ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވޭ ގޮތް ބަދަލުކުރަން ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ފަށައިފި އެވެ.
29 ސެޕްޓެމްބަރ 2022
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވޭ ގޮތް ބަދަލުކުރަން ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހުން ފަށައިފި އެވެ.
އޭޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޖޭއެސްސީ މިނިވަންކުރުމަށްޓަކައި ބައިނަލްއަގްވާމީ ހަމަތަކާ އެއްގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގައި ހުށަހަޅާނެ ކަމަށެވެ. އަދި އެ ބިލަށް ޚިޔާލު ހޯދުމަށްޓަކައި ސުޕްރީމް ކޯޓާއި ހައި ކޯޓާއި ދަށު ކޯޓުތަކާއި ޖޭއެސްސީގެ އިތުރުން ކަމާބެހޭ އެހެން ފަރާތްތަކާ ވެސް ބައްދަލުކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލު ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެކަމަކު އެ މަސައްކަތް ލަސްވެފައިވާތީ ގިނަ ފާޑު ކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.
ޖޭއެސްސީގައި މިހާރު ތިއްބަވާ 10 މެމްބަރުންގެ ތެރެއިން ހަ މެމްބަރުންނަކީ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މެމްބަރުންނެވެ. އެހެންވުމުން ޖޭއެސްސީގެ ތެރެއަށް ސިޔާސީ ނުފޫޒު ވަންނަކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ.
ޖޭއެސްސީ އެކުލެވޭ ގޮތް ބަދަލުކުރުމަށް އިދިކޮޅުން މީގެ ކުރިން އެކި ފަހަރުމަތިން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލް ހުށަހަޅައިފަ އެވެ. އެކަމަކު އެ ބިލްތައް، ސަރުކާރުގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން ކޮންމެ ފަހަރަކު ވެސް ބޭރުކޮށްލަނީ އެވެ.
އޭޖީގެ ހުށަހެޅުން: ސުޕްރީމް ކޯޓު ހުއްޓުވައިދީ!
ޖޭއެސްސީއަށް ހުށަހެޅީ މިވަގުތަށް އެންމެ ރަނގަޅު ބަދަލު
ޖޭއެސްސީން ތިން މެންބަރަކު އުނިކުރަން މަޖިލީހަށް
ޔޫޕީއާރް އަށް ސެކްޓާ ރިފޯމް އިންޓަވެންޝަން ހުށަހަޅައިފި
ޖޭއެސްސީއަށް ހުރަސް އެޅުން ހުއްޓުވައި ދޭން އެދިއްޖެ
ސުއޫދުގެ ތުހުމަތުތައް ބަލާ ކޮމެޓީގެ ރައީސަކަށް އޭޖީ
ގޮނޑި ގެއްލޭ އިސްލާހު ސައްހަކަމަށް ކަނޑައަޅަން އެދެފި
ފިލްޒާ ލަފާ ދެއްވީ ފަނޑިޔާރުން މަދުކުރާ ބިލާ ދެކޮޅަށް
ކޯޓު ޕެކިން: ރާއްޖޭގެ ސިޔާސީ ސަގާފަތަކަށް!
މަދަނީ އަދުލުގެ ނިޒާމު ހުއްޓިފައި، އިސްލާހު ހުށަހަޅަނީ