސް އުގަންނައިދޭ މައުހަދެއް ގާއިމުކުރަން، ސައުދީގެ ރަސްގެފާނު ސަލްމާން، އެ ގައުމުގެ ކަމާބެހޭ އިދާރާތަކަށް އަންގަވައިފި އެވެ.

އަރަބި ބަހުގެ މައުހަދެއް ސައުދީން ރާއްޖޭގައި އަޅައިދެނީ

އަރަބި ބަސް މުޅި ދުނިޔެއަށް ފުޅާކުރުމަށް ސައުދީ އަރަބިއްޔާއިން ނަގާފައިވާ ހާއްސަ އިސްނެގުމުގެ ދަށުން، ރާއްޖޭގައި އަރަބި ބަސް އުގަންނައިދޭ މައުހަދެއް ގާއިމުކުރަން، ސައުދީގެ ރަސްގެފާނު ސަލްމާން، އެ ގައުމުގެ ކަމާބެހޭ އިދާރާތަކަށް އަންގަވައިފި އެވެ.

މި ނިންމެވުން ތަންފީޒު ކުރުމަށް، ރަސްގެފާނު ސަލްމާން ވަނީ ސައުދީގެ އެންމެ ބޮޑު ޔުނިވާސިޓީ ކަމަށްވާ، އިމާމް މުހައްމަދު ޔުނިވާސިޓީ އާ ހަވާލުކުރައްވައިފަ އެވެ.

އެ ޔުނިވާސިޓީން ނެރުނު ބަޔާނެއްގައި ވަނީ، އަރަބި ބަހުން ވާހަކަ ނުދައްކާ މުސްލިމް ގައުމުތަކަށް އަރަބި ބަސް އުގަންނައިދިނުން ފުޅާކުރުމުގެ މި މަސައްކަތަށް ސައުދީގެ އެޑިޔުކޭޝަން މިނިސްޓަރު ޔޫސުފް ބިން އަބްދުﷲ އަލް ބުންޔާންގެ އެއްބާރުލެއްވުން ފާހަގަކުރައްވައިފަ އެވެ.

އަދި ރާއްޖޭގައި ގާއިމުކުރާ މައުހަދުގެ ޑިރެކްޓަރަކަށް ޑރ. ސާލިހް ބިން ސުލައިމާން އަލް އަރާޖާ އައްޔަނުކޮށް، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީ އާ ގުޅިގެން މި މައުހަދު ގާއިމުކޮށް ކިޔަވައިދޭން ފެށުމުގެ މަސައްކަތްތައް ހަވާލުކޮށްފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

އިމާމް މުހައްމަދު ޔުނިވާސިޓީގެ ރައީސް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ގާއިމުކުރެވޭ މި މައުހަދަކީ ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމާއެކު ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށް، މެދުމިނުގެ އިންސާނީ އަދި ސަގާފީ އަހުލާގު ފެތުރުމަށް އެހީތެރިވެދީ އަދި ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދެވޭނެ ފުރުސަތެކެވެ.

އެއީ އަރަބި ބަސް ފެތުރުމުގައި ޔުނިވާސިޓީގެ ލަނޑުދަނޑިތައް ހާސިލުކުރުމާއި، އަރަބި ބަސް އުގަންނައިދިނުން އިތުރުކުރުމަށް އެހީތެރިވެދޭނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

އޭގެފަހުން، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަޓްރެކް އަބްދުالله އަލްއަޖަލީން އަލްދުސާރީ، ޑރ. ސާލިހް ބިން ސުލައިމާން އަލް އަރާޖާ އާ ބައްދަލުކުރައްވައި، ރާއްޖޭގައި އަރަބި ބަސް އުގަންނައިދޭ މައުހަދެއް ގާއިމުކުރުމުގެ އެންމެ ފަހުގެ އިންތިޒާމްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.