މި ސަރުކާރުން އެކަނި ވެސް އެމްޓީސީސީ އަށް މިހާތަނަށް ހަތް ބިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
30 ސެޕްޓެމްބަރ 2022
މި ސަރުކާރުން އެކަނި ވެސް އެމްޓީސީސީ އަށް މިހާތަނަށް ހަތް ބިލިއަން ރުފިޔާގެ މަޝްރޫއު ހަވާލުކޮށްފި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
ހއ. ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އާޒިމް މިހެން ވިދާޅުވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެމްޓީސީސީ އަށް އިތުބާރު ކުރައްވައި މަސައްކަތްތައް އެ ކުންފުންޏާ ހަވާލުކުރުމަށް އިސްކަން ދެއްވާތީ ޝުކުރު އަދާކުރައްވަމުންނެވެ.
އާޒިމް ވިދާޅުވީ އެމްޓީސީސީގެ ތާރީހުގައި ވެސް އެންމެ ގިނަ މަޝްރޫއު ލިބުނީ އަސްލަމްގެ ވަޒީރުކަމުގެ ދަށުގައި ކަމަށެވެ.
އާޒިމް ވިދާޅުވީ ހޯރަފުށީގެ މަގު ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކުރީ މިނިސްޓަރު އަސްލަމް އެމްޓީސީސީއަށް ކުރައްވާ ބޮޑު އިތުބާރެއްގެ ސަބަބުން ކަމަށެވެ. އެހާ ގިނަ މަޝްރޫއުތައް އެ ކުންފުންޏާ ހަވާލުކުރީ އެ އިތުބާރުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިނިސްޓަރު އަސްލަމް ބައްލަވާލައްވަނީ ---ފޮޓޯ: އެމްޓީސީސީ
އާޒިމް ވިދާޅުވި ގޮތުގައި އެމްޓީސީސީން ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް އެތައް ޒަމާނަކަށް ބޭނުންކުރެވޭ ގޮތަށް ބެހެއްޓުމަށް މިނިސްޓަރު އަސްލަމް އަބަދުވެސް ނަސޭހަތް ދެއްވަ އެވެ.
"އަޅުގަނޑުމެން އަސްލަމަށް ދޭން ބޭނުންވާ ޔަގީންކަމަކީ، ތިޔަ އެދިވަޑައިގަންނަވާހެން އެތައް ޒަމާނެއް ވަންދެން މި އިންފްރާސްޓްރަކްޗަ ބޭނުން ކުރެވޭނެ،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޕްލޭނިން މިނިސްޓަރެއްގެ ހައިސިއްޔަތުން މިހާރު ވެސް 350 އަށް ވުރެ ގިނަ މަޝްރޫއު އަސްލަމްގެ ބެއްލެވުމުގެ ދަށުން ހިންގަމުން އަންނަ ކަމަށެވެ.
ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ސީއީއޯ އާޒިމް ބައްލަވާލައްވަނީ ---ފޮޓޯ: އެމްޓީސީސީ
އާޒިމް ވަނީ ހޯރަފުށީ ރައްޔިތުން އެމްޓީސީސީއަށް ދޭ އެއްބާރުލުން ވެސް ފާހަގަކުރައްވާފަ އެވެ.
ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން ---ފޮޓޯ: އެމްޓީސީސީ
ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ 71.9 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ. އެ މަޝްރޫއުގެ ދަށުން 11 މަގެއްގައި ތާރު އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
އަންނަ ޑިސްމްބަރު މަހުގެ ކުރިން އެ މަގުތަކުގައި ތާރު އަޅާ ނިންމާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
ހޯރަފުށީ މަގުތަކުގައި ތާރު އަޅަން ފަށައިފި
ހިތަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި
ޖަޒީރާ ރަށްތަކަކީ ތަރައްގީއަށް ހުރަހެއް ނޫން: އަސްލަމް
ދަތުރުފަތުރުގެ 800 މިލިއަން ރުފިޔާގެ މަޝްރޫއު މާދަމާ
ގެއްލުންވީ އެއާޕޯޓްގައި ތޮށި ލާން އުޅެނިކޮށް: އަސްލަމް
ތިން އަހަރުން މުޅި ރާއްޖެ ފެރީން ގުޅާލެވޭނެ: އަސްލަމް
ނައިބު ރައީސް، އެމްޓީސީސީގެ މަސައްކަތްތައް ބައްލަވައިފި
ހއ. އާއި ހދ. ގެ މަޝްރޫއުތައް މި އަހަރު ނިމޭނެ
ރަސްފަންނު މަރާމާތުކުރުމުގެ ފުރުސަތެއް ނުދިން:އެމްޓީސީސީ
"ރަސްފަންނު ބަލަހައްޓަން އެމްޓީސީސީއާ އޮތީ ހަވާލުކޮށްފައި"